އަސްކަރީ ސރުކަރުން އަންގސަން ސޫކީވަނީ ހައްޔަރުކޮށްފައި

ބަޢާވާތަށްފަހު، އަންސަންގ ސޫކީގެ މައްޗަށް ދައުވާ އުފުލައިފި

ބަޢާވާތަށްފަހު، އަންސަންގ ސޫކީގެ މައްޗަށް ދައުވާ އުފުލައިފި

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

މި ހަފްތާގައި މިޔަންމާއަށް ގެނެވުނު އަސްކަރީ ބަޢާވާތަށްފަހު، ހައްޔަރު ކުރެވިފައިވާ، މިޔަންމާރގެ މަގާމުން ދުރުކުރެވިފައިވާ ލީޑަރ އަންގްސަންގ ސޫކީގެ މައްޗަށް އެގައުމުގެ އަސްކަރީ ސަރުކާރުން ދައުވާ ކުރުމަށް ހުށަހަޅާއިފިއެވެ.

މިޔަންމާރގެ ކޯޓަށް ޕްރޮސެކިއުޓަރުން ހުށަހަޅާފައިވާ ޑޮކިއުމަންޓްތަކަށް ބަލާއިރު، އަންގްސަންގ ސޫކީގެ މައްޗަށް ދައުވާ ކޮށްފައިވަނީ، މުވާސާލާތީ އާލާތްތަކެއް ވަގަށް އެގައުމަށް އެތެރެ ކޮށްގެންނެވެ. ޕްރޮސެކިއުޓަރުން ވަނީ، ތަހުގީގު ފުރިހަމަވަންދެން، އޭނާ 15 ދުވަސް ވަންދެން ބަންދުގައި ބެއްޓުމަށް ކޯޓުގައި އެދިފައެވެ.

އެމެރިކާ، ޔޫއެން އަދި ހުޅަގުގެ އެނިހެން ގައުމުތަމުންވެސް ކުއްވެރިކޮށްފައިވާ، މިބާވާތުގައި އަންގްސަންގ ސޫކީ މަގާމުން ދުރުކުރެވިގެން ދިއުމާއެކު، އެގައުމަށް ޑިމޮކްރަސީ ގެނައުމަށް ކުރެވެމުންދިޔަ އުއްމީދުތައްވަނީ ވަރަށް ބޮޑަށް ފަޑުވެގެން ގޮސްފައެވެ.

ފާއިތުވި ނޮވެމްބަރު މަހު ބޭއްވުނު އާންމު އިންތީޚާބުގައި އަންގްސަންގ ސޫކީގެ އެންއެކްޑީ ޕާޓީއަށް ބޮޑު އަޢުލަބިއްޔަތެއް ލިބި، އަދި އާސަރުކާރަށް އިންތިޚާބުން ލިބު ނަތީޖާއަށް އެގައުމުގެ ގާނޫނު ހަދާ މަޖިލިހުން ރުހުން ދިނުމަށް ތައްޔާރުވަމުން ދަނިކޮށް، އަސްކަރީ ވެރިޔާ، މިން އައުން ލައިންގ، އަންގްސަންގ ސޫކީއާއި ސަރުކާރުގެ ވަޒީރުން ހައްޔަރުކޮށް، އަސްކަރިޔާގެ ބާރުގެ ދަށަށް ވެރިކަމުގެ ހުރިހާ ބާރުތަކެއް ގެނެސްފައިވަނީ، އިންތިޚާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކޮށެވެ.

އެހެންނަމަވެސް، މިޔަންމާރގެ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، އިންތިޚާބު ކުރިޔަށް ގޮސްފައިވަނީ ވަރަށް އިންސާފުވެރިކޮށް ކަމުގައެވެ.

މިޔަންމާރގެ ޕޮލިހުން ކޯޓަށް މައްސަލަ ވައްދާފައިވަނީ، މިޔާންމާގެ ވެރިރަށުގައި ހުންނަ އަންގްސަންގ ސޫކީގެ ގެ ބަލާ ފާސްކުރި އިރު އެގެއިން ވޯކީ ޓޯކީ ރޭޑިއޯތަކެއް ފެނިފައިވާތިއެވެ. ފުލުހުން ބުނެފައިވަނީ، ވޯކީ ޓޯކީ ރޭޑިއޯތައް އެތެރެ ކޮށްފައިވަނީ ވަގަށް ކަމަށާއި އަދި އެތަކެތި ބޭނުންކުރުމުގެ ހުއްދަ ހޯދާފައި ނުވާކަމަށެވެ.

ފުލުހުން ކޯޓަށް ހުށަހަޅާފައިވާ ޑޮކިއުމަންޓްތަކުގައި ވާގޮތުން، އަންގްސަންގ ސޫކީ ބަންދުގައި ބަހައްޓަން ބޭނުންވާ ސަބަބަކީ، “އެނާއާއި ސުވާލު ކުރުމަށާއި، ހެކި ހޯދުމަށާއި، އަދި މީގެ އިތުރުން ހެކިވެރިންނާ ސުވާލުކޮށް ތުހުމަތު ކުރެވޭ ފަރާތަށް ގާނޫނީ އެހީތެރިކަން ލިބިދިނުމަށެވެ.”

އަދި ކޯޓަށް ހުށެހެޅިފައިވާ އިތުރު ލިޔެކިޔުންތަކުން ހާމަވާގޮތުގައި، ފުލުހުންވަނީ، މަގާމުން ދުރުކުރެވިފައިވާ ރައީސް، ވިން މިންޓްގެ މައްޗަށް ޑިސާސްޓަރ މެނޭޖްމަންޓް ގާނޫނުގެ ދަށުން ދައުވާ ކޮށްދިނުމަށް ހުށަހަޅާފައެވެ.

އަންގްސަންގ ސޫކީގެ މައްޗަށް ފުލުހުން ދައުވާކުރުމަށް ހަށަހަޅާފައިވާ ގާނޫނަކީ، އެގައުމުގައި އަސްކަރީ ވެރިކަން އޮތްއިރު، އޭރުގެ ސިޔާސީ ބޭފުޅުން ޖަލަށް ލުމަށް އެދުވަސްވަރު އެންމެ އާންމުކޮށް ބޭނުންކުރެވުނު ގާނޫނެވެ. މިގާނޫނުގައި ވާގޮތުން، ހުއްދަ ނުހޯދާ ފެކްސް މެޝިނުންފެށިގެން ވޯކީ ޓޯކީ ފަދަ ތަކެތި ބޭނުންކުމުރުންވެސް މިޔަންމާރގައި ޖަލަށް ލެވެއެވެ.

އަންގްސަންގ ސޫކީގެ އެންއެލްޑީ ވެރިކަމަށް އައިސް މިގާނޫނު އިސްލާހު ކޮށްފައިނުވާތީ، ފާއިތުވެދިޔަ ތަނުގައި އެޕާޓީއަށްއަ ވަނީ ފާޑުކިއުންތައްވެސް އަމާޒު ވެފައެވެ.

އަންގސަންގ ސޫކީގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން މިހާތަނަށް އައިއިރު މިޔަންމާރގެ އަސްކަރީ ސަރުކާރުންވެސް އަދި، ފުލުހުންވެސް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.