އާޚިރަތް ދުވަހަކީ އަދުލަށް ހިސާބު ބައްލަވައި، ހައްޤަށް ނިޔާ ކަނޑައަޅުއްވާ ދުވަސް

އާޚިރަތް ދުވަހަކީ އަދުލަށް ހިސާބު ބައްލަވައި، ހައްޤަށް ނިޔާ ކަނޑައަޅުއްވާ ދުވަސް

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram
ގުޅުންހުރި

އާޚިރަތް ދުވަހަކީ އަދުލަށް ހިސާބު ބައްލަވައި، ހައްޤަށް ނިޔާ ކަނޑައަޅުއްވާ ދުވަސް ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުތުބާ ހާއްސަކޮށްފައިވަނީ “ތިމާ ކުޅަ އަމަލު ތިމާ ދެކޭ ދުވަސް” މައްޗަށެވެ. މިއަދުގެ ހުތުބާގައި ތަފްސީލީ ގޮތެއްގައި އާޚިރަތްދުވަހުގެ ބިރުވެރިކަމާއި އާހިރަތަށް އީމާންވުމާއި ގުޅޭގޮތުން ބަލާލަފައިވެއެވެ. ޚުތުބާގައި ބުނެފައިވަނީ އާޚިރަތް ދުވަަހަކީ އެންމެ ކައިރީގައި ވާ ދުވަސްކަމަށެވެ. އެދުވަހަކީ މޮޅިވެރިކަމާއި ހިތާމައިން ފުރިގެންވާ ހާލު ހިތްތައް ކަރުތެރެއަށް އަރައިގެން އަންނަ ދުވަސްކަމަށެވެ. އާޚިރަތް ދުވަހާއިމެދު ގިނަ ގިނައިން ވާހަކަ ދައްކައި، އާޚިރަތުގެ ހަނދާން އާކުރުމަކީ ވާޖިބު ވެގެންވާ ކަމެއްކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ޤިޔާމަތް ދުވަހުގެ އަލާމާތްތައް ފާޅުވަމުން ގޮސް އެންމެ ފަހުން ޤިޔާމަތްވާ ހިނދު ދުނިޔޭގައި ތިބޭނީ އެންމެ ނުބައި މީހުންކަމަށް ހުތުބާގައި ބުނެފައިވެއެވެ. ޤިޔާމަތް ވެގެންދާނީ ﷲ ތަޢާލާ އިރާދަ ކުރައްވާ ހިނދު އެކަލާންގެ އަމުރުފުޅަށް އިސްރާފީލުގެފާނު ތާޅަފި ފުމެލެއްވުމުން ކަމަށެވެ. އަދި ފުރަތަމަ ތާޅަފިލި ފުމެލެއްވުމާއިއެކު، ލަހެއް ފަހެއް ނުވެ ޤިޔާމަތް ޤާއިމުވެދާ ހުރިކަމަށް ހުތުބާގައި ބަޔާން ކޮށްފައެވެ.

ތާޅަފިލީގެ އަޑު ފުރަތަމަ މަޑު މަޑުން އިވުނު ކަމުގައި ވީނަމަވެސް ދެން އިވޭ އަޑު ގަދަވެ، އެއަޑު ޖެހުމުން މީސްތަކުން މަރުވާނެކަމަށް ހުތުބާގައިވެއެވެ. އަދި އެއަޑު އިވުމާއިއެކު މީސްތަކުން މަރުވުމާއި މެދު ކުޑަކަމެއްކޮށްލަންވެސް ވަގުތުކޮޅެއް ނުލިބޭނެކަމަށެވެ. ފުރަތަމަ ތާޅަފިލީގެ އަޑާއިއެކު ﷲ ތަޢާލާ އިރާދާ ކުރައްވާ ބަޔަކު ފިޔަވައި، ދުނިޔޭގައި ވާހާ އެއްޗެއް ފަނާވެ ނެތިދާއިރު ބިން އެހެން ބިމަކަށް އަދި އުޑު އެހެން އުޑަކަށް ބަދަލުވެގެންދާނެއެވެ.

ފުރަތަމަ ތާޅަފިއްޔަށްފަހު ދެވަނަ ތާޅަފިލީގެ އަޑާއިދެމެދު ސާޅީސްވާނެ. އެއީ ސާޅިސް އަހަރުތޯ، ނުވަތަ ސާޅީސް މަސްތޯ ނުވަތަ ހަތްފްތާތޯ، ދުވަސްތޯ، މޮޅަށް ދެނެވޮޑިގެންވަނީ ގަދަކީރިތިވަންތަ ޖައްބާރުވަންތަ ﷲ އެވެ. ސާޅީސް ވުމަށްފަހު ދެވަނަ ތާޅަފިލި އިސްރާފީލްގެ ފާނު ފުމެލައްވާނެއެވެ. އެއާއިއެކު ހިމަފޮދު ވާރޭ ވެއްސަވާނެއެވެ. ދން ބިމަށް ދިރުން ލިބި އޮށްތަކުން ގަސްތައް ފަޅައި އަންނަ ބީދައިން ޚަލްގުތަކުން އަލުން ދިރިގެން ކަށްވަޅުތަކުން ތެދުވާނެއެވެ. އެއަށްފަހު އަލުން ހިސާބު ބެއްލެވުމަށް މަހުޝަރު ކުރެވޭނެއެވެ.

– ޚުތުބާގައިވެއެވެ.

އާޚިރަތް ދުވަހަކީ ނުރައްކާތެރި ބިރުވެރި ދުވަހަކަށްވާއިރު އެދުވަހަށް ތިމާ ދުނިޔޭގެ ހަޔާތުގައި ތައްޔާރުވެ، އާޚިރަތް ދުވަހަށް އީމާންވުމަށް ހުތުބާގައިވަނީ އެންމެހާ މީސްތަކުންނަށް ގޮވާލާފައެވެ. ﷲގެ ރަހުމަތްވަންތަ ކަމުން އިންސާނާއަށް ސުވަރުގެ ވަދެވޭނެ ވަސީލަތަކީ އޭނާ ކޮށްފައިވާ ހެޔޮއަމަލު ކަމުގައިވާ ހިނދު އަމިއްލަ ނަފްސަށް ހެޔޮ އެދޭމީހާ، ހެޔޮ އަމަލު ކުރުމުގައި ދެމި ތިބުމަށް ހުތުބާގައި ބާރު އަޅުއްވާފައިވެއެވެ.

ހެޔޮ އަމަލީ ﷲ ގެ އަމުރުފުޅަށް ކިޔަމަންތެރިވުމާއި، އެކަލާންގެ މަނާކުރެއްވި އެންމެހައި ކަންތައްތަކުން ދުރުވެ ރައްކާތެރިވުމެވެ. ޤިޔާމާތް ދުވަހު އެމީހާގެ އަމަލުނާމާ އެމީހެއްގެ ކަނާއަތަށް ލިބިއްޖެ މީހާއަކީ ބާއްޖަވެރިއެކެވެ. އަދި އުފަލުންހުރެ އޭނާ އަހުލުވެރިންގެ ގާތަށް ސުވަރުގެއަށް ދާނެއެވެ. އަދި އެމީހެގެ އަމަލުނާމާ އެމީހެއްގެ ވާތަށް ލިބިއްޖެ މީހާ އަކީ އަބާއްޖަވެރިއެކެވެ. އެމީހާ ދާނީ އަނދަ އަނދާ ހުންނަ ނަރަކަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.