އަމާން ވެށީގައި ތިބޭ ކުދިންނަށް އަޅާލުމަކީ މުޖުމުތައުގެ ޒިންމާއެއް: ޖެންޑާ

އަމާން ވެށީގައި ތިބޭ ކުދިންނަށް އަޅާލުމަކީ މުޖުމުތައުގެ ޒިންމާއެއް: ޖެންޑާ

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram
ގުޅުންހުރި

ނާޒުކު ހާލަތުގައި ތިބި ކުދިން މުޖުތަމައުއަށް ނެރުމުގައި ގޮންޖެހުން ހުންނާނެ ކަން ގަބޫލުކުރަން ޖެހޭ ކަމަށާއި އެ މައްސަލަތައް ހައްލުކުރަން މުޅި މުޖުތަމައުގެ ޒިންމާ އޮންނަ ކަމަށް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާާވިސަސް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން މިހެން ބުނެފައިވަނީ ބ. އޭދަފުށީގެ އަމާން ހިޔާއަށް ބަދަލުކުރި ކުދިންނާ ދޭތެރޭ އެ ރަށުގެ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރި މައްސަލައާ ގުޅިގެންނެވެ. އޭދަފުށީގެ ބައެއް ރަށްޔިތުންވަނީ އެކުދިން ރަށުން ބޭލުމަށް ގޮވާލައި ހިޔާ ކައިރީގައި އިހުތިޖާޖުވެސް ކޮށްފައެވެ. މިކަމާއި ގުޅިގެން ބައެއް މީޑިޔާތަކުން ލިޔެފައިވާ ޚަބަރުތަކާއި ގުޅިގެން ޖެންޑާ މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ޢާއިލީ ވެއްޓެއްގައި ކުޑަކުދިންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ޙާލަތްތަކުގައި އެ ކުދިންނަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުގެ މައްޗަށް ލާޒިމު ކަމެއްކަމަށެވެ.

އެ ގޮތުން، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ މި ފަދަ ކުދިން ފާއިތުވެދިޔަ މުއްދަތުތަކުގައި ދިރިއުޅެމުންދިޔައީ މާލޭ ސަރަޙައްދުގައި ޤާއިމުކުރެވިފައިވާ ދެ މަރުކަޒެއްގައިކަމަށާއި، އެހެން ނަމަވެސް، ދައުލަތުގެ ބެލުމުގެދަށުގައި ދިރިއުޅޭ ކުދިން ވެސް ބާކީވުމުގެ އިހުސާސްވިޔަ ނުދީ، އެހެން ކުދިންނެކޭ އެއްފަދައިން މުޖުތަމަޢުގެ ތެރޭގައި ހެދިބޮޑުވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ގޮތުން އަތޮޅުތެރޭގައި އެ ކަމަށް ޚާއްޞަކުރެވިގެން ޤާއިމުކުރެވޭ “އަމާން ވެށި”ތަކަށް ބަދަލުކުރުމުގެ މަސައްކަތް މި މިނިސްޓްރީން ފެށި ކަމަށެވެ. އަދި މި ފަދަ މަސައްކަތެއް މިހައި ފުޅާ ދާއިރާއެއްގައި ކުރެވެމުންދާއިރު، އެ މަސައްކަތުގައި ހުރި ގޮންޖެހުންތައް ދެނެގަނެއް، އެ ކަންކަން ޙައްލުކުރުމުގައި ގުޅުންހުރި ފަރާތްތަކާއެކު މިނިސްޓްރީން ދަނީ މަސައްކަތްކުރަމުން ކަމުގައެވެ. ނަމަވެސް، އެ ފަދަ ގޮންޖެހުންތަކަށް ރިޢާޔަތްކުރުމެއްނެތި ބައެއް ފަރާތްތަކުން ދައްކާ ޙަޤީޤަތާ ޚިލާފު ވާހަކަތަކުގެ ނޭދެވޭ އަސަރު، އެ ކުދިންނަށް ފޯރާ ޙާލަތުތައް އަންނަ ކަމުގައި ބަޔާނުގައި ވެއެވެ.

މިނިސްޓްރީން ބުނެފައިވަނީ މިފަދަ ބައެއް ހާދިސާތައް މިނިސްޓްރީގެ ސަމާލުކަމަށް ގެނެވިފައިވާކަމަށެވެ. ހަޔާތުގައި ކުރިމަތިވެފައިވާ ބައެއް ހާދިސާތަކާއި ޙާލަތްތަކުގެ ސަބަބުން އެ ފަދަ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރެވެމުންދާއިރު، އެ ކުދިން މުޖުތަމަޢުއަށް ރުޖޫއަކުރުމުގައި ގޮންޖެހުންތަކެއް ހުންނާނެކަން ޤަބޫލުކުރަން ޖެހޭއިރު އަދި މި ފަދަ ގޮންޖެހުތައް ޙައްލުކުރުމުގައި، ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުގެ ދައުރުގެ އިތުރުން މުޅި މުޖުތަމަޢުގެ ޒިންމާތަކެއް ވާކަން ވެސް ޖެންޑަ ބަޔާނުގައި ވެއެވެ.

ކުދިންނަށް އުފާވެރި، ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި، އެކި ރަށްރަށަށް ދައުލަތުން ބަލަހައްޓާ ކުދިން ބަދަލުކުރަން ފެށީ މިދިޔަ ޑިސެމްބަރު 24 ގަ އެވެ. ސަރުކާރުން އަލަށް ފެށި އެ މަސައްކަތުގައި އޭދަފުއްޓަށް 17 ކުދިން ބަދަލުކޮށް ބައިތިއްބާފައިވަނީ “އަމާން ހިޔާ” ގަ އެވެ. އެއީ ހަތަރު އާއިލާއަކަށް ނިސްބަތްވާ ކުދިންނެވެ.

އޭދަފުށީގެ ބައެއް މީހުންގެ ހިތްހަމަނުޖެހުންތަކުގެ ތެރޭގައި “އަމާން ހިޔާ”ގައި ތިބޭ ކުދިން އުސޫލެއް ނެތި ރޭގަނޑު ބޭރުގައި އުޅުމާއި ބައެއް ފަހަރު ބޭއަދަބީ ބަސްތައް ބޭނުންކުރުން ހިމެނެ އެވެ. އަދި އާންމު ތަންތަނުގައި ކޮށްގެން ނުވާނެ ބައެއް ކަންކަން ބައެއް ކުދިންގެ ފަރާތުން ފެންނަ ކަމަށް ވެސް، އެ ރަށުގެ ބައެއް މީހުން ބުނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.