އެއްކޮޓަރީގެ މައްސަލަގައި އަސްލަމަށް ބަހުސްއެއްގެ ދައުވަތު

އެއްކޮޓަރީގެ މައްސަލަގައި އަސްލަމަށް ބަހުސްއެއްގެ ދައުވަތު

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram
ގުޅުންހުރި

ގެދޮރުވެރިކަމަށް ޚާއްޞަކޮށްގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ކުންފުނިތައް މެދުވެރިކޮށް އެޅި 1 ކޮޓަރީގެ ފްލެޓުތަކާމެދު މި ސަރުކާރުން ކަންކުރި ގޮތުގެ ތަފްޞީލް ހާމަކުރުމަށް ހައުންސިން މިނިސްޓަރ އަސްލަމަށް ބަހުސްއަކަށް ވަޑައިގަތުމަށް ދައުވަތު ދެއްވައިފިއެވެ.

އާންމުންގެ ތެރޭގައި ގިނަ ސުވާލުތަކެއް އުފެދި، ބޮޑު ހިންހަމަ ނުޖެހުމެއް އުފެދިފައިވާ ހިޔާ ފްލެޓްތަކުގެ އެއްކޮޓަރީގެ މައްސަލާގައި ޝުޖާ ވިދާޅުވީ މިކަމަކީ ކޮންގޮތަކަށް ކިހިނެތް ވެފައިވާ ކަމެއްތޯ ވިދާޅުވާން އަސްލަމަށް ކެރި ވަޑައިގަންނަވާނަމަ އާންމު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެވޭ ޕަބްލިކް ފޯރަމަކަށް ދައުވަތު ދެއްވާކަމަށެވެ. އަދި މިބަހުސްގައި ހިޔާ ފްލެޓްތަކާއި، އެއްކޮޓަރިއަށް ވީގޮތް ޕްރޮގްރެސިވް ކޯލިޝަނުން ހާމަ ކޮށްދެއްވާނެކަމަށް ޝުޖާ ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް. މަނިކުފާނަށް ކެރިވަޑައި ގަންނަވާނެތޯ އަޅުގަނޑު މެންނާއެކު ޕަބްލިކް ފޯރަމަކަށް އަރައިވަޑައިގެން 1 ކޮޓަރި އެޕާރޓްމަންޓް ތަކާ ގުޅޭގޮތުން ވާހަކަ ދައްކާލަން. ޓްވިޓާއިން ޖަވާބު ބޭނުން. އަޅުގަނޑުމެން ތައްޔާރު.

– ޝުޖާ ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވަނިކޮށް މިސަރުކާރުން ވަނީ 3 ކެޓަގަރީއެއްގެ ފޯމް ބާޠިލްކޮށް ފްލެޓް ނުދިނުމަށް ނިންމާފައެވެ. އެކަމުގެ ތަފްސީލް ހާމަކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މިއަދުވަނީ މައްސަލައެއްވެސް ހުށަހަޅާފައެވެ. ނައިފަރު ދާއިރާގެ ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ހުށައެޅުއްވި މައްސަލާގައި ވަނީ، ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ދަށުން ކޮންމެ ކުންފުންޏަކުން ބިނާކުރާ ޓަވަރުތަކުގެ ފުރަތަމަ ހަތަރު ފަންގިފިލާގައި ހުންނާނީ 1 ކޮޓަރީގެ އެޕާޓުމެންޓުތަކެއްކަމަށާއި، އެ އެޕާޓުމެންޓުތައް ދިނުމަށް ނިންމާފައިވަނީ އެޗްޑީސީއަށްކަމަށް ބުނެފައިވެއެވެ އަދި އެ ޔުނިޓުތަކަކީ ހިޔާ މަޝްރޫޢުގެ ދަށުން ދިނުމަށް ނިންމާފައިވާ ގެދޮރުކަމަށާއި، އެ ގެދޮރު ދިނުމަށް ނިންމާފައިވަނީ ދެ އުޞޫލެއްގެ ތެރެއިންކަމަށް ބުނެފައިވެއެވެ.

މިސަރުކާރުން ފްލެޓް ނުދިނުމަށް ނިންމާ ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ ކެޓެެގަރީތަަކީ:

H11 (18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްސަ (1 ކޮޓަރި))
H13 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްސަ (1 ކޮޓަރި))
H15 (އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ޚާއްސަ (1 ކޮޓަރި))

ފްލެޓް ނުދިނުމަށް ނިންމާ ސަރުކާރުން ކޮށްފައިވާ ޢާންމު އިޢުލާންގައި ވަނީ 2018 ވަނަ އަހަރު “ހިޔާ” މަޝްރޫޢަށް އިޢުލާންކުރެއްވިއިރު، އެ މަޝްރޫޢުގެ ކެޓަގަރީތަކުގެ ތެރެއިން 1 ކޮޓަރީގެ ކެޓަގަރީތަކަށް (H11 އިން H15 އަށް) ފްލެޓް ދޫކުރުމަށް ހަމަޖައްސާފައިވަނީ ހުޅުމާލޭ ފޭސް 2 ގައި ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން 1 ކޮޓަރީގެ ބައެއް ފްލެޓްތައް ސަރުކާރަށް ގަތުމަށްފަހުކަމަށް ބުނެފައިވެއެވެ.

އެގޮތުން ހައުސިން މިނިސްޓްރީއިން ވަނީ ސަރުކާރުން ގަތުމަށް ލިބެންހުރި ފްލެޓްތަކާ ބެހޭ މައުލޫމާތު، ހުޅުމާލެ ފޭސް 2 ގައި ޓަވަރުތައް އެޅުމުގެ މަސައްކަތް ކުރިއަށްގެންދާ ކުންފުނިތަކުން ހޯދާފައިކަމަށާއި، އެ މިނިސްޓްރީއަށް ލިބުނު މައުލޫމާތުތަކަށް ބިނާކޮށް ސަރުކާރުން ގަތުމަށް ލިބެންހުރީ ހަމައެކަނި މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ސަރުކާރަށް އެލޮކޭޓްކޮށްފައިވާ 36 ފްލެޓްކަމަށްވެސް ސަރުކާރުގެ އިޢުލާންގައިވެއެވެ.

އެހެންކަމުން މިހާރު ސަރުކާރަށް ގަތުމަށް ލިބެންހުރި 36 ފްލެޓް، “ހިޔާ” މަޝްރޫޢުގެ H14 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ޚާއްސަ (1ކޮޓަރި) ކެޓަގަރީއަށް ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އެލޮކޭޓްކުރުމަށްފަހު، ބާކީވާ ފްލެޓްތައް، “ހިޔާ” މަޝްރޫޢުގެ H12 (މާލޭ ރަށްވެހިންނަށް ޚާއްސަ (1 ކޮޓަރި)) ކެޓަގަރީއަށް އެލޮކޭޓްކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށްވެސް އިޢުލާންގައިވެއެވެ.

އެހެންކަމުން ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން އިތުރު ފްލެޓް ގަންނަން ލިބެން ނެތުމުގެ ސަބަބުން އެ ކެޓަގަރީތަކަށް ހުށަހަޅާފައިވާ ފޯމުތައް ބާޠިލްކުރުމަށް ނިންމާފައިވާކަމަށްވެސް ސަރުކާރުގެ އިޢުލާންގައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.