ޕޯޕް ފްރާންސިސް އާއި އަޒުހަރުގެ އިމާމް ޔޫއޭއީގެ ވަލީ އަހުދާއެކު

ޕޯޕު ފްރާންސިސްއާއި، އަޒުހަރު ޔުނިވާރސިޓީގެ އިމާމު ޝެއިޚް އަހުމަދު އަލް ތައްޔިބު އެއް ހަފްލާއަކުން

ޕޯޕު ފްރާންސިސްއާއި، އަޒުހަރު ޔުނިވާރސިޓީގެ އިމާމު ޝެއިޚް އަހުމަދު އަލް ތައްޔިބު އެއް ހަފްލާއަކުން

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram
ގުޅުންހުރި

ޕޯޕް ފްރާންސިސްއާއި، މިސްރުގެ އަޒަހަރު ޔުނިވަރސިޓީގެ ގްރޭންޑް އިމާމް ޝެއިޚް އަލް-އަޒުހަރު އަހުމަދު އަލް-ތައްޔިބު، އަބުދާބީގައި ބޭއްވުމަށް ހަމަޖެހިފައިވާ، ޔޫއެންގެ ސެކެޓްރީ ޖެނެރަލް އާއި ފަރާންސްގެ މޮރޮކޯ ދަރިކޮޅަށް ނިސްބަތްވާ އެކްޓިވިސްޓުގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ހަފްލާގައި ބައިވެރި ވެވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މި ހަފްލާގައި، ޔޫއެންގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްއަށާއި އަދި ފަރާންސްގެ މޮރޮކޯ ދަރިކޮޅަށް ނިސްބަތްވާ އެކްޓިވިސްޓު ލަތީފާ އިބުނު ޒައިޓެން އަށް 2021 ވަނަ އަހަރުގެ “ޒައިދު އެވާޑް ފޯ ހިއުމަނިޓީ”ގެ ޝަރަފް އެރުވިގެން ދާނެއެވެ.

މި އެވާޑަކީ، ދުނިޔޭގެ ސުލްހަ މަސަލަސްކަމާ، އެއްބައިވަންތަކަން ގާއިމް ކުރުމުގައި، މުޅި ދުނިޔެއަށް ނަމޫނާ ދައްކާ ވަކިވަކި ފަރުންދުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އެރުވޭ 1 މިލިއަން ޑޮލަރުގެ އަގުހުރި އެވާޑެކެވެ.

މިހާރުގެ ޔޫއެންގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްއަކީ 2017 ވަނަ އަހަރުންފެށިގެން އެމަގާމުން އަދާ ކުރައްވަމުން ގެންދަވާ ބޭފުޅާއެވެ. ފަރާންސްގެ މޮރޮކޯ ދަރިކޮޅަށް ނިސްބަތްވާ އެކްޓިވިސްޓު ލަތީފާ އިބުނު ޒައިޓެންއަކީ، ދީނީ ގޮތުން ހައްދު ފަހަނައަޅާ ދިއުމާ ދެކޮޅަށް މަސައްކަތް ކުރަމުންދާ އެކްޓިވިސްޓެކެވެ. އޭނާ މިރޮގުން މަސައްކަތް ކުރައްވަން ފައްޓާވާފައި ވަނީ، ދެވުނު ޓެރަރިސްޓް ހަމަލާއެއްގައި 2012 ވަނަ އަހަރު އޭނާގެ ދަރިފުޅު މަރުވެ ދިއުމާ ގުޅިގެންނެވެ.

އެންޓޯނިއޯ ގުޓަރޭސް އަދި ލަތީފާ ބިން ޒައިޓަން

މިހަފްތާގެ އަންގާރަ ދުވަހު ނެރުއްވި ބަޔާނެއްގައި ޔޫއެންގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅު ވެފައިވަނީ، މިއެވާޑް ލިބިގެން ދިއުމަކީ އޭނާއަށް ލިބިގެންދާ ވަރަށްބޮޑު ޝަރަފެއް ކަމުގައެވެ. އަދި އޭނާވަނީ، ޕޯޕް ފްރާންސިސްއާއި ގްރޭންޑް އިމާމްގެ ލީޑަރޝިޕަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.

އިބުނު ޒައިތަން ވިދާޅުވީ، މިއެވާޑް ލިބިގެން ދިއުމަކީ އޭނާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި އަދި އުއްމީދު ކުރަނީ، މިއެވާޑްގެ ސަބަބުން، ހޭލުންތެރިކަން އިތުރު ވެގެން ދިއުމުގެ އިތުރުން، ހައްދު ފަހަނައަޅާ ދިއުމުގެ މައްސަލަތައް މަޝްވަރާގެ އުސޫލުން ހައްލުވެގެން ދިއުމަށް ބާރު ލިބިގެންދާނޭ ކަމަށެވެ.

މި އެވޯޑް އެރުވުމަށްޓަކާ ޔޫއޭއީގެ އަބޫދާބީގައި، ވާޗުއަލްކޮށް ބޭއްވޭ ހަފްލާ ބޭއްވިގެން ދަނީ، ޔޫއެންއިން މުޅިން އަލަށް ފާހަގަކުރާ ދުނިޔޭގެ އިންސާނީ އެއްބައިވަންތަކަމުގެ ދުވަހާ ދިމާކޮށެވެ.

އަދި މީގެއިތުރުން، މި އެވާޑް އެރުވުމުގެ ހަފްލާ މިދުވަހު ބޭއްވުމަށް ހަމަޖެހިގެން ދިޔައީ، ޕޯޕް ފްރާންސިސް ޔޫއޭއީގެ ވެރިރަށް އަބޫދާބީއަށް މީގެ 2 އަހަރު ކުރިން 2019 ވަނަ އަހަރު ޒިޔާރަތް ކުރެއްވި ތާރީޚި ދުވަހާވެސް ދިމާކޮށެވެ.

ޕޯޕު އަދި ގްރާންޑް އިމާމް 2019 ވަނަ އަހަރުގެ ފެބްރުއަރީ 4 ވަނަ ދުވަހު ޔޫއޭއީގެ އަބޫދާބީގައި

ޕޯޕް ފްރާންސިން އަރަބިއަން ޕެނިންސޫލާއަށް ކުރެއްވި ފުތަމަ، މި ދަތުރުފުޅުގައި، ގްރާންޑް އިމާމް އަލް-ތައްޔިބުއާއި ޕޯޕު ވަނީ، އިންސާނީ އެއްބައިވަންތަކަމާ ގުޅޭ ލިޔުކިޔުތަކެއްގައި ސޮއިވެސް ކުރައްވާފައެވެ.

މިދެބޭފުޅުންނަކީ، ޔޫއޭއީގެ ބާނީ، ޝެއިޚް ޒައިދު ބިން ސުލްތާން އަލް ނަހްޔާންގެ ނަމުން ނަންދެވިފައިވާ މި އެވާޑް އެންމެ ފުރަތަމަ ހާސިލް ކުރެއްވި ދެބޭފުޅުންވެސް މެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.