2030 ތަސައްވުރުގެ ދަށުން ސައުދީ އަރަބިއާއިން ވަނީ އަންހެނުންނަށް އަސްކަރިއްޔާގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލާފަ

ސައުދީ އަރަބިއާގެ އަސްކަރިއްޔާގެ މަތީ މަގާމްތަކަށް ވަނުމުގެ ފުރުސަތު އަންހެނުންނަށް ހުޅުވާލައިފި

ސައުދީ އަރަބިއާގެ އަސްކަރިއްޔާގެ މަތީ މަގާމްތަކަށް ވަނުމުގެ ފުރުސަތު އަންހެނުންނަށް ހުޅުވާލައިފި

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ފިރިހެނުންނެކޭ އެއްފަދައިން، ސައުދީ އަސްކަރިއްޔާގެ މަތީ މަގާމްތަކަށް އަންހެނުންނަށްވެސް ކުރިމަތި ލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް، އެގައުމުގެ ޑިފެންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޑިފެންސް މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި، ސައުދީ އަރަބިއަން އާރމީއަށާއި، ރޯޔަލް ސައުދީ އެއަރ ޑިފެންސްއަށާއި، ރޯޔަލް ސައުދީ ނޭވީއަށާއި، ރޯޔަލް ސައުދީ ސްޓްރަޓީޖިކް މިސައިލް ފޯރސްއަށާއި، އަދި މީގެ އިތުރުން އާރމްޑް ފޯރސް މެޑިކަލް ސާވިސްއަށްވެސް އަންހެނުންނަށް، ޔުނިފައިޑް އެޑްމިޝަން ޕޯޓަލް ބޭނުންކޮށްގެން މިހާރު ކުރިމަތި ލެވޭނެއެވެ.

މިގޮތުން، ޑިފެންސް މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި، ސައުދީ އެންހެނުން މިހާރު، ހަގުރާމައި ހަރަކާތްތެރިވާ ސިފައިންގެ (ސޯލްޖާރސްގެ) ގޮތުގައާއި، ލާންސް ކޯޕްރަލް، ކޯޕްރަލް، ސާހެންޖެންޓްސްް، އަދި ސްޓާފް ސާޖެންޓުންގެ ގޮތުގައިވެސް، މިހާރު ރެކްރޫޓު ކުރެވޭނެއެވެ.

ސައުދީ އަރަބިއާއިން މިގެނައި ބަދަލަކީ، އެގައުމުގެ ވަލީ އަހުދު، މުހައްމަދު ބިން ސަލްމާންގެ 2030 ތަސައްވުރުގެ ތެރެއިން، އެކި ދާއިރާތަކުން އަންހެނުންނަށް ކުރިއެރުން ހޯދާދިނުމަށް ގެންނަމުންދާ އިސްލާހީ ބަދަލުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ބަދަލެކެވެ.

މިގޮތުން، ސައުދީ އަސްކަރިއްޔާއަށް ވަދެވޭނީ، އުމުރުން 21 އަހަރާއި 40 އަހަރާ ދެމެދުގެ، އިސްކޮޅުން 155 ސެންޓިމީޓަރަށްވުރެ ދިގު، ސަރުކާރުގެ އެހެން އެއްވެސް ވަޒީފާއެއް އަދާ ނުކުރާ އަންހެނުންނަށެވެ.

އަދި އަސްކަރިއްޔާއަށް ވަނުމަށް އެދޭ އަންހެނުން، އަސްކަރިއްޔާއަށް ވަނުމުގެ ހުރިހާ މަރުހަލާއަކުން ފާސްވާން ޖެއެވެ. މިގޮތުން ސިއްޙީ އެއްވެސް މައްސަލައެއް ނެތުމާއި، އަދި ކުށުގެ އެއްވެސް ރެކޯޑެއް ނެތުންވެސް އެއީ ލާޒިމް ކަމެކެވެ.

މީގެ އިތުރުންވެސް، އަސަކަރިއާޔަށް ވަންނަން އެދޭ އަންހެނުންގެ އަތުގައި ހަމައެކަނި ސައުދީ އަރަބިއާއަށް ނިސްބަތްވާ ނޭޝަނަލް އަޑެންޓިޓީ ކާރޑެއް އޮންނަން ޖެހޭއިރު، އެބޭފުޅަކީ ގައުމުން ބޭރުގެ މީހަކާ ކައިވެނި ކޮށްގެން އުޅޭ މީހަކަށް ވެގެންވެސް ނުވާނެއެވެ.

ސައުދީ އަރަބިއާގެ އަސްކަރިއްޔާއަށް ވަނުމަށް އެދޭ ފިރިހެނުންގެ އުމުރަކަށް ވާންޖެހެނީ 17 އަހަރާއި 40 އަހަރާއި ދެމެދެވެ. އަދި 160 ސެންޓިމީޓަރަށްވުރެ ދިގު އިސްކޮޅެއް ހުންނަން ޖެހެއެވެ.

އަދި ފިރިހެނުންވެސް، ސިއްޙީ އެއްވެސް މައްސަލައެއް ނެތުން ލާޒިމްވާއިރު، ކުށުގެ އެއްވެސް ރެކޯޑެއް ނެތުމަކީ އަސްކަރިއްޔާއަށް ވަނުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.