ހޮޑައިދޫ ގޮޑުދޮށުގައި އިރުއަރާ މަންޒަރު ބަލަން ހުއްޓައި ފުލުހުން ހައްޔަރު ކުރި މީހަކު ފުލުހުންގެ ބޯޑަށް އައްޔަން ކުރަން ހުށަހެޅުމަކީ ފުލުހުންގެ މުއައްސަސާއަށް ކުރެވޭ ވަރަށްބޮޑު މަލާމާތެއް ކަމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްފަނޑިޔާރު އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލާ “ފުލުސް ބޯޑަށް” އާންމުންގެ ފަރާތުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ފަސް ފަރާތެއްގެ ނަން ކޮމިޓީއަށް ދިރާސާކުރަން މިއަދުވަނީ ކޮމިޓީއަށް ފޮނުވާފައެވެ. މި ނަންތަކުގެ ތެރޭގައި އެންމެ ފުރަތަމަވެސް އޮތީ ހާމިދު އަބްދުލް ޢަފޫރުގެ ނަމެވެ. ހާމިދުގެ ނަން ފުލުހުންގެ ބޯޑަށް ހުށަހެޅުމުން އެކަމާއި ގުޅިގެން ހައިލަމް ވިދާޅުވީ ފުލުހުންގެ މުއައްސަސާ ރިފޯމް ކުރުމަކީ ވަރަށް ޒިންމާދާރު ކަމާއިއެކު ކުރަންޖެހޭ ކަމެއްކަމަށެވެ. ފުލުހުންގެ ބޯޑަށް އެކި މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުން އައްޔަން ކުރެވޭކަމީ ލަދު ގަންނަނޖެހޭ ކަމެއްކަމަށް ހައިލަމް ވިދާޅުވިއެވެ.
ފުލުހުންގެ އިދާރާ ރިފޯމް ކުރުމުގެ ނަމުގައި، ހޮނޑައިދޫ ގޮނޑުދޮށުގައި އިރުއަރާ މަންޒަރު ބަލަން ހުއްޓާ ހައްޔަރުކުރެވުނު މީހަކު، ފުލުހުންގެ ބޯޑަށް ޢައްޔަންކުރުމަކީ އެމުއައްސަސާއަށް ކުރެވޭ ވަރަށް ބޮޑު މަލާމާތެއް.
– ހައިލަމް ވިދާޅުވިއެވެ.
ފުލުހުންގެ އިދާރާ ރިފޯމް ކުރުމުގެ ނަމުގައި، ހޮނޑައިދޫ ގޮނޑުދޮށުގައި އިރުއަރާ މަންޒަރު ބަލަން ހުއްޓާ ހައްޔަރުކުރެވުނު މީހަކު، ފުލުހުންގެ ބޯޑަށް ޢައްޔަންކުރުމަކީ އެމުއައްސަސާއަށް ކުރެވޭ ވަރަށް ބޮޑު މަލާމާތެއް. @PoliceMv https://t.co/UfuCxav82T pic.twitter.com/Xg1Pktg4kb
— Ahmed Hailam (@AhmedHailam) February 23, 2021
ހައިލަމް މިފަދަ ގޮތަކަށް ވިދާޅުވީ ފުލުހުންގެ ބޯޑަށް ހާމިދު އަބްދުލް ޢަފޫރުގެ ނަން ހުށަހެޅުމުންނެވެ. ހާމިދުއާއި، އޭރު ކާށިރޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއާއި، އިބްރާހިމް ހުސެއިން ޒަކީއާއި، އެމްޑީޕީގެ ބައެއް މެމްބަރުން ހދ. ހޮޑައިދޫގައި ރާ ބޮއެ، މަސްތުވީ ކަމުގެ ތުހުމަތަކެއްކޮށް ވަނީ އޭރު ހައްޔަރުކޮށްފައެވެ. އަދި އޭގެ ތެރެއިން ކުޑަކަމުދާތަކެތި ނުދީގެން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރުގެ މައްޗަށް ވެސް އެމައްސަލާގައި ދައުވާ ކޮށްފައިވެއެވެ.
“ޕޮލިސް ބޯޑު”ގެ ނަމުގައި އެކުލަވާލާ އެބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ 2 މެންބަރުންނެވެ.
One Response
މި ވަރު މީހުން ހެޔޮނުވާނެ ކެރަމް ބޯޑަށް ހޮވަން ވެސް