ޖޭސްމިންއަށް ހެދުން ލެވުނީ ހެދުމުގެ ޓެގްކޮޅު ނުނައްޓާ!

ޖޭސްމިންއަށް ހެދުން ލެވުނީ ހެދުމުގެ ޓެގްކޮޅު ނުނައްޓާ!

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

އަވަސް އަރުވާލާފައި ދާން އުޅެމުން ޖޭސްމިން ބާސިންއަށް ލައިގެން ހުރި ހެދުމުގެ ޕްރައިޒް ޓެގް ނުނައްޓާ ބޭރަށް ނުކުމެވުނު ވީޑިއޯއެއް މިދިޔަ ހަފްތާ ބަންދުގައި ވަނީ އާންމުވެފައެވެ.

ބިގް ބޮސް އިން ފެނިގެން ދިޔަ ޖޭސްމިންވަނީ މިދިޔަ ހުކުރު ދުވަހު ބޭރަށް ދާން އުޅުމުގެ ތެރެއިން މީޑިއާއާއި ކުރިމަތިލާންޖެހިފައެވެ.

މީޑިއާއިން ކުރި ދެތިން ސުވާލަކަށް ޖަވާބު ދީފައި ދާން އުޅުނު ޖޭސްމިންގެ ހެދުމުގައި އިން ބޮޑު ޕްރައިޒް ޓެގްކޮޅުވަނީ ނޫސްވެރިންގެ ލޮލުގައި އަޅައިގެންފައެވެ.

ޖޭސްމިން ހުކުރު ދުވަހު ފެނިފައިވަނީ ދަނބު ކުލައިގެ ރީތި ގެދުމެއްގައެވެ. އަދި އޭނާ ހުރީ ހެދުމާ އެއް ކުލައިގެ ބޫޓަކަށްއަރާފަ އެވެ. މި ހެދުމަށް އިތުރު ފުރިހަމަ ކަމެއް ގެންނަނީ އޭގެ އެތެރިން ލާފާއި ހުރި އޮލިވް ގްރީންކުލަގެ ގަމީހުންނެވެ.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

ޖޭސްމިން ދާދިފަހުން ވަނީ އޭނާގެ ހުރިހާ ފޭނުންނަށް ޝުކުރު އަދާކޮށް، ނޯޓެއް ލިޔެފައެވެ. އަދި މި ނޯޓުގައި އޭނާގެ ކާމިޔާބީގެ ވަގުތުގައްޔާއި ނާކާމިޔާބީގެ ވަގުތުގައި އޭނާއަށް ހިތްވަރުދިން އެންމެނަށް ފަށްފަށުން ޝުކުރު އަދާކޮށްފައިވެއެވެ. އަދި އޭނާއަށް ބެލުންތެރިންގެ ހިތްވަރާއި ނުލާ މި ހާހިސާބަށް ނާދެވޭނެ ކަމަށް ވެސް ވަނީ ބުނެފައިއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published.