މަޖިލިސް އިދާރާގައި ވެކްސިން ދިނުން މާދަމައިން ފެށިގެން އާންމުކޮށް ހުޅުވާލަނީ

މަޖިލިސް އިދާރާގައި ވެކްސިން ދިނުން މާދަމައިން ފެށިގެން އާންމުކޮށް ހުޅުވާލަނީ

Author
މުޙައްމަދު ޝަޒައިމް
23 ފެބްރުއަރީ 2021 10:42
0

ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ ކޯވިޑް-19ގެ ވެކްސިން ދިނުމުގެ ޙިދުމަތް މާދަމާއިން ފެށިގެން އާއްމުކޮށް ހުޅުވާލާގޮތަށް ހަމަޖައްސައިފިއެވެ.

މަޖިލީހުގެ އިދާރާގައި ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްގެންދަނީ ރައްޔިތުންގެ މަޖިލީހާއި، އޭ.ޑީ.ކޭ ހޮސްޕިޓަލް ގުޅިގެންނެވެ. އެގޮތުން މަޖިލިސް އިދާރަގައި ވެކްސިން ޖެހުން ކުރިއަށްދަނީ ހުކުރު ދުވަސްފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން އިރުއޮއްސި 6:00 ޖެހުމާހަމަށެވެ.

އޭ.ޑީ.ކޭ ހޮސްޕިޓަލުން ބުނީ މާދަމާއިން ފެށިގެން މާލޭ ސަރަޙައްދުގައި ދިރިއުޅޭ ޢުމުރުން 30 އަހަރުން މަތީގެ މީހުންނަށް މާދަމާއިން ފެށިގެން ރައްޔިތުންގެ މަޖިލީހުން ވެކްސިން ޖެހޭނެކަމަށެވެ. އަދި އާއްމުކޮށް ހުޅުވާލައިގެން ވެކްސިން ޖެހުން ކުރިއަށްދާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން މެންދުރު 12 އަށް ކަމަށް އޭ.ޑީ.ކޭ ހޮސްޕިޓަލުން ބުނެފައިވެއެވެ.

މަޖިލީހުގެ އިދާރާއާއި، އެޗް.ޕީ.އޭ އަދި އޭ.ޑީ.ކޭ ހޮސްޕިޓަލް ގުޅިގެން ކޯވިޑް ވެކްސިން ޖެހުމުގެ އިންތިޒާމް މަޖިލީހުގެ އިދާރާގައި ހަމަޖައްސައި ވެކްސިން ޖަހަން ފަށާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.