ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤަވާއިި ޚިލާފަށް ދާ އަޅައިގެން މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް އަތުލައިގަނެފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ ނ.އަތޮޅު ބޮއިގެ އުތުރުން 30 މޭލު ބޭރުން ދާ އަޅައިގެން މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް އެމްއެންޑީއެފް ނޮދާން އޭރިޔާ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް މިއަދު ގެނެސްފައިވާކަމަށެވެ.
މި ބޯޓުގެ މައުލޫމާތު އެމްއެންޑީއެފްގެ ކޯސްޓް ގާޑަށް ރިޕޯޓް ކޮށްފައިވަނީ އެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ "އަސަރީ" ދޯނިން މިއަދު ހެނދުނު8:45 ގައިކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
މި މަސްބޯޓް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ހދ.ކުޅުއްފުއްޓަށް ވެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ