އެސްޓީއޯއިން ތެޔޮ ރައްކާކުރާ ފުނަދޫ - ފޮޓޯ: އެސްޓީއޯ

އާންމުކޮށް އެންގުމަކާނުލާ ވިޔަފާރިތަކަށް ތެޔޮ ވިއްކާ އަގު ބޮޑުކުރާތީ ވިޔަފާރިވެރިންގެ ކަންބޮޑުވުން!

އާންމުކޮށް އެންގުމަކާނުލާ ވިޔަފާރިތަކަށް ތެޔޮ ވިއްކާ އަގު ބޮޑުކުރާތީ ވިޔަފާރިވެރިންގެ ކަންބޮޑުވުން!

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން އެސްޓީއޯއީން ރާއްޖެ އެތެރެކުރާ ތެޔޮ ވިޔަފާރިތަކަށް ވިއްކާ އަގު އާންމުކޮށް އެންގުމަކާ ނުލައި ބޮޑުކުރަމުން ދާކަމަށްބުނެ ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޚަބަރު އޮންލައިނާ ވާހަކަދެއްކި ބައެއް ވިޔަފާރިވެރިން ބުނީ އެންމެ ފަހުން ފިއުލްސަޕްލައި މޯލްޑިވްސްއިން ވިޔަފާރި އުސޫލުން ބޮޑެތި އަދަދުން ތެޔޮގަންނަ ފަރާތްތަކަށް ވިއްކާއަގު ބޮޑު ކުރި 3 ފަހަރުވެސް އާންމުކޮށް އަންގާފައި ނުވާކަމަށެވެ. ނަމަވެސް އެފްއެސްއެމްގެ ޝޭޑުތަކުން ވިއްކާ ތެލުގެ އަގަށް ބަދަލެއް ގެންނަ ނަމަ އާންމުކޮށް އިއުލާން ކުރާ ކަމަށާއި ވިޔަފާރިތަކަށް ވިއްކާތެޔޮ އަގުބޮޑުވާ ކޮންމެ ފަހަރަކު ޝެޑުތަކުން ވިއްކާރޭޓް ބަދަލު ނުވާކަމަށެވެ.

ޚަބަރު އޮންލައިނާ ވާހަކަދެއްކި ތިނަދޫގެ ވިޔަފާރިވެރިއަކު ބުނީ ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ އިގްތިސާދަށް އަންނަ ބަދަލުތަކުގައި އަގުބޮޑުކުރުން އެއީ މައްސަލައެއް ކަމުގައި ނުދެކޭކަމަށެވެ. އަދި އެގޮތަށް ކުރާއިރު އާންމުކޮށް އަންގާ އިއުލާން ކޮށްގެން ކުރުމަށް ވިޔަފާރިވެރިޔާ ވަނީ އެދިފައެވެ.

” ބޮޑުވީމާ ބޮޑު ކުރުން މައްސަލައެއް ނޫން. މައްސަލަ އަކީ ސިއްރު ސިއްރުން ކުރާތީ. އަޅުގަނޑުމެން މިސަރުކާރު މިގެނައީ ކުރި ވިޔަފާރިތަށް ކުރިއަރުވާނެކަމަށް ވަޢުދުވެފައި ވީމަ. މިއީ އަޅުގަނޑުމެންގެ ސަރުކާރު އެކަމަކު ސަރުކާރުގެ ކުންފުނިތަކަށް ލާފައި ތިބި ވެރިންގެ ނާގާބިލު ކަމުން ކުދި ވިޔަފާރިތަށް މި ފުނޑެނީ”

– ތިނަދޫގެ ވިޔަފާރިވެރިއެއް.

ޚަބަރު އޮންލައިނަށް ވަނީ އެފްއެސްއެމުން އެންމެ ފަހުން ވިޔަފާރިތަކަށް ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގުތަކަށް ގެނައިބަދަލު ވިޔަފާރިތަކަށް އެންގުމަށް ވަކިވަކިން ފޮނުވާފައިވާ އީމެއިލްއެއްގެ ކޮޕީއެއް ލިބިފައެވެ. އޭގައި ބުނެފައި ވާގޮތުން މީގެފަހުން ވިޔަފާރި އުސޫލުން ވިއްކާ ޑީސަލް ލިޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލިޓަރަކުން 45 ލާރި އަގުބޮޑުވާނެއެވެ. މިއަގުތަށް ބޮޑުކުރުމުގެ ކުރިން، އެސްޓީއޯގެ ތެޔޮ ރައްކާކުރާ ފުނަދޫއިން ޑީސަލް ލިޓަރެއް ލިބުނީ 7.04 ރުފިޔާ އަށް އަދި ޕެޓްރޯލް ލިޓަރެއް ލިބުނީ 7.30 ރުފިޔާއަށް ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

” މާލޭގެ ރައްޔިތުންނަށް މިބޮޑުވި އަގުގެ އަސަރު ނުކޮށްފާނެ، ހުރިހާ ތަކުލީފެއް މި ޖެހުނީ އަތޮޅުތެރޭގެ ރައްޔިތުންނަށް. އަޅުގަނދުމެން ގަނޑުކޮށް ނަގައިގެން ގެނެސް މި ވިއްކަނީ ކުދި ރައްރަށުގަ، މާބޮޑު ފައިދާއެއް ނުލާ. ދެން ކިތަންމެ ކުޑަ ބަދަލެއް އަގަށް އަޔަސް އެބަދަލު އަޅުގަނޑުމެން ވިއްކާއިރު އެބަ ގެންނަން ޖެހޭ. އާންމުކޮށް އެސްޓީއޯއިން ނޫނީ އެފްއެސްއެމުން އަގުބޮޑުވިކަން އިއުލާން ނުކުރާތީ ރައްޔިތުން މި ހިތްހަމަ ނުޖެހެނީ އަޅުގަނޑުމެންދެކެ.”

– ތިނަދޫގެ ވިޔަފާރިވެރިއެއް.

މި މައްސަލައަށް އިޝާރާތްކޮށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު މުސްތަފާވަނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ 2 މަސްތެރޭ އާންމުކޮށް އެންގުމަކާނުލާ 3 ފަހަރަށް ތެލުގެ އަގު ބޮޑުކޮށްފައި ވާކަމަށެވެ. އަދި މިއީ މުޅިން އައު ވައްކަމެއް ކަމަށް މުސްތަފާ ވަނީ ސިފަކުރައްވާފައެވެ.

ރާއްޖެއަށް މައިގަނޑުގޮތެއްގައި ތެޔޮ އެތެރެކުރަނީ އެސްޓީއޯއިންނެވެ. އަދި އެސްޓީއޯއިން އެތެރެކުރާ ތެލުގެ ވިޔަފާރި މިހާރު ހިންގަމުންދަނީ އެކުންފުނީގެ ސަބްސިޑަރި ކުންފުންޏެއް ކަމަށްވާ ފިއުލް ސަޕްލައި މޯލްޑިވްސް އެފްއެސްއެމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.