މުއުމިނުންނަށް ކުރިމަތި ކުރުވާ ބަލި މަޑުކަމަކީ ކުދި ފާފަތަކަށް ކައްފާރާއެއް

މުއުމިނުންނަށް ކުރިމަތި ކުރުވާ ބަލި މަޑުކަމަކީ ކުދި ފާފަތަކަށް ކައްފާރާއެއް

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram
ގުޅުންހުރި

މާތްﷲ މުއުމިނުންނާ ކުރިމަތިކުރައްވާ ބަލިމަޑުކަމަކީ، އެބައިމީހުންގެ ކުދި ފާފަތަކަށްވާ ކައްފާރާއެއް ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ކޯވިޑް-19 އާއިގުޅިގެން ފަހުގެ ތާރީހެއްގައި ގެނެސްދިން އެންމެ ކުރު ޚުތުބާގައި އަލި އަޅުވާލާފައިވަނީ ތިމާއާއި އަނެކުންގެ މަޞްލަހަތައް ރައްކާތެރިވުމެވެ. ޚުތުބާގައި ބުނެފައިވަނީ ހަލުވިކަމާއެކު ފެތުރެމުންދާ ވަބާގެ ސަބަބުން، އިންސާނުން ނަށް ކުރަމުންދާ އެންމެހައި ނުރަނގަޅު އަސަރުތަކުން ސަލާމަތްވުން އޮތީ، ސަބަބު ތަކުގައި ހިފުމާ އެކު، ﷲ ގެ ރަޙުމަތްފުޅުން ކަމަށެވެ.

މާޒީގައި މާތްﷲ ގެ ނަބިއްޔުންނާއި، ރަސޫލުންނަށް ވެސް، މިފަދަ އެތަކެއް ހިތްދަތި ޙާދިޘާތަކާ ކުރިމަތިވެފައި ވާކަމަށާއި، ނަމަވެސް އެބޭބޭކަލުން ﷲ ގެ ރަޙްމަތާއި، އޯގާވަންތަކަމުން މާޔޫސްވެވަޑައިގަތުމެއް ނެތި، ދުޢާ ދެންނެވުމުގައި ޘާބިތުވެ ތިއްބެވި ކަމަށެވެ. ދުންޔަވީ ޙަޔާތުގައި އަންނަ ކޮންމެ ހިތްދަތި ކަމަކަށް ފަހު، އެތައް ފަސޭހަކަމެއް އަންނާނެކަމަށް ﷲ ވަޢުދުވެވޮޑިގެންފައިވާއިރު، މި ވަޢުދުފުޅުގެ މަތީން ހަނދާންކޮށް، ހިތްވަރު އައުކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ރަސޫލު ﷲ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. “މުސްލިމަކަށް ބަލިމަޑުކަމަކުން ނުވަތަ އެ ފަދަ އެހެން ކަމަކުން ވިޔަސް ވޭނެއް ކުރިމަތި ވެއްޖެނަމަ، އެކަމުގެ ސަބަބުން ގަހަކުން ފަތްވެރޭފަދައިން އޭނާގެ ކުށް ފާފަތައް ފުއްސަވައިދެއްވައެވެ.

މިއަދު ހުރިހާ އިންސާނުން ތަޙައްމަލު ކުރަމުންދާ ޙާލަތަކީ، ފަހުގެ ތާރީޚެއް ގައި ދުނިޔެ ނުދެކޭ ވަރުގެ ހިތްދަތިކަމާއި، ބަލިމަޑުކަމާއި، ތަދުމަޑުކަމާއި، ނުތަނަވަސްކަމުގެ ޙާލަތަކަށްވާއިރު، ފެތުރެމުންދާ ވަބާގެ ނުރައްކާތެރިކަމުން ސަލާމަތް ވުމަށް ޓަކައި، ﷲ ގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދޭ ޙާލު، އަޅުކަން ކުރުމާއި، ބޭނުން ޖެހިފައިވާ މީސްތަކުންނަށް އެހީތެރިކަން ފޯރުކޮށްދީ، ނަސޭހަތާއި އިރުޝާދު ދިނުމުގައި ދެމި ތިބުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ. އަދި މިފަދަ ބަލިމަޑުކަމެއްގައި އުޅޭ އިރު، އަމިއްލަ ނަފްސާއި، ތިމާގެ އަޚާ ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމަކީ، ކޮންމެ ފަރުދެއްގެ ވެސް ވާޖިބެއްކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ކޮންމެ މީހަކު ވެސް ނަމާދަށާއި، ހުކުރު ނަމާދުގެ ޖަމާޢަތަށް އަންނަ އިރު މާސްކު އަޅައިގެން، މުސައްލަ ހިފައިގެން އައުމަށާއި، މިފަދަ ބަލިމަޑުކަމެއްގައި އުޅޭ އިރު، ޝަރޫރަތަށްޓަކައި، އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކު އަޅައިގެން ނަމާދު ކުރެވޭނެ ކަމަށް ޢިލްމުވެރިން ވިދާޅުވެފައިވާކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.