ގެއްލޭ ޕާސްޕޯޓުތަކުގެ މަޢުލޫމާތު އިންޓަޕޯލްގައި ހިމަނަނީ

ގެއްލޭ ޕާސްޕޯޓުތަކުގެ މަޢުލޫމާތު އިންޓަޕޯލްގައި ހިމަނަނީ

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram
ގުޅުންހުރި

ގެއްލޭ ޕާސްޕޯޓާއި ވަގަށްނަގާ ޕާސްޕޯޓް ނުވަތަ އެހެނިހެން ސަބަބުތަކާހުރެ ކެންސަލްކުރާ ޕާސްޕޯޓުގެ މަޢުލޫމާތު އިންޓަޕޯލްގައި ހިމެނުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ. މިގޮތަށް ނިންމާފައިވަނީ ގެއްލޭ އަދި ވަގަށް ނަގަ ޕާސްޕޯޓް ބޭނުންކޮށްގެން ކުރާ ކުށްތައް ހުޓުވުމަށްޓަކައި، މި މަޢުލޫމާތު އިންޓަޕޯލް މެދުވެރިކޮށް އެހެން ޤައުމުތަކުގެ އިމިގްރޭޝަންގެ ސަމާލުކަމަށް ގެނައުމަށެވެ.

އިންޓަރޕޯލާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ގެއްލުމުން ނުވަތަ ވަގަށް ނެގުމުން ނުވަތަ އެހެނިހެން ސަބަބަކާ ގުޅިގެން ކެންސަލު ކުރާ ޕާސްޕޯޓާއި ދަތުރުކުރުމުގެ އެހެނިހެން ލިޔުންތައް އިންޓަރޕޯލާ ޙިއްޞާކުރަން ޖެހެއެވެ. އެހެންކަމުން މިމަހުގެ 25ވަނަ ދުވަހުން ފެށިގެން ދޫކުރާ ދިވެހި ޕާސްޕޯޓާއި ދަތުރުކުރުމުގެ ވަގުތީ ލިޔުން ގެއްލިގެން ނުވަތަ ވަގަން ނެގުމުން ރިޕޯޓު ކުރުމުން އެމަޢުލޫމާތު އިންޓަރޕޯލްގެ “ސްޓޯލަން އެންޑް ލޮސްޓް ޓްރެވަލް ޑޮކިއުމެންޓް” (އެސް.އެލް.ޓީ.ޑީ) ޑާޓާބޭސްގައި ހިމަނަމުންދާނެކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މިފަދަ މަޢުލޫމާތެއް ރިޕޯޓު ކުރާ ވަގުތުން ފެށިގެން ޕާސްޕޯޓަކީ ދަތުރު ކުރުމަށް ބޭނުން ކުރެވޭ ސައްޙަ ލިޔެކިއުމަކަށް ނުވާތީވެ، ރިޕޯޓު ކުރާ ފަހުން ޕާސްޕޯޓު ފެނިއްޖެ ހާލަތެއްގައި، ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގެ ޤައުމުތަކުން އެތެރެވެ ބޭރުވުމަށް ސައްހަ ލިޔެކިއުމެއްގެ ގޮތުގައި އެފަދަ ޕާސްޕޯޓެއް ބޭނުން ނުކުރެވޭނެކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

ޕާސްޕޯޓް ނުފަދަ އެފަދަ ލިޔެކިއުމެއް ގެއްލިގެން ރިޕޯޓްކުރާ ފަހުން ފެނިއްޖެނަމަ، އެފަދަ ޕާސްޕޯޓު ދަތުރު ކުރުމަށް ބޭނުން ކުރުމުގެ ބަދަލުގައި އިމިގްރޭޝަނަށް ރައްދު ކޮށްދިނުމަށް ވަނީ އަންގާފައެވެ. މިގޮތަށް އަންގަވާފައިވަނީ އެމަޢުލޫމާތު އިންޓަޕޯލަށް ހުށަހެޅުމަށްފަހު، ކަމާބެހޭ ފަރާތްތަކަށް ނޭންގި އެފަދަ ޕާސްޕޯޓެއް ބޭނުންކޮށްފިނަމަ ދަތުރުކުރުމުގައި ދިމާވެދާނެ ދަތިތަކުގެ ސަބަބުންނެވެ. އެސް.އެލް.ޓީ.ޑީ ގައި ޕާސްޕޯޓު ގެއްލިފައިވާކަމަށް ނުވަތަ ވަގަށް ނަގާފައިވާ ކަމަށް މަޢުލޫމާތު ހިމަނައިފިނަމަ، އިންޓަރޕޯލުގެ މެމްބަރުންގެ ގޮތުގައިވާ 194 ޤައުމަކަށް އެ މަޢުލޫމާތު ފެންނަން ހުންނާނެއެވެ. އެހެންކަމުން ރިޕޯޓު ކުރާފަހުން ޕާސްޕޯޓު ފެނިގެން އެ ޕާސްޕޯޓު ދަތުރު ކުރުމަށް ބޭނުން ކޮށްފިނަމަ، ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގެ ޤައުމުތަކުގެ އިމިގްރޭޝަނުން އެމީހަކު ހުއްޓުވަމުންދާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ޕާސްޕޯޓް ގެއްލުމުގެ 674 މައްސަލަ މިދިޔަ އަހަރު އެކަނިވެސް އިމިގްރޭޝަނަށް ހުށައަޅާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.