ނާއިބް ރައީސްގެ ޞިއްޙީ ހާލުކޮޅު ދެރަވެ އެޑްމިޓްކޮށްފި، ކޯވިޑަށް ނެގެޓިވް

ނާއިބް ރައީސްގެ ޞިއްޙީ ހާލުކޮޅު ދެރަވެ އެޑްމިޓްކޮށްފި، ކޯވިޑަށް ނެގެޓިވް

Author
މުޙައްމަދު ޝަޒައިމް
24 ފެބްރުއަރީ 2021 05:56
0

ނާއިބް ރައީސް ފައިސަލް ނަސީމްގެ ޞިއްޚީ ހަލުކޮޅު ދެރަވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ނާއިބް ރައީސް އާލާސްކަންފުޅާ އުޅުއްވާތީ ޑޮކްޓަރަށް ދައްކާލުމަށް ރޭ އައިޖީއެމްއެޗަށް ވަޑައިގެންނެވުމުން އިތުރު ފަރުވާއަށް އެޑްމިޓް ކުރައްވުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާކަމަށެވެ.

އެމަނިކުފާނުގެ އާލާސްކަން ފުޅާއި ގުޅިގެން ރޭގައި ކޯވިޑަށް ސާމްޕަލް ނަގައި ނަތީޖާވެސް ލިބިފައިވާކަމަށާއި، އެމަނިކުފާނުގެ ނަތީޖާވަނީ ކޯވިޑަށް ނެގެޓިވް ވެފައިކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ހާލުކޮޅު ސްޓެބަލްކަމަށް މަބުރޫކް ވިދާޅުވިއެވެ.

ނާއިބް ރައީސަށް ފަރުވާދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.