ހިޔާގެ އެއްކޮޓަރީގެ ފްލެޓްތަކަށް ހެދި ގޮތެއް ހާމަކުރުމަށް ގޮވާލާ މަޖިލީހަށް މައްސަލައެއް

ހިޔާގެ އެއްކޮޓަރީގެ ފްލެޓްތަކަށް ހެދި ގޮތެއް ހާމަކުރުމަށް ގޮވާލާ މަޖިލީހަށް މައްސަލައެއް

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram
ގުޅުންހުރި

ގެދޮރުވެރިކަމަށް ޚާއްޞަކޮށްގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ކުންފުނިތައް މެދުވެރިކޮށް އެޅި 1 ކޮޓަރީގެ ފްލެޓުތަކާމެދު މި ސަރުކާރުން ކަންކުރި ގޮތުގެ ތަފްޞީލް ހާމަކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށައަޅާއިފިއެވެ. އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށައެޅުއްވީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްއެވެ.

ކުރީ ސަރުކާރުން ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވަނިކޮށް މިސަރުކާރުން ވަނީ 3 ކެޓަގަރީއެއްގެ ފޯމް ބާޠިލްކޮށް ފްލެޓް ނުދިނުމަށް ނިންމާފައެވެ. އެހެންކަމުން އެކަމުގެ ތަފްސީލް ހާމަކުރުމަށް ގޮވާލާ ޝިޔާމް ހުށައެޅުއްވި މައްސަލާގައި ވަނީ، ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ދަށުން ކޮންމެ ކުންފުންޏަކުން ބިނާކުރާ ޓަވަރުތަކުގެ ފުރަތަމަ ހަތަރު ފަންގިފިލާގައި ހުންނާނީ 1 ކޮޓަރީގެ އެޕާޓުމެންޓުތަކެއްކަމަށާއި، އެ އެޕާޓުމެންޓުތައް ދިނުމަށް ނިންމާފައިވަނީ އެޗްޑީސީއަށްކަމަށް ބުނެފައިވެއެވެ އަދި އެ ޔުނިޓުތަކަކީ ހިޔާ މަޝްރޫޢުގެ ދަށުން ދިނުމަށް ނިންމާފައިވާ ގެދޮރުކަމަށާއި، އެ ގެދޮރު ދިނުމަށް ނިންމާފައިވަނީ ދެ އުޞޫލެއްގެ ތެރެއިންކަމަށް ބުނެފައިވެއެވެ.

ފުރަތަމަ އުސޫލަކީ ސަރުކާރަށް އެ އެޕާޓުމެންޓުތައް ގަތުމަށްފަހު 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި އަގު ދައްކާ ޚަލާޞްކުރާ ގޮތަށް ފުލެޓު ޙައްޤުވާ ފަރާތްތަކަށް ދިނުންކަމަށާއި، ދެވަނަ ގޮތަކީ ރައީސް ޔާމީނުގެ އިސްނެންގެވުމަށް އެއިރުގެ ސަރުކާރުން އެމްއެމްއޭއާ މަޝްވަރާކޮށްގެން، ބޭންކުތަކުން ތަޢާރަފުކުރި އެފޯޑަބަލް ހައުސިން ލޯނުތައް ޙައްޤުވެރިންނަށް ދޫކޮށްގެން އެ ޔުނިޓުތައް ވިއްކުންކަމަށް ޝިޔާމްގެ ހުށައެޅުއްވި މައްސަލާގައިވެއެވެ. މިއިން ކޮންމެ ގޮތަކަށް ވިއްކި ނަމަވެސް ޔުނިޓެއް ސަރުކާރަށް ގަންނަ އަގެއްގެ ގޮތުގައި އެއްބަސްވުމުގައި ހިމަނާފައިވަނީ 600،000 ދިވެހި ރުފިޔާއަށްވުރެ ކުޑަ އަގެކެވެ. އެހެންކަމުން މަހެއްގެ މައްޗަށް ކުލީގެ ގޮތުގައި ދައްކަންޖެހޭނީ 3000 ރުފިޔާއާއި 4000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ. ސަރުކާރު ބަދަލުވެ، ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓަރު އަޙްމަދު އަސްލަމް އެންމެ ފުރަތަމަ ވިދާޅުވެފައިވަނީ އެއް ކޮޓަރީގެ ފުލެޓުތަކަކީ ވުޖޫދުގައި ނެތް ފުލެޓުތަކެއް ކަމުގައެވެ. އެހެންނަމަވެސް ފަހުން މި މަޖިލިހުގައި ވާހަކަދައްކަވަމުން ވިދާޅުވީ އެއް ކޮޓަރީގެ ފުލެޓުތައް ނިންމާފައިވަނީ ހަމައެކަނި އެމްޑަބްލިއުއެސްސީއިން ކަމަށާއި، ލިބެން ހުރީ އެންމެ 36 ފުލެޓު ކަމުގައި ޝިޔުމުގެ މައްސަލާގައި ބުނެފައިވާކަމަށްވެސް އެ މައްސަލާގައިވެއެވެ.

އެހެންނަމަވެސް ހުޅުމާލެ ދެވަނަ ފިޔަވަހި ބަލައިލުމުން އެތަނުގައި މިހާރުވެސް ސަރުކާރު ކުންފުނިތަކުން ބިނާކޮށްފައިވާ 12 ޓަވަރު ފެންނަން އެބަހުރި ކަމަށް ޝިޔާމްގެ ހުށައެޅުއްވި މައްސަލާގައިވެއެވެ. އެ ހުރިހާ ޓަވަރެއްގެ 4 ފަންގިފިލާގައި ހުރި އެޕާޓުމެންޓުތަކުގެ އަދަދު 900 އަށްވުރެ ގިނަވާނެކަމަށާއި، އެ ފުލެޓުތަކަކީ އަލަތު ކާވެނިކޮށްގެން ދިރިއުޅުމެއް ފެށުމުގެ އުންމީދުގައި ތިބި ޒުވާނުންނަށް ޚާއްޞަކުރައްވައިގެން ރައީސް ޔާމީނުގެ ސަރުކާރުން ބިނާކުރި ފުލެޓުތަކެއްކަމަށް ބުނެފައިވެއެވެ. އެ ފުލެޓުތައް ވުޖޫދުގައި ނެތްކަމަށް ވިދާޅުވެ، އެޗްޑީސީއާއެކު ކުންފުނިތަކުން ހެދި އެއްބަސްވުން މި ސަރުކާރުން އުފައްދާފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ބަދަލުކޮށް، އެ ފުލެޓުތައް ވިޔަފާރި އުޞޫލުން ފައިދާއެއް ލައިގެން، ވިއްކަން ކުރިން ކަނޑައެޅި އަގަށްވުރެ ބޮޑު އަގުގައި ވިއްކަމުން ގެންދާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށްވެސް ޝިޔާމްގެ މައްސަލާގައިވެއެވެ.
މިއީ ދިވެހި ޒުވާނުންގެ އުންމީދާ ގުޅިފައިވާ ކަމެއް ކަމުގައިވާއިރު، މި ފުލެޓުތަކަކީ ކުރީ ސަރުކާރުން އެ ފުލެޓުތަކުގެ ޙައްޤުވެރިންނަށް ފުލެޓު ލިޔުންވެސް ދީފައިވާ ފުލެޓުތަކަކަށްވާއިރު، މި ފުލެޓުތަކާމެދު މި ސަރުކާރުން ކަންކުރި ގޮތަކީ ދިވެހި ރައްޔިތުން އެކަމާމެދު އިންތިހާއަށް ކަންބޮޑުވާކަމެއްކަމަށްވެސް އެ މައްސަލާގައިވެއެވެ.

މި މައްސަލައަށް ބަހުސްކުރެއްވި އެމްޑީޕީގެ މެންބަރުން ވަނީ އެއީ ކުރީ ސަރުކާރުން ހިންގާފައިވާ ޖަރީމާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މިސަރުކާރުން ފްލެޓް ނުދިނުމަށް ނިންމާ ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ ކެޓެެގަރީތަަކީ:

H11 (18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްސަ (1 ކޮޓަރި))
H13 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްސަ (1 ކޮޓަރި))
H15 (އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ޚާއްސަ (1 ކޮޓަރި))

ފްލެޓް ނުދިނުމަށް ނިންމާ ސަރުކާރުން ކޮށްފައިވާ ޢާންމު އިޢުލާންގައި ވަނީ 2018 ވަނަ އަހަރު “ހިޔާ” މަޝްރޫޢަށް އިޢުލާންކުރެއްވިއިރު، އެ މަޝްރޫޢުގެ ކެޓަގަރީތަކުގެ ތެރެއިން 1 ކޮޓަރީގެ ކެޓަގަރީތަކަށް (H11 އިން H15 އަށް) ފްލެޓް ދޫކުރުމަށް ހަމަޖައްސާފައިވަނީ ހުޅުމާލޭ ފޭސް 2 ގައި ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން 1 ކޮޓަރީގެ ބައެއް ފްލެޓްތައް ސަރުކާރަށް ގަތުމަށްފަހުކަމަށް ބުނެފައިވެއެވެ.

އެގޮތުން ހައުސިން މިނިސްޓްރީއިން ވަނީ ސަރުކާރުން ގަތުމަށް ލިބެންހުރި ފްލެޓްތަކާ ބެހޭ މައުލޫމާތު، ހުޅުމާލެ ފޭސް 2 ގައި ޓަވަރުތައް އެޅުމުގެ މަސައްކަތް ކުރިއަށްގެންދާ ކުންފުނިތަކުން ހޯދާފައިކަމަށާއި، އެ މިނިސްޓްރީއަށް ލިބުނު މައުލޫމާތުތަކަށް ބިނާކޮށް ސަރުކާރުން ގަތުމަށް ލިބެންހުރީ ހަމައެކަނި މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ސަރުކާރަށް އެލޮކޭޓްކޮށްފައިވާ 36 ފްލެޓްކަމަށްވެސް ސަރުކާރުގެ އިޢުލާންގައިވެއެވެ.

އެހެންކަމުން މިހާރު ސަރުކާރަށް ގަތުމަށް ލިބެންހުރި 36 ފްލެޓް، “ހިޔާ” މަޝްރޫޢުގެ H14 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ޚާއްސަ (1ކޮޓަރި) ކެޓަގަރީއަށް ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އެލޮކޭޓްކުރުމަށްފަހު، ބާކީވާ ފްލެޓްތައް، “ހިޔާ” މަޝްރޫޢުގެ H12 (މާލޭ ރަށްވެހިންނަށް ޚާއްސަ (1 ކޮޓަރި)) ކެޓަގަރީއަށް އެލޮކޭޓްކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށްވެސް އިޢުލާންގައިވެއެވެ.

އެހެންކަމުން ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން އިތުރު ފްލެޓް ގަންނަން ލިބެން ނެތުމުގެ ސަބަބުން އެ ކެޓަގަރީތަކަށް ހުށަހަޅާފައިވާ ފޯމުތައް ބާޠިލްކުރުމަށް ނިންމާފައިވާކަމަށްވެސް ސަރުކާރުގެ އިޢުލާންގައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.