މުޒާހިރާގައި މަރުވި އަންހެން ކުއްޖާގެ ޖަނާޒާއަށް އެތައްހާސް ބަޔަކު ވަނީ އެއްވެފައި

މިޔަންމާގެ މުޒާހިރާގައި މަރުވި އަންހެން ކުއްޖާއަށް އިހުތިރާމް އަދާކުރުމަށް އެތައްހާސް ބަޔަކު އެއްވެއްޖެ

މިޔަންމާގެ މުޒާހިރާގައި މަރުވި އަންހެން ކުއްޖާއަށް އިހުތިރާމް އަދާކުރުމަށް އެތައްހާސް ބަޔަކު އެއްވެއްޖެ

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ފެބްރުއަރީމަހު މިޔަންމާއަށް ގެނެވުނު ބައާވަތާ ދެކޮޅަށް އެގައުމުގައި ކުރެވެމުންދާ މުޒާހިރާތަކުގައި ފުލުހުން ބަޑި ޖެހުމުގެ ސަބަބުން މަރުވި ޒުވާން އަންހެން ކުއްޖާގެ ޖަނާޒާއަށް އެތައް ހާސް ބަޔަކު އެއްވެއްޖެއެވެ.

މުޒާހިރާ ކުރަމުންދަޔަ ޒުވާން އަންހެން ކުއްޖެ ކަމުގައިވާ މާޔާ ތަވު ތަވު ޚައިންގގެ ބޮލަށް ވަޒަން އަރާ އޭނާ މަރުވެފައިވަނީ، އޭނާގެ 20 ވަނަ އުފަންދުވަހުގެ އެއް ދުވަސް ކުރިންނެވެ.

އާދީއްތަ ދުވަހު، މިޔަންމާގެ ވެރިރަށް ނޭ ޕީ ޓަވުގައި ބޭއްވުނު މި ޖަނާޒާއަށް ހާޒިރުވުމަށް އެތައްހާސް ބަޔަކު ސަފު ހަދާލައިގެން ތިބިއިރު، ބައެއް މީހުން ދިތައީ، މުޒާހިރާގައި ބޭނުން ކުރަމުންދާ ނިޝާން ކަމުގައިވާ، އަތުގެ 3 އިގިލިން އަންހެން ކުއްޖާގެ ސަންދޯކަށް ސެލިއުޓް ކުރަމުންނެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ބަޢާވާތެއްގެނެސް، އެގައުމުގެ އިންތިޚާބީ ސަރުކަރު ވައްޓާލާ، އަދި އަންގސަންގ ސޫކީއާއި އޭނާގެ ޕާޓީގެ އިސްވެރިން ހައްޔަރު ކޮށްފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. އަދި އެއަށްފަހު އަސްކަރިއްޔާއިން ވަނީ ހައްޔަރު ކޮށްފައިވާ މީހުންގެ މައްޗަށް ދައުވާ އުފުލާފައެވެ.

މިޔަންމާރގެ އަސްކަރިއްޔާއިން އަވަސް އިންތިޚާބެއް ބާއްވާނެ ކަމަށް ވައުދު ވެފައިވީ ނަމަވެސް، ހައްޔަރު ކުރެވިފައިވާ އަންގސަން ސޫކީއާއި އަދި އޭނާގެ އެންއެލްޑީ ޕާޓިގެ އިސްވެރިން ދޫކޮށްލުމަށް ގޮވާލާ، އަދި އަސްކަރީ ސަރުކާރާ ދެކޮޅަށް އެގައުމުގައި ކުރިޔަށްދާ މުޒާހިރާތަކަށް ހުއްޓުމެއް އައިސްފައެއް ނުވެއެވެ.

އަސްކަރިއްޔާއިްނ ތުހުމަތު ކުރަމުން ދަނީ، ފައިތުވެތިޔަ ނޮވެމްބަރުމަހު ބޭއްވުނު އެގައުމުގެ އާންމު އިންތިޚާބުގައި އޮޅުވާލާ މަކަރު ހަދާފައިވާ މަކުގައެވެ. އެހެންނަމަވެސް މިއިންތިޚާބުގައި މަކަރުހަދާ އޮޅުވާލާފައިވާކަމުގެ އެއްވެސް ހެއްކެއް އަސްކަރިއްޔާއިން ދައްކާފައި ނުވެއެވެ. އިންތިޚާބު، އަންގސަންގ ސޫކީގެ އެންއެލްޑީން ކާމިޔާބު ކޮށްފައިވަނީ، %80 އަށްވުރެ މަތީ އަޢުލަބިއްޔަތަކުންނެވެ.

ސުޕަރމާޓެއްގައި މަސައްކަތް ކުރަމުންދާ 20 އަހަރުގެ ޒުވާން އަންހެން ކުއްޖެއް ކަމުގައިވާ މާޔާ ތަވު ތަވު ޚައިންގގެ ބޮލަށް ވަޒަން އަރާފައިވަނީ، މިމަހުގެ ކުރީކޮޅު ބޭއްވުނު ބޮޑު އެއްވުމެއް ރޫޅާލުމަށް ފުލުހުން ވަޒަން ބޭނުންކުރުމުގެ ސަބަބުންނެވެ. އަދި އެހާދިސާއަށްފަހު، އޭނާއަށް މެޝިންގެ އެހީގައި ފަރުވާ ދެވެމުންދާތާ 10 ދުވަސް ފަހުން އޭނާ މަރުވެފައިވަނީ މި ހަފްތާގެ ހުކުރު ދުވަހުއެވެ.

އަދި މިހާރު ކުރިޔަށްދާ ހުރިހާ މުޒާހިރާއެއްގަވެސް، މުޒާހިރާކުރާ ފަރާތްތަކުން އަސްކަރީ ސަރުކާރާ ދެކޮޅަށް ޝުއޫރު ފާޅުކުރުމުގައި ދަނީ އޭނާގެ ފޮޓޯތައް ބޭނުން ކުރަމުންނެވެ.

މަރުވި އަންހެންކުއްޖާގެ ސަންދޯއް މިޔަންމާރގެ ވެރިރަށުގެ މަގުތަކުގައި ގެންގޮސްފައިވަނީ، ކަޅުކުލައާއި އަދި ރަންކުލައިން ހިޔާކޮށްފައިވާ އެއްގަމު އުޅަދެއްގައެވެ. އަދި ސަންދޯކާއެކީ ސައިކަލްތަކުގައި އެތައްހާސް ބަޔަކު މަގުތަކުގައި ދަތުރު ކޮށްފައި ވެއެވެ.

ފާއިތުވެދިޔަ ހަފްތާގައި، ހަފްތާއަކަށް ދިގުދެމިގެން ދިޔަ މުޒާހިރާތަކަށްފަހު، މިހަފްތާގެ ހޮނިހުރު ދުވަހުގެ މުޒާހިރާގައި ބޮޑެތި ހަމަނުޖެހުންތައް ހިގާފައިވި ނަމަވެސް، އާދިއްތަ ދުވަހުވެސް އެތައްހާސްބަޔަކު ވަނީ މުޒާހިރާތަކުގައި ބައިވެރިވެފައެވެ. އަދި މިމުޒާހިރާތައް މައިތިރި ކުރުމަށް ފުލުހުން އަސްލު ވަޒަން ބޭނުންކުރުމުގެ ސަބަބުން، އިތުރު ދެމީހަކުވަނީ މިހަފްތާގައިވެސް މަރުވެފައެވެ.

މިހާރު ކުރިޔަށްދާ މުޒާހިރާތަކުގައި އިތުރު ދެމީހުން މަރުވުމާއި ގުޅިގެން އަސްކަރީ ސަރުކާރަށްވަނީ އަތައް ގައުމެއްގެ ފާޑުކިއުން އަމާޒުވެފައެވެ. މިގޮތުން ޔޫއެން ސެކިއުރިޓީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވެފައިވަނީ، “ސުލްހަވެރިކަމާއެކު މުޒާހިރާ ކުރަމުންދާ ފަރާތްތަކާ ދެކޮޅަށް، އަސްލު ވަޒަން ބޭނުންކުރުމާ، ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން” ކަމުގައެވެ.

އާދީއްތަދުވަހު މިޔަންމާގެ އަސްކަރީ ސަރުކާރުންވަނީ، އެގައުމުގައި މަޝްހޫރު ފިލްމީ ތަރިއެއްވެސް ހައްޔަރު ކޮށްފައެވެ. އޭނާގެ އަންހެނުން ބުނެފައިވަނީ، އޭނާ ހައްޔަރު ކޮށްފައިވަނީ، އަސްކަރީ ސަރުކާރާ ދެކޮޅު ވީޑިއޯއެއް އާންމު ކޮށްގެން ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.