އިންތިގާލީ ސަރިކާރު އެކުލަވާލުމަށް ބޭއްވުނު ބައްދަލުވުން

ލީބިޔާގެ އިންތިގާލީ ސަރުކާރު އެކުލަވާލައިފި

ލީބިޔާގެ އިންތިގާލީ ސަރުކާރު އެކުލަވާލައިފި

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ޔޫއެންއިން އެހީތެރިވެދީގެ ކުރިޔަށްދާ ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާ ފެކްޝަންތަކުން އެގައުމުގެ އިންތިގާލީ ސަރުކާރުގެ އާ ބޮޑުވަޒީރަކާމެދު އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

މިގޮތުން، ވާހަކަތަކުގައި ބައިވެރިވާ ފެކްޝަންތަކުންވަނީ، ލީބިޔާގެ އިންތިގާލީ ސަރުކާރުގެ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި، އަބުދުލް ހާމިދު މުހައްމަދު ބެއިބާ ހަމަޖައްސާ އަދި ތިންމެންބަރުންގެ މައްޗަށް އެކުލެވޭ ރައީސުންގެ ކައުންސިލެއް އުފެއްދުމަށް އެއްބަސް ވެފައެވެ. މިގޮތުން މިއަހަރުގެ ޑިސެމްބަރު މަހުގައި އާންމު އިންތިޚާބު ބޭވުމާ ހަމައަށް އެގައުމުގަ ވެރިކަން ހިގާނީ މި އިންތިގާލީ ބޮޑުވަޒީރާ އަދި މިކައުންސިލްގެ ބެލުމުގެ ދަށުން ކަމުގައިވެސް ފެކްޝަންތަކުން ވަނީ އެއްބަސްވެފައެވެ.

ޖެނީވާގައި ބޭއްވުނު ވޯޓަށްފަހު، މިވޯޓުގެ ނަތީޖާ އިއުލާންކޮށްފައިވަނީ، ލީބިޔާއަށް ކަޑައަޅާފައި ހުންނަވާ ޔޫއެންގެ މަންދޫބު ސްޓެފަނީ ވިލިއަމްސްއެވެ. އަދި މިވޯޓުގެ ނަތީއާއިއެކު، މިހާރު އުފެދިގެންދާ އެއްބައިވަންތަކަމުގެ ސަރުކާރުގައި ރައީސްކަން ކުރެއްވުމަށް ހަމަޖެހިފައިވަނީ، 3 މެމްބަރުންގެ ރައީސުންގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ، މުހައްމަދު ޔޫނުސް މެންފިއެވެ.

ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާ ވާދަވެރި ފެކްޝަންތަކުންވަނީ، ޑިސެމްބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބާ ހަމައަށް، ސަރުކާރަށް މަޝްވަރާދިނުމަށް 4 ލީޑަރަކުވެސް އައްޔަންކުރުމަށް އެއްބަސްވެފައެވެ.

ސުލަހައިގެ ވާހަކަތަކުން ނުކުތް މިނަތީޖާއަކީ، މިހާރުވެސް، އިރުމައްޗާ ހުޅަގުގައި ހިގަމުންދާ ދެސަރުކާރެއް އޮތް ލީބިޔާގެ ކުރިމަގަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މީގެ 10 އަހަރުކުރިން މުޅި އަރަބިކަރައަށް އަންނަންފެށި އަރަބި ބަހާރުގެތެރެއިން އުފަންވެގެން އައި، ހައްލުކުރަން އެންމެ އުދަގޫވެގެންދިޔަ އަހުލީ ހަގުރާމަ ކަމުގައި ބެލެވޭ ލީބިޔާގެ އެތެރޭގެ މައްސަލަތަކަށް، ޔޫއެން މެދުވެރިވެގެން ލިބިގެން ދިޔަ މި ބޮޑު ކުރިއެރުމަށްފަހު، މަޝްވަރާތަކުގައި ބައިވެރިވާ 74 ޑެލިގޭޓުންގެ މައްޗަށް އެކުލެވޭ ވަފުދުންވަނީ، ލީބިޔާގެ އެކި ސަރަހައްދުތަކަށް އިސްކުރާނެ މީހުންގެ ލިސްޓެއްވެސް އެކުލަވާލާފައެވެ. މި ލިސްޓު އެކުލަވާލާފައިވަނީ، އެކި ފެކްޝަންތަކުގެ ސިޔާސީ އަދި އިގްތިސާދީ މަސްލަހަތުތަކަށް އިސްކަން ދީގެންނެވެ.

އިންތިގާލީ މަރުހަލާގެ އެންމެ އިސްކައުންސިލްގެ ގޮތުގައި އޮންނާނެ 3 މެމަބަރުންގެ ރައީސުންގެ ކައުންސިލްގެ ރައީސްކަމަށް އައްޔަން ކުރެވުނު މުހައްމަދު ޔޫނުސް މެންފި އަކީ، ލީބިޔާގެ އިރުމަތީގައި ތާއީދު ބޮޑު، ޑިޕްލޮމޭޓޭކެވެ. އަދި ބޮޑުވަޒީރަކަށް ފެކްޝަންތަކުން އެއްބަސްވެފައިވާ އަބުދުން ހާމިދު ބެއިބާއަކީ، ލީބިޔާގެ ހުޅަގުގެ ގަބީލާތަކުގެ ތާއީދު އޮންނަ ނުފޫޒުގަދަ ވިޔަފާރި ވެރިއެކެވެ.

ލީބިޔަން ޕޮލިޓިކަލް ޑައިލޮގް ފޯރަމްގެ ނަމުގައި، ޔޫއެންއިން ކުރިޔަށްގެންދާ މަޝްވަރާތަކަކީ، އެގައުމުގެ އިންތިގާލީ އިދާރާތައް އެކުލަވާލާ އަދި ޑިސެމްބަރުމަހު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބުގެ ކުރިން މުހިންމު މުވައްސަސާތައް ވުޖޫދަށް ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތަކެކެވެ.

2014 ވަނަ އަހަރަށްފަހު ލީބިޔާގެ ސަރަހައްދުތައް ވަނީ ޚަލީފާ ހަފްތަރުގެ ލީބިޔަން ނޭޝަނަލް އާރމީ އާއި އަދި ބައިނަލް އަގުވާމީގޮތުން ބަލައިގެންފައިވާ ލީބިޔާގެ ގަވަރމަންޓް އޮފް ނޭޝަނަލް އެކޯޑްއާއި ދެމެދު ބެހިފައެވެ.

ލީބިޔާގެ ގަވަރމަންޓް އޮފް ނޭޝަނަލް އެކޯޑް ބޮޑަށް މަޝްހޫރުވެގެން އައީ 2015 ވަނަ އަހަރު ޔޫއެން މެދުވެރިވެގެން އެކުލަވާލެވުނު ސުލްހައިގެ އެއްބަސްވުމަކަށްފަހު އުފެދިގެން އައި ސަރުކާރެއްގެ ގޮތުގައެވެ. އެހެންނަމަވެސް، ލީބިޔާގެ އިރުމަތީގައި އުފެދިފައިވާ ފެކްޝަންތަކުން މިސަރުކާރު ގަބޫލެއް ނުކުރެއެވެ.

ފާއިތުވެދިޔަ އަހަރު ހަފްތަރުގެ ލީބިޔަން ނޭޝަނަލް އާރމީއިން ވަނީ ލީބިޔާގެ ވެރިރަށް ޓްރިޕޮލީ ހިފުމަށް ވަރުގަދަ ހަމަލާތަކެއް ފަށާފައެވެ. އެހެންނަމަވެސް ލީބިޔާގެ ގަވަރމަންޓް އޮފް ނޭޝަނަލް އެކޯޑްއިން މިހަމަލާރައް ހުއްޓުވާ ޚަލީފާ ހަފަތަރުގެ އާރމީ ދުރަށް ޖައްސާފައި ވެއެވެ.

ޚަލީފާ ހަފްތަރުގެ ލީބިޔަން ނޭޝަނަލް އާރމީއަކީ ޔުނިައިޓެޑް އަރަބި އެމިރޭޓްސް، ރަޝިޔާ އަދި މިސްރުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ހަތިޔާރު އެޅި ޖަމާއަތެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.