މިހާތަނަށް މާލޭގެ ރައްޔިތުންނަށް 3،710 ފްލެޓް ވަނީ ދެވިފަ: އަސްލަމް

މިހާތަނަށް މާލޭގެ ރައްޔިތުންނަށް 3،710 ފްލެޓް ވަނީ ދެވިފަ: އަސްލަމް

Author
މުޙައްމަދު ޝަޒައިމް
24 ފެބްރުއަރީ 2021 03:09
0

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން "ހިޔާ" ފްލެޓްގެ ތެރެއިން މިހާތަނަށް މާލޭގެ ރައްޔިތުންގެ ތެރެއިން 3،710 މީހަކަށް ފްލެޓް ދެވިފައިވާކަމަށް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހައުސިން މަޝްރޫޢުތަކާއި، ފްލެޓްތަކުގެ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ޚާއްސަ ދިރާސާއެއް އެކުލަވާލައި މިހާތަނަށް ބެލިބެލުމުން މާލޭގެ ރައްޔިތުންގެ ތެރެއިން ކޮންމެ ހެން ފްލެޓް ބޭނުންވާ ހާލަތުގައި 17،073 އާއިލާއެއް ވާކަމަށެވެ.

މާލޭގެ ރައްޔިުތުންނަށް ދިމާވާ ބޯހިޔާވަހިކަން ހައްލު ކުރުމަށް މިހާތަނަށް ދޫކުރި 6003 ލްފެޓްގެ ތެރެއިން، މާލޭ ރައްޔިތުންގެ ތެރެއިން ކުިރމަތިލީ މީހުންގެ 62 ޕަސެންޓް މީހުންނަށް ފްލެޓް ދެވިފައިވާކަމަށް މިނިސްޓްރ ވިދާޅުވިއެވެ. ނަމަވެސް މިއީ މާލޭގެ މުޅި ބޯހިޔާވަހިކަމުގެ ހައްލުގެ ކުޑަ މިންވަރެއްކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ އެކަށީގެން ނުވާވަރުގެ ބޯހިޔާވަހިކަމެއްކަމަށް ބަލާ 600 އަކަފޫޓަށްވުރެ ކުދި ތަންތަންކޮޅުގައި އުޅޭ 17،073 އާއިލާއެއް އެބަތިބިކަމަށެވެ. އޭގެ ތެރެއިން 11،951 އާއިލާއަކީ އެހެން އަތޮޅުތަކުން ހިޖުރަކޮށް ދަފްތަރު ނުވެ ބޯހިޔާވަހިކަން ލިބޭނެ ގޮތެއް އަދި ނެތް އާއިލާތަކެއް ކަމަށް މިނސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މާލޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި އޭގެ އަމަލީ މަސައްކަތް ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި ފެށިގެންދާނެކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައިވެސް މިނިސްޓަރ އަސްލަމް ވިދާޅުވީ ކުރީ ސަރުކާރުން ހިޔާ ފްލެޓްގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތުން ވަރަށް ބޮޑެތި ގޮންޖެންތަކެއް ކުިރމަތިވާކަމަށެވެ. އެގޮތުން 2،780 މީހުންނަށް ނެތް ފްލެޓް ދިނުމަށް ކުރީ ސަރުކާރުން ލިޔުން ހަވާލު ކުރުމުން އެކަމުގެ ކަންބޮޑުވުން އޮތްކަމަށެވެ.

މިނިސްޓަރ މިއަދުވެސް ވަނީ ހިޔާ ފްލެޓްގައި އެއްކޮޓަރީގެ ފްލެޓް ނެތްކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހައްގުބަސް
ރާއްޖެތެރޭމީހުން މިތަނަށް އައިސްމިގަނަތެޅެނީ ރާއްޖެތެރޭގަ އުޅޭނެގެދޮރު ނެތިގެންނެއްނޫނޭ. ރަށުމީހާރަށުގަހުރެގެން ވަޒީފާ އަދާކޮށް ދަރިންނަށް ތައުލީމުދީ ސިއްހީފަރުވާކޮށް ހެދޭނަމަ މިތަނަށް ގަނަތެޅޭކަށް ނާންނާނެ. ފުލެޓްތައް އަތުލާފަ މާލޭ މީހުންނަށް ފުލެޓްދީފީމޭބުނަން ލަދުގަންނަންޖެހޭނެ.