ވައުދު ނުފުއްދިގެން އަދި ލަހެއްނުވޭ، ލައްކަ ދުވަސް އަދި އެބައޮތް: އޭޖީ

ވައުދު ނުފުއްދިގެން އަދި ލަހެއްނުވޭ، ލައްކަ ދުވަސް އަދި އެބައޮތް: އޭޖީ

Author
މުޙައްމަދު ޝަޒައިމް
24 ފެބްރުއަރީ 2021 12:09
0

ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދި ލަސްވެގެން އުޅޭކަށް އަދި ނުޖެހޭ ކަމަށާއި، ދައުރުގެ ބާކީ އަދި ވަރަށް ދުވަސް އެބައޮތް ކަމުގައި ދައުލަތުގެ ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

ވަޒީރުންގެ މަޖިލީހުގެ ވުޒާރާތައް ޕާޓީތަކަށް ވަކިއިންސައްތައެއް ކަނޑައަޅުއްވައިގެން ސްލޮޓްތަކެއް ހަމަޖައްސައިގެން ގެންދާކަމަށްބުނެ ހުށައަޅާފައިވާމައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއިން އެޓާރނީ ޖެނެރަލްއާއި އެކު ބޭއްވި ބައްދަލުވުމުގައި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ޖޭއެސްސީގެ ކޮންޕޮޒިޝަން ބަދަލު ކުރަންޖެހޭތޯ ކުރެއްވި ސުވާލުގެ ޖަވާބުގައި އޭޖީ ވިދާޅުވީ ޖޭއެސްސީގެ ކޮންޕޮޒިޝަން ބަދަލު ކުރަންޖެހޭ ކަމަށް ޤަބޫލު ކުރައްވާކަމަށެވެ.

އޭޖީގެ ޖަވާބާއި ގުޅިގެން ތާރިގު ވިދާޅުވީ ޖޭއެސްސީ ބަދަލު ކުރުމަކީ ސަރުކާރުގެ ވައުދެއް ކަމަށާއި، ވައުދު ފުއްދުމަށް ލަސްވެފައޮވާތޯ ސުވާލު ކުރައްވާފައެވެ. ނަމަވެސް އޭޖީ ވިދާޅުވީ ޖޭއެސްސީ ބަދަލު ކުރުމަށް ވެފައިވާ ވައުދު ކަމުގައިވިޔަސް އަދި އެނޫން ވައުދެއް ވިޔަސް ނުފުއްދިގެން އަދި ލަސްވެގެން އުޅެން ނުޖެހޭކަމަށެވެ.

ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަވާނެ ކަމީ ޝައްކެތްވެސް އޮތް ކަމެއްނޫންކަމަށާއި، އަދި ދައުރުގައި ބާކީ ވަރަށް ގިނަ ދުވަސް އޮތުމުން ވައުދު ނުފުއްދިގެން އަދި އުޅެން ނުޖެހޭކަމަށް އެޓާނީ ޖެނެރަލް ވަނީ ވިދާޅުވެފައެވެ.

ޖޭއެސްސީއަށް ބަދަލު ނެގެނެވި ލަސްވާތީ ގިނަ ބަޔަކު އެކަމުގެ ކަންބޮޑުވުން ފާޅުކުރާއިރު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެފައިވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކޮންޕޮޒިޝަން ބަދަލު ކުރަން ރައްޔިތުން ބޭނުން ނުވާ ކަމަށާއި ރައްޔިތުން އެމްޑީޕީ އަށް އިތުބާރު ކުރާ ކަމަށެވެ. އޭނާ ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ އިންސާފު ވެރި ފަނޑިޔާރުގެ އެއް ގާއިމް ކުރަން ކަމަށާއި އެކަން ނުކުރެވެނީސް ކަންކަމުން އަތްދޫކޮށްލާނީ ކަނޑުކޮސް ބައެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.