އެމެރިކާއަކީ ދުނިޔެއިން ކޯވިޑް19އަށް ޕޮޒިޓިވެގެން އެންމެ ގިނަ މީހުން މަރުވި ގައުމު ކަމުގައި

ކޯވިޑް19ގައި މަރުވި މީހުންގެ އަދަދު އެމެރިކާގައި 500،000 އަށްވުރެ މައްޗަށް

ކޯވިޑް19ގައި މަރުވި މީހުންގެ އަދަދު އެމެރިކާގައި 500،000 އަށްވުރެ މައްޗަށް

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ކޯވިޑް19 އަށް ޕޮޒިޓިވް ވެގެން އެމެރިކާގައި މަރުވެފައިވާ މީހުންގެ އަދަދު 500،000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް، ޖޯން ހޮޕްކިންސް ޔުނިވަރސިޓީން ނެރެފައިވާ ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ.

މި ހިސާބުތަކާއެކު، މިއީ މީގެ 1 އަހަރު ކުރިން އެންމެ ފުރަތަމަ ޗައިނާގެ ވުހާން ސިޓީން ފެނުނު ކޮރޯނާ ވައިރަސް ދުނިޔެއަށް ފެތުރެން ފެށިފަހުން، އެމެރިކާ ވެގެން މިދިޔައީ ދުނިޔޭގައި އެއްގައުމަކުން އެންމެ ގިނަ އަދަކަށް މިބަލީގައި މީހުން މަރުވެދިޔަ ގައުމު ކަމުގައެވެ.

އަދި ކޯވިޑް ބަލީގައި މަރުވެދިޔަ މީހުންގެ އަދަދު އެމެރިކާގައި 500،000 އަށްވުރެ މައްޗަށް އަރައިގެން މިދިޔައީ، ކޯވިޑްޖެހިގެން އެގައުމުގެ ކެލިފޯނިއާ ސްޓޭޓުގައި އެންމެ ފުރަތަމަ މީހަކު މަރުވެދިޔަތާ އެއް އަހަރު ފަހުންނެވެ.

“މިއަދަކީ ނުހަނު ހިތާމަވެރި ދުވަހެއް- 500،0071 މީހުން ކޯވިޑް ބަލީގައި މަރުވެއްޖެ،” މިބަލީގައި މަރުވެދިޔަ މީހުންގެ ހަދާނުގައި ވައިޓް ހައުސްގައި ގެނެވުނު ހަމަހިމޭންކަމުގެ ސުކޫތަކަށްފަހު، އެމެރިކާގެ ރައީސް ޖޯބައިޑްން ވިދާޅުވެފައި ވެއެވެ. ކޯވިޑް ބަލީގައި މަރުވެދިޔަ މީހުންގެ ހަދާނުގައި ވައިޓް ހައުސްގައި ގެނެވުނު މިސުކޫތު ގެނެވުނު އިރު، މަރުވި މީހުން ތަމްސީލު ކޮށްދޭ އެތައް ސަތޭކަ އުއްބައްތިތަކެއް ދިއްލާފައި ވެއެވެ.

ވައިޓް ހައުސްގައި ބޭއްވުނު ރަސްމިއްޔާތުގައި ފަސްޓް ލޭޑި ޖިލްބައިޑްންގެ އިތުރުން ނާއިބު ރައީސާއާއި އެކަމަނާގެ ފިރިކަލުންވެސްވަނީ ބައިވެރިިވެ ވަޑައިގެންފައި

“ފާއިތުވެދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި މިބަލީގައި އެމެރިކާއިން މަރުވެގެން މިދިަޔައީ، ފުރަތަމަ ބޮޑު ހަނގުރާމައާއި، ދެވަނަ ބޮޑު ހަނގުރާމައާއި، އަދި ވިއެޓްނާމް ހަގުރާމަ، މި ހުރިހާ ހަގުރާމައެއްގައި މަރުވެދިޔަ މީހުންގެ އަދަދު އެއްކޮށްލުމުންވެސް މަރުވެދިޔަ މީހުންގެ އަދަށްވުރެ ގިނަ މީހުން، އަދި މިއީ ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި މީހުން މިބަލީގައި މަރުވެފައިވާ އެންމެ މަތީ އަދަދު” ބައިޑްން ވިދާޅުވެފައި ވެއެވެ.

“އަދި އެމެރިކާގައި މަރުވެ ގޮސްފައިވާ މިހާ ގިނަ އަދަދެއްގެ މީހުންގެ ހަދާންތައް އަހަރެމެން އާކުރަމުން ދާއިރު، މިއިން ކޮންމެ މީހަކާ އެމީހެއްގެ ހަޔާތުގެ މަތިން އަހަރެމެން ހަދާން އެބަހުރި. އެ އެންމެންނަކީ އަހަރެމެން ދަންނަ މީހުން، ނުވަތަ ހަމަ އަހަރެމެންނާ އެކީ މިއަދުވެސް ދިރި އުޅެމުންދާފަދަ މީހުން،” ބައިޑްން އިތުރަށް ވިދާޅުވެފައި ވެއެވެ.

ފާއިތުވެދިޔަ ހަފްތާތަކުގައި، އެމެރިކާގައި ކޯވިޑް19އަށް މީހުން ޕޮޒިޓިވް ވަމުންދާ ނިސްބަތް ވަނީ ދަށަށް ދާން ފަށާފައެވެ. ސިއްޙީ މާހިރު ވިދާޅުވާ ގޮތުގައި އަދަދުތައް ދަށަށް ދާންފަށާފައިވަނީ، ބައިޑްންގެ ސަރުކާރުން ވެކްސިން ދިނުން ވަރަށް ބޮޑުތަނުން އިތުރުކުރުމާ އަދި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކާ އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.

އެހެންނަނަމެވެސް، އެމެރިކާގެ، ގައިންގަޔަށް އަރާ ބަލިޔަކާބެހޭ މާހިރު، އެންތަނީ ފައުޗީ ވިދާޅުވެފައިވަނީ، ފާއިތުވެދިޔަ ހަފްތާތަކުގައި ބަލި ފެތުރެމުންދާ ނިސްބަތް ވަރަށް ބޮޑުތަނުން ދަށްވަމުން ދިޔަނަމަވެސް، އަދިވެސް އެމެރިކާގެ ރައްޔިތުން ވަރަށްބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށެވެ. ސަބަބަކީ، އޭނާ ވިދާޅުވާ ގޮތުގައި، އަދިވެސް ހާރޑް އިމުއިނިޓީ އަކަށް (ގިނަ ބަޔަކު ބަލިން ރައްކާތެރި ވެގެން، އޭގެ ޒާތުގައު މުޅި އާބާދީއަށް ރައްކާތެރިކަން ލިބިގެން ދިއުން) ދެވޭ ވަރަށް ވެކްސިން އެގައުމުގެ ދެވިފައި ނުވާތީއެވެ.

“މިއަދު ފެނިގެން މިދަނީ، 1918 ވަނަ އަހަރުގެ އިންފުލުއެންޒާ ކާރިސާއަށްފަހު، ފާއިތުވެދިޔަ 100 އަހަރުގެ ތެރޭގައިވެސް ފެނިފައި ނުވާފަދަ ހާލަތެއް. ނަންމަބަރު ތަކަށް ބަލާލީމަ ގައިން ހީބިހި ނަގައިގެން ދާވަރުގެ ތަފާސް ހިސާބުތަކެއް ފެންނާން މިހުރީ، ގަބޫލުކުރަންވެސް ދަތި، އެހެންނަމަވެސް މިއީ ހަގީގަތް،” އެންތަނީ ފައުޗީ ވިދާޅުވެފައި ވެއެވެ.

ކޯވިޑް ބަލީގައި މަރުވެދިޔަ މީހުންގެ ހަދާނުގައި، އެގައުމުގެ ކޮންގެރެސްގައި، ރިޕަބްލިކަން ޕާޓީއާއި ޑިމޮކްރަޓިކް ޕާޓީގެ މެމްބަރުވެސް ވަނީ ހިމޭންކަމުގެ ސުކޫތެއް ގެނެސްފައެވެ.

އަދި ރައީސް ޖޯ ބައިޑްންވަނީ، ފެބްރުއަރީ 26 ވަނަ ދުވަހުގެ އިރު އޮއްސެންދެން، އެމެރިކާގެ ހުރިހާ އޮފީސް އިމާރާތެއްގައާއި އަދި އަސްކަރިޔާގެ ހުރިހާ އިމާރާތެއްގަވެސް، ގައުމީ ދިދަ ބައި ދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ.

އެމެރިކާގައި މިހާތަނަށް ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 28 މިލިއަނަށް އަރާފައިވާރިރު، 505،235 މީހުންވަނީ މިބަލީގައި މަރުވެފައ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.