ރައީސް ޔާމިންގެ ވެރިކަމުގައި ހުޅުމާލޭގައި އަޅާފައިވާ ހިޔާ ފްލެޓްތައް

“ފްލެޓް ލައިފް”، ހައްލު ހޯދާ ނުދެވޭ ބޯހިޔާވަހިކަން

“ފްލެޓް ލައިފް”، ހައްލު ހޯދާ ނުދެވޭ ބޯހިޔާވަހިކަން

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram
ގުޅުންހުރި

ފަހުގެ ޒަމާންތަކުގައި، ރާއްޖެއަށް ކުރިމަތިވެގެންދިޔަ، އިޖުތިމާޢީ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. އުޅޭނެ ގެދޮރުނެތި، އެތައްބަޔަކު ތޮށްޖެހިފައިވާ ތަންތަނުގައި އުޅެންޖެހުމުގެ ނަތީއެއްގެ ގޮތުން، އިޖުތިމާއީ އެތަކެއް މައްސަލަތަކެއް ނިކުތުމުގެ އިތުރުން، އާއިލާތައް ރޫޅި ޒުވާން އުމުރުގައި މުޅިހަޔާތް ބަރުބާދު ވެގެން ގޮސްފައިވަނީވެސް މަދު ޒުވާނުންނެއްގެއެއް ނޫނެވެ.

ހަގީގަތުގައިވެސް، ގައުމީ ނަޒަރިއްޔާތަކުން ވިސްނާނަމަ، މިއަދު ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ގައުމީ އެންމެ ބޮޑު ކާރިސާއަކީ ބޯހިޔާވަހިކަމުގެ މައްސަައެވެ.

އާގާނޫނު އަސާސީ ބަލައިގަނެ، މަލްޓި ޕާޓީ ޑިމޮކްރަސީ ރާއްޖެއަށް ތައާރަފް ވެދިއުމަށްފަހު، ވެރިކަމަށް އައި ކޮންމެ ސަރުކާރެއްގެވެސް އެންމެ ބޮޑު އަމާޒަކަށް ވެގެންދިޔައީ ރައްޔިތުންނަށް ކުރިމަތިވެފައިވާ، ބޯހިޔާވަހި ކަމުގެ މައްސަލަ ހައްލު ކޮށްދޭނެކަމުގެ ވައުދުތަކާއެކު ވެރިކަމަށް އައުމެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ވެސް އެންމެ ބޮޑު އެއްވައުދަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމެވެ. ރައީސް މައުމޫނުގައު ވެރިކަމުގެ ދިގު ޒަމާޏުގައި، ބޮއްސުންލާފައި އޮތް ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައަށް ހައްލު ހޯދާދިނުމުގެ ވައުދުތަކެވެ. އެހެންނަމަވެސް، މައްސަލައަށް ހައްލެއް ނުގެނެވި ވަނިކޮށް އެސަރުކާރު ބަދަލު ވެއްޖެއެވެ.

އިންތިޚާބު ވެގެން ނޫންނަމަވެސް، ދެން ވެރިކަމަށް އައީ ރައީސް ވަހީދުގެ ސަރުކާރެވެ. އޭރު ކުރިޔަށް އޮތް އިންތިޚާބަށް އަމާޒުކޮށް، ރައީސް ވަހީދުވެސް ބޯހިޔާވަހި ކަމުގެ އެތަކެއް ވައުދުތަކެއް ވެވަޑައިގެން، އެވައުދުތައް ފުއްދަވާ ދެއްވާނެކަމުގެ އެތަކެއް ހުވަފެނެއް ރައްޔިތުންނަށް ދެއްކެވިއެވެ. ވައުދު ވަމުން ގެންދަވަނިކޮށް އެވެރިކަންވެސް ނިމިގެން ދިޔައީއެވެ.

އެއަށްފަހު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމިނެވެ. އެމަނިކްފާނުވެސް ވެރިކަމަށް ވަޑައިގެންނެވީ، ދިވެހި ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ކާރިސާއިން ދިވެހި ރައްޔިތުން މިންޖު ކޮށްދެއްވާނެކަމުގެ ފޮނި ވައުދުތަކާ އެކީގައެވެ.

ތެދުފުޅެކެވެ. ރައީސް ޔާމިނުގެ އުމްރާނީ ތަރައްގީގެ މައިގަޑު ދެ ނާރެހެއްގެ ގޮތުގައި ފެނިގެން ދިޔައީ، ސިނަމާކެ ބުރިޖާ އަދި 7،000 ޔުނިޓްގެ ހިޔާ ފްލެޓެވެ. ޗައިނާ ސަރުކާރުގެ އެހީގައި އެ ސަރުކާރުން އެޅި މިފްލެޓްތައް އިމާރާތްކޮށް ނުނިމެނީސް އެސަރުކާރުވެސް ބަދަލު ވެއްޖެއެވެ. އެހެންނަމަވެސް، ކޮތަރު ކޮށިތަކުގެ ނަމުން އޭރުގެ އިދިކޮޅު ފަރާތްތަކުން، މިހާރުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުން މަޝްހޫރު ކުރި މިފްލެޓްތަކަށް މީހުންނަށް ވަދެވޭވަރު ނުވި ނަމަވެސް، ފްލެޓްތަކަށް ވަދެވޭނެކަމުގެ ހަގީގީ މަންޒަރުތައް ފެންނާނޭ މިންވަރަށް ބިމުން މައްޗަށް އިމާރާތްތައް ހިއްލިގެން ދިޔައެވެ.

ހިޔާ ފްލެޓްތަކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން

ދެން އައީ ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ދައުރެވެ. ވެރިކަމަށް ވަޑައިގެންނެވީ ހަމަ ބޯހިޔާވަހި ކަމުގެ ވައުދުތަކާއެކީގައެވެ. އެތައްބައެއް އުއްމީދުތަކުގައި ހަގީގީ ކުލަ ޖައްސަވާ ދެއްވާނޭކަމުގެ ވައުދުތަކާ އެކީގައެވެ. އަދިވެސް މިސަރުކާ މިއޮތީ މިވައުދުތަކުގެ މަތީގައެވެ.

ކޮންމެއަކަސް، އެސަރުކާރަކަސް މިސަރުކާރަކަސް، ކަމުގެ ހަގީގަތަކީ މިއަދާހަމައަށް އަދި މިއިން އެއްވެސް ފްލެޓަކަށް އެއްވެސް ދިވެހި ރައްޔިތަކަށް އަދި ވަދެވިފައި ނުވާކަމެވެ. އޭރުވެސް، މިހާރުވެސް، ރައްޔިތުން މިތިބީ ހުރިހާ ދައުރެއްގައި ދެކެމުން އައި ފޮނި ހުވަފެންތައް ދެކޭށެވެ.

ފްލެޓްތައް ބަހާނެ ގޮތުގެ ވާހަކަތަކުގެ އެތައް ފޯމިއުލާއެއް ކޮންމެ ސަރުކާރަކުންވެސް ނެރުއްވައެވެ. ކެޓަގަރީތައް ބައްސަވުމަށް ބައެއް ކެޓަގަރީތައް އުނިވެސް ކުރައްވައެވެ. އަދި އަބަދުމެ އަޑުއިވެމުންދަނީ، ފްލެޓް ލިސްޓުގައި ހުރި އުނި ކަންކަމުގެ ވާހަކަތަކެވެ.

އަދި މީގެތެރޭގައި ހަގީގަތުގައިވެސް ކަންބޮޑުވާންޖެހޭ ކަންކަމުގެ ވާހަކަަތައް ހުރިއިރު، ފްލެޓް ނުލިބުނު މީހުންގެ ޖަޒުބާތުވެސް މި ކަންކަމުގެ ތެރޭގައި އިންތިހާއަށް ބޮޑުކޮށް އެކުލެވިފައި ހުރިކަން މިއީވެސް ގަބޫލު ކުރަންޖެހޭ ހަގީގަތެކެވެ.

އަލުން ލިސްޓުތައް އިއުލާން ކުރުން

ކުރީސަރުކާރުން އެޅި 7،000 ފްލެޓަކީ އެތަންތަނުގެ ސައިޒުތައް ކުޑަކަމުން ކޮތަރު ކޮށިތަކެއްގެ ގޮތުގައި ސިފަކުރެވެމުން އައި ތަންތަންކަމުގައި ވިނަމަވެސް، އެ ކޮތަރު ކޮށިތަކަށް މީހުން ވެއްދުމުގެ ފުރުސަތު ލިބިގެން މިދިޔައީ މިސަރުކާރަށެވެ. އަދި މި ފްލެޓްތައް ކިތަންމެ ކުޑަޔަކަސް، މިތަންތަނަށް ވަންނަން އެދިއެދި ތިބި ދިވެހި ރައްޔިތުންގެ އަދަދު ހާހުން އެބަ ގުނާލެވެއެވެ.

މިގޮތުން، މި ފްލެޓްތައް ލިބޭ މީހުންގެ ނަންތައް މުރާޖައާކޮށް، އަލުން އިއުލާންކުރިއިރު، ކުރިން ލިބޭނެކަމުގެ ޔަގީންކަން ލިބިގެން ދިޔަ ބައެއް ފަރާތްތައް ލިސްޓުތަކުން އުނިވެފައިވި ނަމަވެސް، ފެންނާން އޮތް އެއަށްވުރެ ބޮޑު މައްސަލައެއް ފާހަގަވެގެން ދިޔައެވެ. އެއީ، އެންމެ ފަހުން ލިސްޓުތައް އިއުލާންކުރި އިރު، ބައެއް ކެޓަގަރީތައް ފްލެޓް ލިބޭމީހުންގެ ކެޓަގަރީތަކުން އުނިކޮށްފައި އޮތުމެވެ.

ކުރީ ސަރުކާރުން ފްލެޓް ލިބޭނެ ކެޓަގަރީތަކުގެ ގޮތުގައި ހިމެނޭ، 18-40 އަހަރުގެ ކައިވެނި ކޮށްގެން ތިބި މީހުންގެ ކެޓަގަރީއާއި، އެއް ކޮޓަރީގެ ފްލެޓް ލިބޭގޮތަށް ކުރިން ހަމަޖެހިފައި ތިބި މާލޭގެ ދަފްތަރުގައި ހިމެނިފައި ތިބި މީހުންގެ ގިންތީގެ އިތުރުން އަލަތު ކައިވެނި ކުރާ ދެމަފިރިންނަށް ފްލެޓް ލިބޭނެކަމަށް ކުރިން ހިމަނާފަ އޮތް ކެޓަގަރީތައްވެސް ލިސްޓުންވަނީ އުނިކުރެވިފައެވެ.

ހައުސިން މިނިސްޓަރ އަސްލަމް ވިދާޅުވަނީ، ރަށްރަށުގައިވެސް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނީ ވިޔަފާރީގެ އުސޫލުންކަމަށް

މައުލޫމާތު ލިބިފައިވާ ގޮތުގައި މިގިންތިތަަކަށް ފްލެޓް ދިނުމަށް ކުރީ ސަރުކާރުން ނިންމާފައިވަނީ ހިޔާ ފްލެޓްތަކުގެ އިމާރާތްތަކުންނެއް ނޫނެވެ. އެހެންނަމަވެސް، މި ކެޓަގަރީތަކަށް ފްލެޓް ދިނުމަށް ނިންމާފައިވަނީ ކުންފުނިތަކުން ހުޅުމާލޭ ދެވަނަ ފޭހުގައި އިމާރާތްކުރަމުންދާ، ކުންފުނިތަކުގެ ފްލެޓް އިމާރާތުގެ ފްލެޓްތަކުންނެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި އޭރުގެ ސަރުކާރުން ހަމަޖައްސާފައި އޮތީ މި ފްލެޓްތަކުން ޔުނިޓްތައް ގަތުމަށްފަހު ސޯޝަލް ހައުސިންތަކުގެ ކެޓަގަރީތަކުގެ ތެރޭގައި ހިމަނާއިގެން ހައްގުވާ ފަރާތްތަކަށް ފްލެޓް ދިނުމަށެވެ.

އެހެންނަމަވެސް، މިދެންނެވި ފްލެޓް ލިބޭނެކަމަށް ލިޔުން ލިބިފައި ވަނިކޮށް، އަލުން ލިސްޓުތައް އިއުލާން ކުރެވުނުއިރު މިކެޓަގަރީތައް ވަނީ އުވާލެވިފައެވެ. އަދި އުވާލިކަން ހާމަކޮށް އާންމު ކޮށްފައިވާ އިއުލާނުގައިވާގޮތުން، މި ފަރާތްތަކުގެ ފޯމުތަކާއި އެކޮށް، މި ކެޓަގަރީތައް ވަނި އުވާލެވިފައެވެ.

ގަބޫލުކުރަންޖެހޭ ހަގީގަތަކީ، މި ކެޓަގަރީތައް އުވާލެވުމުން، ކޮންމެ ގޮތެއްގައި ނަމަވެސް، ބައެއްގެ އުއްމީދުތައް ވިއްސިވިހާލި ވެގެންދާނެ ކަމެވެ. ފަހަރެއްގައި މި ފްލެޓްތައް ނުދެވޭނެ ފަދަ ހާލަތަކަށް އަދި ދިޔަމަވެސް، ހެދިފައިހުރި ޕްލޭންތަކުގެތެރެއިން، މި ބުރުގައި މި ކެޓަގަރީތަކަށް ފްލެޓް ދެވޭނެ ގޮތް ނުވިނަމަވެސް، އެފަރާތްތަކަށް ފްލެޓް ލިބޭނެކަމަށް ކުރަމުން އައި އުއްމީދުތައް ވިއްސިވިހާލި ވެގެންދިޔަ ދީގެން ނުވާނެކަމެވެ.

ހަމަހަމަކަމާ އެކީ، އިސްސާފުވެރިކަމާ އެކީ، ފްލެޓް ލިބިގެން ދިއުމަކީ ކޮންމެހެންވެސް މުހިންމު ކަމެކެވެ.

ބޯހިޔާވަހިކަމަށް ބޭނުމީ ދާއިމީ ހައްލެއް

ކުރީ ސަރުކާރުން ހުޅުމާލޭގެ 2 ވަނަ ފޭހުގައި އެޅި 7،000 ފްލެޓަކީވެސް ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހުކަމުގެ ބޮޑު މައްސަލައަށް އޮތް ދާއިމީ ހައްލެއް ނޫނެވެ.

ރަގަޅު ވާހަކަފުޅެކެވެ. އެއީ ވަގުތީ ހައްލަކަށް ވެދާނެެއެވެ. އެ ފްލެޓްތަކުގެ ސައިޒު ކުޑަކަމާއި، އަދި އެއްތަނެގައްގައި އެތަކެއް ފްލެޓްތަކެއް އަޅާ، އެތައްހާސް އާއިލާއެއް ދިރިއުޅޭނެ މި ސަރަހައްދުގައި އެކަށީގެންވާނެ ޕާކިން ތަކެއް ގާއިމް ނުކުރެވި ވުމާއި، މިހެންގޮސް، މިފްލެޓްތަކުގައި ދިރިއުޅޭނެ މީހުންނަށް ކުރިމަތި ވެގެންދާނެ ބޮޑެތި ގިލަންވެރި ކަމުގެ ވާހަކަތައް މިއީ ދައްކާ ކޮޅުންލާން އޮތް ވާހަކަތަކެއް ނޫނެވެ.

އަދި ހަމައެއާއެކު، ކޮންމެ ސަރުކާރަކުންވެސް، ބޯހިޔާވަހިކަމަށް އޮތް ހައްލަކީ، ފްލެޓްގެ ދިރިއުޅުމެއްކަމުގައި ދެކުމަކީ، މި ބޮޑު ގައުމީ މައްސައަށް ލިބިގެންދާނެ ވަށައި ޖެހޭނޭ ހައްލެއްވެސް ނުމެ ނޫންމެއެވެ.

ސަބަބަކީ ބޯހިޔާވަހި ކަމަކީ، އެއްވެސް ދެމަފިރިއަކު، ތިމާމެންގެ އަމިއްލަ ހިންހަމަ ޖެހުމަށް އެކަނި ހޯދާ ވަސީތަކަކަށް ވެގެން ނުދާނެތީއެވެ. އެއީ ތިމާގެ ދަރިންގެ މުސްތަގުބަލަށްޓަކާ ކުރާ އިންވެސްޓްމަންޓެކެވެ. އެނޫން އެއްވެސް މަގުސަދެއްގައި ބޯހިޔާވަހިކަމެއްގެ ބޭނުމަކު އެއްވެސް ދެމަފިރައަކު، އެކަމަށްޓަކާ އެތަކެއް ގުރުބާނީތަކެއް ނުވާނެއެވެ.

މިހެން މިކަން އޮތްއިރު، 20 އަހަރުން ކުލި ދައްކާ ނިންމާލެވޭ ގޮތަށް ޑިޒައިންކޮށް، އަދި ތަނުގެ ހާލަތާ މެދު އެއްވެސް ޔަގީންކަމެއް ނެތް ކޮންކްރީޓް އޮނިގަޑެއްގެ ތެރެއަށް ވަދެ، އާދައިގެ އާއިލާތަކުން މި ފްލެޓްތަކަށް ކުލި ދައްކަމުން، ހުރިހާ ޚަރަދުތައް ދެކޮޅު ޖެއްސުމުގައި ވާންޖެހޭނެ ގުރުބާނީތައް ކުޑަވާނެކަމަށް ނުބެލެވެއެވެ.

ޗައިނާ ސަރުކާރުން އަޅާ އިމާރާތްތަކުގެ ފެންވަރާމެދު ގިނަބަޔަކު އަބަދުވެސް ސުވާލު އުފައްދަމުންދޭ

20 އަހަރުން ފްލެޓް ލޯނު ދައްކާ ޚަލާސްކޮށް ނިމޭދުވަހު، ފްލެޓް ބޮލަށް ވެއްޓޭ ހާލަތުގައި ހުރެއްޖެ ނަމަ، މައިން ބަފައިން މުސްކުޅި ވާދުވަހު، އަނެއްކާވެސް ދަރިން މަގުމަތި ވީއެވެ. ހަގީގަތުގައި ފްލެޓް ދިރިއުޅުމުން ހޯދޭ މުސަތަގުބަލަކީ މިއީ ކަމުގައި ވުމަކީ ރާއްޖެ ފަދަ ގައުމުއްގައި ދުރުކަމެއް ނޫނެވެ.

އެހެންކަމުން، ގިނަ ރައްޔިތުން މިއަދު އުޅެންޖެހިފައިވާ ދަތި ހާލުގެ ސަބަބުން، “ފްލެޓް ލައިފް” އަކީ އުއްމީދެއްގެ ގޮތުގައި ގިނަބަޔަކަށް މިއަދު ފެނިގެންދިޔަ ނަމަވެސް، މިރާއްޖޭގައި “ފްލެޓް ލައިފް” ބޮޑު ގިލަންވެރިކަމަކަށް ވެގެން ދިއުން ގާތެވެ. ގަދަ ހޫނަކުން މިދެވެނީ ފިނި ހިޔަލަކަށް ކަމުގައި ގިނަބަޔަކަށް މިއަދު ބެލެވުނު ނަމަވެސް، ގަދަ ހޫނަކުން މިދެވެނީ ގަދަ ހޫނަކަށްކަމުގައި ވެގެންދިއުމުގެ ފުރުސަތު މިރާއްޖޭގައި ވަރަށް ބޮޑެވެ.

މީގެ ބަދަލުގައި ހަގީގީ، ދާއިމީ ބޯހިޔާވަހިކަމެއް މިރާއްޖެއަށް މިއަދު އެބަ ބޭނުން ވެއެވެ.

ރާއްޖޭގައި ބިން އޮތް ރަށަރަށުން ގޯތި ދޫކުރުން، ނުވަތަ ބޮޑެތި ފަޅުތައް ހިއްކައިގެން އެއްފަސްކޮށްގެން ނަމަވެސް، އާންމު ރައްޔިތުންނަށް ގޯތި ދޫކުރުމުގެ ވިސްނުން ސަރުކާރުތަކުން ގެންގުޅެން އެބަޖެހެއެވެ.

އެއްފަސް ކުރުމުގެ ގައުމީ ޕްލޭނެއް އެކުލަވާލެވެން އެބަ ޖެހެއެވެ. ގޯތި ދޫކުރުމަށްފަހު، ބޭންކުތަކުން ލުއި ލޯނުތައް އާންމު ރައްޔިތުންނަށް ލިބިދެވޭނެ މަގުތައް ފަހިކޮށްދެވިގެން މެނުވީ ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ލިބިގެން ހިގައިދާނެ ކަމަކަށް ނުބެލެވެއެވެ. މިއީ “ފްލެޓް ލައިފް”އަށް ވުރެ ދުރަށް ސަރުކާރުތަކުން ވިސްނަން ޖެހިފައިވާ ގައުމީ ބޮޑު މައްސަލައެކެވެ.

ހައްލު ކުރަންޖެހިފައި އޮތް، ގައުމީ ބޮޑު ކާރިސާއެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.