އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން

ކުރިޔަށް އޮތް 3 މަސްދުވަހުގެ ތެރޭގައި އިރާނުން ނިއުކުލިއަރ ހަތިޔާރު އުފެއްދުމާ ހަމައަށް ދަތުރު ކުރާނެ: އެމެރިކާ

ކުރިޔަށް އޮތް 3 މަސްދުވަހުގެ ތެރޭގައި އިރާނުން ނިއުކުލިއަރ ހަތިޔާރު އުފެއްދުމާ ހަމައަށް ދަތުރު ކުރާނެ: އެމެރިކާ

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ކުރިޔަށް ތިން ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި، ނިއުކުލިއަރ ހަތިޔާރު އުފެއްދުމަށް ބޭނުންވާ ވަރަށް މައުދަން ފައްކާކުރުމުގެ ގާބިލްކަން އިރާނުން ހޯދާނެ ކަމަށް ވިދާޅުވެ، އެމެރިކާގެ އާ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ހޯމް ދުވަހު އިންޒާރު ދެއްވައިފިއެވެ.

އެމެރިކާގެ ސެކެޓްރީ އޮފް ސެޓޭޓްވަނީ، އިރާނުން ނިއުކުލިއަރ ހަތިޔާރު އުފެއްދިޔަ ނުދިނުމަށް ކުރީގެ ރައީސް ބަރަކް އޮބާމާގެ ރައީސްކަމުގައި، ޔޫރަޕްގެ ގައުމުތަކުގެ އިތުރުން ޗައިނާ އަދި ރަޝިއާ ހިމެނޭގޮތުން އެކުލަވާލި ޖޮއިންޓް ކޮމްޕްރިހެންސިވް ޕެލޭން އޮފް އެކްޝަން (JCPOA)، އާންމުކޮށް ކިޔާ ނަމުންނަމަ، އިރާން ނިއުކްލިއަރ ޑީލުން އެމެރިކާ ބޭރުވެފައިވާތީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުން އެމެރިކާ ބޭރުވުމުގެ ސަބަބުން، ނިއުކުރިއަރ ހަތިޔާރު އުފެއްދުމުގެ ގާބިލްކަން ކުރިއަށްވުރެ އިތުރަށް ހޯދުމުގެ މަގު އިރާނަށް ހުޅުވިގެން ހިގައްޖެއެވެ.

“މި އެއްބަސްވުމުގެ ސަބަބުން، އިރާނުން ނިއުކުލިއަރ ހަތިޔާރު އުފެއްދުމާ ހަމައަށް ދަތުރު ކުރުމުގެ ގާބިލްކަން ހޯދުމުގެ މުއްދަތު ވާނީ އަހަރަށް އިތުރުވެފަ. އެހެންނަމަވެސް، އާންމުކޮށް ފެންނަން ހުރި ރިޕޯޓުތައް ބުނާގޮތުގައި، ކުރިޔަށް އޮތް ތިން ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި އިރާނުން ނިއުކުލިއަރ ހަތިޔާރު އުފެއްދުމުގެ ގާބިލްކަން ހޯދާނެ. އަދި އިރާނުން ދަނީ ނުބައި މިސްރާބަކަށް ދަތުރު ކުރަމުން،” އެމެރިކާގެ ރައީސް ޖޯ ބައިޑްންގެ ސެކެޓްރީ އޮފް ސްޓޭޓްކަމުގެ މަގާމާ ހަވާވެ ވަޑައިގަތުމަށްފަހު، މީޑީއާތަކަށް އާންމުކޮށް ދެއްވި ފުރަތަމަ ބަސްދީގަތުމުގައި އެންތަނީ ބްލިންކެން ވިދާޅުވިއެވެ.

އިރާނާއެކީ ހަދާނެ އާޑީލަކާ ގުޅޭގޮތުން ބްލިންކެން ވަނީ، މީގެ ކުރިންވެސް އާނާއާއި އަދި ބައިޑްންގެ ސަރުކާރުގެ އެހެން އިސް އޮފިޝަލުންވެސް ވިދާޅުވަމުން ގެންދެވި ވާހަކަފުޅުތައް ތަކުރާރު ކުރައްވާފައެވެ.

“އިރާނުން، ނިއުކުލިއަރ އެގްރީމްންޓުގައި ކަޑައަޅާފައިވާ ހަމަތަކުގެ ތެރެއަށް އަތުވެއްޖެނަމަ، އަހަރުމެންވެސް ހަމަ އެބީދައިން އަމަލު ކުރާނަން، އަދި އެކުވެރި ގައުމުތަކާއެކު، ދެމެހެއްޓެނިވި އެއްބަސްވުމަކަށް އައުމަށްވެސް އަހަރެމެން މަސައްކަތް ކުރާނަން،” ބްލިންކެން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، އިރާނުގެ ބެލެސްޓިކް މިސައިލް ޕްރޮގްރާމާ އަދި އިރާނުން އެހީތެރިވަމުންދާ، ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި ހިގަމުންދާ ހަމަނުޖެހުންތަކާ ގުޅުންހުރި މައްސަލަތައްވެސް އެމެރިކާއިން މަޝްވަރާގެ މޭޒާހަމައަށް ގެންނާނެއެވެ.

އެހެންނަމަވެސް، ބްލިންކަން ވިދާޅުވި ގޮތުގައި ހަގީގީ މައްސަލައަކީ JCPOAއިން ރަގަޅަށް މޮނިޓަރ ކުރަމުންއައި، ފިޔަވަޅުތައް، ފިޔަވަޅަކަށްފަހު ފިޔަވަޅެއް އިރާނުން އަލުން އިއާދަކޮށްފައިވާ ވުމެވެ.

“އަހަރުމެން އެގްރީމަންޓް ދޫކޮށްލުމާއެކު، އިރާނުންވަނީ، މި އެއްބަސްވުމުގެ ދަށުން އަޅާފައިވާ ފިޔަވަޅުތައް، ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަބުރާ އިއާދަކޮށްފަ. އޭގެ ނަތީޖާއެއްގެ ގޮތުން އެމީހުން މިހާރު އެވަނީ، ނިއުކުލިއަރ ހަތިޔާރު އުފެއްދުމަށް ބޭނުންވާ މިންވަރަށް މައުދަން ފައްކާކުރުމުގެ ގާބިލްކަން ކުރިއަށްވުރެ އެތައް ގުނައަކުން ބޮޑަށް ހާސިލް ކޮށްފައި.”

އިރާނުން ނިއުކުލިއަރ އެއްބަސްވުމަށް އިއާދަކުރުމުގެ ގޮތުން، އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމުގައި ތަފާތު ވިސްނުންތައް އެމެރިކާއިން ގެންގުޅެމުން އަންނަކަމަށް ރިޕޯޓުތައް ބުނަމުން އައިކަމުގައި ވިނަމަވެސް، ބްލިންކެން ވިދާޅުވެފައިވަނީ، އެންމެ ފުރަތަމަ ކަމެއްގެ ގޮތުން، އިރާނުން ނިއުކުލިއަޔ އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރަން ފަށަން ޖެހޭނެ ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.