އިސްރާއިލްގެ ބޮޑުވަޒީރު، ޔޫއޭއީ އަދި ބަހުރެއިންގެ ފޮރިންގ މިނިސްޓަރުންނާއެކު

ޔޫއޭއީން އިސްރާއީލުގެ ޓެލްއަވީވްގައި އެމްބަސީއެއް ހުޅުވަނީ

ޔޫއޭއީން އިސްރާއީލުގެ ޓެލްއަވީވްގައި އެމްބަސީއެއް ހުޅުވަނީ

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)އިން، އިސްރާއީލުގެ ޓެލްއަވީވްގައި އެމްބަސީއެއް ހުޅުވުމަށް، އެގައުމުގެ ކެބިނެޓުން ނިންމައިފިއެވެ.

ފާއިތުވެދިޔަ އަހަރުގެ ސެޕްޓެޓެމްބަރު މަހު، އިސްރާއީލާ ޔޫއޭއީން ވަނީ، އެމެރިކާގެ ވައިޓްހައުސްގައި، އަބަރަހަމް އެކޯޑުގެ ނަމުގައި ބައިލެޓްރަލް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން، ދެގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމް ކުރުމުގެ އިތުރުން، އިންވެސްޓްމަންޓާ އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ އިތުރުން، ދެގައުމުގައި ދެމުގައި ސީދާ ފްލައިޓްތައް އޮޕަރޭޓްކުރަން ފެށުމަށްވެސް ވަނީ އެއްބަސްވެފައެވެ.

މިގޮތުން، ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށާއި އަދި މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ކުރެވޭ މުއާމަލާތްތަކަށް މަގުފަހި ކުރުމުގެ ގޮތުން، ވިސާއަށް ލުއިތަކެއް ދިނުމަށްވެސް ވަނީ އެއްބަސްވެފައެވެ. އެހެންނަމަވެސް، ދާދިފަހުން، ކޮވިޑުން ރައްކާތެރިވުމަށް އިސްރާއީލުން އެޅި ފިޔަވަޅުތަކުގައި އަރަބިގައުމުތަކުން އެގައުމަށް އެތެރެވާ މީހުންވެސް ކަރަންޓީންވާން ޖެހޭގޮތަށް ނިންމުމާ ގުޅިގެން، ވިސާއަށް ލުއިދިނުމުގެ ގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުން ފަސްކުރުމަށް ދެގައުމުން ވަނީ އެއްބަސްވެެފައެވެ.

އިސްރާއީލާ ޔޫއޭއީއާ ދެމެދު ފާއިތުވެދިޔަ އަހަރު ސެޕްޓެމްބަރު މަހު ވެވުނު އެއްބަސްވުމުގައިވާ ގޮތުން، އެއްގައުމުން އަނެއްގައުމަށް ދަތުރުކުރުމުގައި ދެވޭ ވިސާގެ ލުއިތަކަކީ މި އެއްބަސްވުމުގެ އެންމެ މުހިންމު އެއްބައެވެ. އިސްރާއީލުން ޔޫއޭއީއަށް އެތެރެވާ އެގައުމުގެ ރައްޔިތުންނަށް ވިސާގެ ލުއިދޭނެ އުސޫލުތައް އަބޫދާބީން ފާއިތުވެދިޔަ ހަފްތާގައި ވަނީ ފާސްކޮށްފައެވެ. އަދި މި ނިންމުމާއެކު، ކުރިން ހަމަޖެހިފައި އޮތީ، އަންނަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުންފެށިގެން ލުއިދޭން ފަށާގޮތަށެވެ.

އެހެންނަމަވެސް، އިސްރާއިލުގެ މިނިސްޓްރީން އާންމުކޮށްފައިވާ ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ، މިހާރު ފެތުރެމުންދާ ކޯވިޑް19 ކޮންޓްރޯލް ކުރުމަށްޓަކާ އަޅާ ފިޔަވަޅެއްގެ ގޮތުން، ޔޫއޭއީ ކަމާގުޅުން ހުރި މުވައްސަސާތަކުން، ވިސާއަށް ލުއި ދިނުމުގެ އެއްބަސްވުމަށް އަމަލްކުރުން ޖުލައި1އާއި ހަމައަށް ލަސްކޮށްފައިވާ ކަމަށެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން، މި ދެގައުމުގެ ރައްޔިތުންނަށް، ދަތުރުކުރުމަށް ހަމަޖެހިފައިވާ އެއަރލައިނެއް މެދުވެރިކޮށް ވިސާގެ ކަންކަން ހަމަޖެއްސުމުގެ ކަންކަން ވަނީ އިންތިޒާމް ކުރެވިފައެވެ. އަދި، ފާއިތުވެދިޔަ އަހަރުގެ ސެޕްޓެމްބަރު މަހަށްފަހު، މިދެގައުމުގެ އެތައްހާސް ރައްޔިތުންނެއް ވަނީ، އެއަރލައިން މެދުވެރިކޮށް ވިސާ ހޯދާފައެވެ.

ފާއިތުވެދިޔަ އަހަރު، ޔުނައިޓެޑް އަރަބި އެމިރޭޓްސްއަށްފަހު، ބަހުރެއިންއާއި، ސޫދާން އަދި މޮރޮކޯއިންވެސް ވަނީ އިސްރާއީލާއެކު ގުޅުން އުފެއްދުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.