ރޭޕިސްޓުންނަށް ބަންގްލާދޭޝްގައި މަރުގެ އަދަބު ދެނީ

ރޭޕިސްޓުންނަށް ބަންގްލާދޭޝްގައި މަރުގެ އަދަބު ދެނީ

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

އަންހެނުންނަށް ކުރާ ޖިންސީ ގޯނާތަކާއި ދެކޮޅަށް ބަންގްލާދޭޝްގައި މުޒާހިރާ ކުރަމުންދާތާ އެތަކެއް ދުވަސްތަކެއް ވެފައިވަނިކޮށް، ރޭޕިސްޓުންނަށް މަރުގެ އަދަބު ދިނުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ބަންގަލާދޭޝްގެ ލޯ މިނިސްޓަރ އަނީސުލް ޙައްގު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މަރުގެ އަދަބަށް ގާނޫނީ ހައިސިއްޔަތު ދިނުމަށްޓަކާ މާދަމާ އެގައުމުގެ ރައީސް ޚާއްސަ ގަރާރެއް ނެރުއްވާނެއެވެ.

ފާއިތުވެދިޔަ ހަފްތާގައި ބަންގްލާދޭޝްގެ ގޭންގަކުން އެގައުމުގެ 37 އަހަރުގެ އަންހެނަކަށް ރަހުމްކުޑަގޮތަކަށް ހަމަލާދޭ މަންޒަރު އާންމުވާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފައެވެ. މި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމު ވެގެން ދިއުމާއިއެކު އެގައުމުގައި ވަނީ އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް މެދުނުކެޑި މުޒާހިރާތައް ކުރިޔަށް ގޮސްފައެވެ. އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުން ހާމަ ކުރާގޮތުގައި މިއަހަރު އެކަނިވެސް ބަންގްލާދޭޝްގައި 1000އަށްވުރެ ގިނަ ރޭޕްކުރުމުގެ ހާދިސާ ވަނީ ރިޕޯޓްކުރެވިފައެވެ. އެހެންމަވެސް، ބަންގްލާދޭޝްގައި ރިޕޯޓު ނުކުރެވި ކޮންމެ އަހަރަކުވެސް ރޭޕްގެ އެތަކެއް ހާދިސާތަކެއް ހިގާއިރު، ގިނަ ހާދިސާތައް ރިޕޯޓު ކުރުމަށް އަންހެނުން ދެކޮޅުހަދަނީ ރިޕޯޓު ކުރާފަރަތްތަކަށް އެކަށީގެންވާ ހިމާޔަތާއި ރައްކާތެރިކަން އެގައުމުގައި ކަށަވަރުވެފައި ނޯންނާތީއެވެ. އަދި ރިޕޯޓު ކުރާފަތްތަކުގެ މައްސަލަތައްވެސް ގިނަފަހަރު ކޯޓުމަރުހަލާގައި ކާމިޔާބުވެފައެއް ނުވެއެވެ. ފާއިތުވެދިޔަ ހަފްތާގައި އާންމު ވެގެންދިޔަ ވީޑިއޯއަށްފަހު ފެށިގެންދިޔަ މުޒާހިރާތަކުގެ ބައިވެރިން ގޮވަމުން ގޮސްފައިވަނީ، ރޭޕިސްޓުންނަށް ހުކުމް ކުރުން އަވަސް ކުރުމަށާއި އަދި އެފަރާތްތަކުގެ މައްޗަށް ދައުވާކުރުން މިއަށްވުރެ އެގައުމުގައި ހަރުދަނާ ކުރުމަށެވެ.

ފާއިތުވެދިޔަ ހަފްތާގައި އާންމު ވެގެންދިޔަ ވީޑިއޯގެ މައްސަލަ އެގައުމުގެ ނޭޝަނަލް ހިއުމަން ރައިޓްސް ކޮމިޝަނުން ތަހުގީގު ކުރުމަށްފަހު ހާމަކޮށްފައިވާގޮތުން، އެގައުމުގެ ދެކުނުގެ އަވަށެއް ކަމުގައިވާ ނޯޚަލިމްގައި ހަމަލާދީފައިވާ، ވީޑިއޯއިން ފެންނަ އަންހެން މީހާ ވަނީ އެތައްފަހަރެއްގެ މަތިން ބިރުދައްކައިގެން ރޭޕްކޮށްފައެވެ. ވީޑިއޯއިން ފެންނަ 8 މީހުން މިހާރު ބަންގްލާދޭޝްގެ ފުލުހުންވަނީ ހައްޔަރު ކޮށްފައެވެ.

ވޭތުވެދިޔަ ހަފްތާގައި ބަންގްލާދޭޝްގެ އުތުރުގެ އަވަށެއްކަމުގައިވާ ސިލްހެޓްގެ ހޮސްޓެލްއެއްގައިވެސް ގޭންގަކުން ވަނީ އަންހެނަކު ރޭޕްކޮށްފައެވެ. މިހާދިސާއަށްފަހު ފުލުހުންވަނީ ތުހުމަތު ކުރެވޭ އެތައްބަޔަކު ހައްޔަރު ކޮށްފައެވެ. މި އެންމެންނަކީވެސް އެގައުމުގެ ވެރިކަން ކުރާ ޕާޓީގެ ‘ސްޓޫޑަންޓް ވިންގް’ އަށް ނިސްބަތްވާ މީހުންނެވެ.

މިހާދިސާތަކާއި ގުޅިގެން، ފާއިތުވެދި ހަފްތާ ބަންދުގައި ބަންގްލާދޭޝްގެ އެކި ސަރަހައްދު ތަކުގައި ވަނީ ވަރުގަދަ މުޒާޙިރާތައް ހިގާފައެވެ. މުޒާހިރާ ކުރި ފަރާތްތަކުން ވަނީ ރޭޕިސްޓުން ދަންޖެއްސުމަށް ގޮވާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.