ތ.ވޭމަންޑޫ އިންޖީނުގޭގައި އަލިފާން ރޯވެއްޖެއެވެ.
އެދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވަނީ އަލިފާން ރޯވެ އަދަމުންދާ އިންޖީނުގޭގެ ވީޑިއޯއެއްވެސް ހިއްސާ ކުރައްވާފައެވެ.
ވޭމަންޑޫ އިންޖީނުގޭގަ އަލިފާން ރޯވި ޚަބަރު ލިބުމުން ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުގަ އެކަން ދަންނަވައިފިން. @TeamFenaka @MariyaDidi @CDFofMNDF @M_Hameedh @ShimranAb @myfoona pic.twitter.com/mUvz9f5mqP
— Abdulla Riyaz MP (@riyazabdulla) February 24, 2021
އަބްދުﷲ ރިޔާޒު ވިދާޅުވީ ވޭމަންޑޫ އިންޖީނުގޭގަ އަލިފާން ރޯވި ޚަބަރު ލިބުމުން ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުގަ އެކަން ދަންނަވައިފައިވާކަމަށެވެ. މެމްބަރު ރިޔާޒު ހިއްސާ ކުރައްވާ ވީޑިއޯއިން އަލިފާން ވަރަށް ބޮޑަށް ހިފައި ވަރަށް ބޮޑަށް ދުން އަރަމުންދާ މަންޒަރު ދަނީ ފެންނަމުންނެވެ.
މިހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ، އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާގެ ކައްދޫ ފަޔާ ސްޓޭޝަނުން އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދާކަމަށެވެ.

ކޮމެންޓު ފޮނުވާ