އަޅުގަނޑުގެ ވެރިކަމުގައި 7 ރުފިޔާއަށް ޑޮލަރު ލިބޭނެ: ޖާބިރު

އަޅުގަނޑުގެ ވެރިކަމުގައި 7 ރުފިޔާއަށް ޑޮލަރު ލިބޭނެ: ޖާބިރު

Author
މުޙައްމަދު ޝަޒައިމް
24 ފެބްރުއަރީ 2021 12:42
0

ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ރާއްޖޭގެ ޑޮލަރުގެ މައްސަލައަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ޑޮލަރު ގަންނަން ލިބޭ އަގު7 ރުފިޔާއަށް ހަދާނެކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ

މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ހުށަހަޅުއްވާފައިވާ، ދިވެހި ރާއްޖޭގައި ކުރެވޭ ވިޔަފާރިތަކުން ލިބޭ ފައިސާގެ ބޮޑުބައެއް ދިވެހި ރާއްޖޭގެ ފައިނޭންޝަލް ސިސްޓަމަށް ވަންނަމުން ނުދާކަން ފާހަގަކުރެވޭތީ އެކަމަށް އަވަސް ޙައްލެއް ހޯދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލައި ހުށަހަޅި ޤަރާރުގެ
ބަހުސް ގައި ވާހަކަ ދައްކަވަމުން ޖާވިރު ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުވާނީ އެކަމަށް އަޅަންޖެހޭ ފިޔަވަޅު އެޅިގެންކަމަށެވެ.

ޖާބިރު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އޭނާ ވާދަ ކުރުމުން ދިވެހި ރައްޔިތުންގެ ބޮޑު އައުލަބިއްޔަތަކުން ހޮވޭނެ ކަމާއިއެކުމެދު އެއްވެސް ޝައްކެތް ނެތްކަމަށެވެ. އަދި އެއިންތިޚާބު ކާމިޔާބުކޮށް ޑޮލަރުގެ އަގު ކުޑަކޮށް އުސޫލުތަކަށް ބަދަލު ގެނެސް ޑޮލަރެއްގެ އަގު 7 ރުފިޔާއަށް ތިރި ކުރާނެކަމަށެވެ.

ޖާބިރު ވިދާޅުވީ ޑޮލަރުގެ އަގު މިހާރުވެސް 12 ރުފިޔާއާއި 13 ރުފިޔާއާއިދޭތެރޭގެ އަދަދަކަށް ވައްޓާލެވޭނެ ގޮތް އެބައޮތްކަމަށެވެ. ނަމަވެސް އެކަން ކިޔާ ދެއްވަން ބޭނުން ނުވާކަމަށާއި، އޭނާއަކީ މިސަރުކާރު ކޯލިޝަންގައި ހިމެނޭ މީހެއް ނޫންކަމަށްވުމުން އެކަންކަން ކިޔައިދިނަސް މިސަރުކާރު ކޯލިޝަންގައި ތިއްބެވި ލީޑަރު އެކަން ގަބޫލު ނުކުރާނެކަމަށެވެ.

އަޅުގަނށަށް އެގޭ މިހާރުވެސް ޑޮލަރުގެ އަގު ތިރި ކޮށްލެވޭނެ ގޮތް. އެކަމު އަޅުގަނޑު ބޭނުން ނުވޭ އެކަންކަން ކިޔައިދޭން. އަޅުގަޑަކީ ޑިއާރުޕީ ލީޑަރު. ޑީއާރުޕީ މިކޯލިޝަންގައި ނުހިމެނޭ. ދެން ކީތްކުރަންތޯ އަޅުގަނޑު މިމީހުންނަށް ކިޔައިދޭނީ. އަޅުގަނޑުގެ ވެރިކަމެއްގައި ޑޮލަރުގެ އަގު 7 ރުފިޔާއަށް ކުޑަކުރާނަން.

– ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް ވިދާޅުވީ ތަފާތުއެކި ވައުދުތައް ވަމުންނެވެ. އޭގެ ތެރެއިން ޑޮލަރުގެ އަގު ކުޑަކުރުމަކީ ޖާބިރުގެ ވައުދެކެވެ. އަދި ރާއްޖޭގެ ވިޔަފާރި ވެރިންނަށާއި، ވިޔަފާރިތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލު ކުރުމަކީ ޖާބިރު ވަރަށް ބޮޑަށް އަމާޒު ހިފާފައިވާކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސެއްޅި
ޖާބެ މިހާރު މިތިބަ މީހުނަށްވުރެ ރަނގަޅު.ފާޅުގަ ރާބޮއި ޖުވާވެސް ކުޅެވޭނެ. އޭރު ދަތުރު ފަތުރު އޮންނާނީ ކޭބަލް ކާރުގަ. ދިޔާނާ ހުންނާނީ ޖާބެ ގެއަށް އައީމާ ރާކައްކައިގެން ބޮނޑިތާން ކުރަން. މަޖިލީހުގެ ރައީސް އަކަށް ހަމަ އަންނި ބަހަށްޓާނީ.އެސޮރާއި ޖާބެ ތެޔޮބިޑި ބޮއިގެން ޖުވާގަ. ހިސާނު އުފާކޮށް ދިނުން މުހިއްމު ވާނީ.