ޔޫއެންގެ އިންސާނީ ހައްގުތަކާއިބެހޭ ކައުންސިލްގެ ގޮޑި ސައުދީއަށް ކާމިޔާބެއް ނުކުރެވުނު

ޔޫއެންގެ އިންސާނީ ހައްގުތަކާއިބެހޭ ކައުންސިލްގެ ގޮޑި ސައުދީއަށް ކާމިޔާބެއް ނުކުރެވުނު

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

2021 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން ކުރިޔަށް އޮތް ތިންއަހަރަށް ޔޫއެންގެ އިންސާނީ ހައްގުތަކާއިބެހޭ ކައުންސިލްގެ ގޮޑިއަށް މެމްބަރުން އިންތިޚާބުކުރުމަށް ބޭއްވުނު އިންތިޚާބު ސައުދީ އަރަބިޔާއަށް ކާމިޔާބުނުކުރެވި ފޭއިލްވެގެން ދިޔައިރު ރަޝިޔާ، ޗައިނާ އަދި ކިއުބާއިން ބޭނުންވާ އަދަދަށް ވޯޓު ހަމަކޮށް މި ކައުންސިލްގެ ގޮޑި ކާމިޔާބު ކޮށްފިއެވެ.

މިއިންތިޚާބުގެ ނަތީޖާއާއިމެދު އިންތިހާއަށް ހިތާމަކުރާކަމަށް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމްއިއްޔާ ޖަމާއަތްތަކުންނާއި ވަކިވަކި ފަރުންވެސް ދަނީ ބުނަމުންނެވެ.

ޔޫންއެންގެ ޖެނެރަލް އެސެމްބްލީގައި މެމްބަރު ގައުމުތަކުން ވޯޓުލައިގެން އިންތިޚާބުކުރާ މިގޮޑިތަކަށް ރަޝިޔާ އަދި ކިއުބާ އިންތިޚާބު ވެފައިވަނީ އެއްވެސް ވާދަވެރިކަމަކާއި ނުލައެވެ. މީގެ އިތުރަށް އިންތިޚާބުކުރި ހަތަރު ގޮޑިއަށް އެންމެކައިރިން ވާދަކޮށްފައިވަނީ ޗައިނާއާއި ސައުދީ އަރަބިޔާއިންނެވެ. މިގޮޑިތަކަށް އިތުރަށް ވާދަކޮށްފައިވަނީ ޕާކިސްތާނާއި، އުޒްބަކިސްތާނާއި އަދި ނޭޕާލްއިންނެވެ. މިގޮތުން ޕާކިސްތާނަށް 169 ވޯޓު ލިބިގެން ދިޔައިރު، އުޒްބަކިސްތާނަށް 164 ވޯޓު އަދި ނޭޕާލަށް 150 ވޯޓު ލިބުނެވެ. ސައުދީ އަރަބިޔާއާއި އެންމެ ގާތުން ވާދަކުރި ޗައިނާއަށް 139 ވޯޓު ލިބިނުއިރު ސައުދީ އަރަބިޔާއަށް ލިބިގެން ދިޔައީ އެންމެ 90 ވޯޓެވެ.

47 ގައުމަކުން މެމްބަރުކަން ކުރާ މި ކައުންސިލަށް އަންގާރަ ދުވަހު ވަނީ ފަނަރަ ގައުމެއް އިންތިޚާބުވެފައެވެ.

އިންސާނީ ހައްގުތަކާއިބެހޭ މާހިރުން ވިދާޅުވަމުން ގެންދަވަނީ، އިންސާނީހައްގުތަކުގެ ރެކޯޑު އެންމެ ދަށް ބައެއް ގައުމުތަށް މި ކައުންސިލަށް އިންތިޚާބުވެގެން ދިއުމުން ހާމަވެގެން ދަނީ، މިކައުންސިލަށް ގައުމުތައް އިންތިޚާބު ކުރާ އުސޫލުތަކާއި އަދި މުޅި ކައުންސިލްވެސް އޭގެ ޒާތުގައި އިސްލާހު ކުރަން ޖެހިފައިވާކަމެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ޔޫއެންގެ އިދާރީ އިންތިޒާމްތައް ހަމަޖެހިފައި އޮންނަގޮތުން، ގައުމުތަކުން ޑީލްތައް ހަދައިގެން މިކައުންސިލަށް އިންތިޚާބުވުން ހުއްޓުވުމަކީ މުސްތަޙީލު ކަމެކެވެ. އަދި ފެންނަން ހުރި ކަންކަމަށް ބަލާއިރު، އިންތިޚާބުކުރާ ގައުމުތަކަށް އެއްގައުމުން އަނެއްގައުމުން ވޯޓު ދިނުމުގައި އިންތިޚާބުވާ ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ ރެކޯޑްތަކަށް އެއްވެސް ވަރަކަށް ރިއާޔަތްކުރާ ކަމަކަށްވެސް ނުބެލެވެއެވެ.

ޔޫއެންގެ އިންސާނީ ހައްގުތަކާއިބެހޭ ކައުންސިލަށް މެމްބަރު ގައުމުތައް އިންތިޚާބުކުރުމަށް ބޭއްވުނު މިއިންތިޚާބު ސައުދީ އަރަބިޔާއަށް ކާމިޔާބު ނުކުރެވުމުން ހާމަވެގެން ދަނީ ފާއިތުވެދިޔަ އަހަރުތަކުގައި ބައިނަލް އަގުވާމީގޮތުން އެގައުމަށް ލިބިފައިވާ މަގާމާއި ގަދަރާއި އިހުތިރާމަށް އުނިކަން އައިސްފައިވާ މިންވަރު ކަމުގައި ގިނަބަޔަކު ދެކެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.