ރަޝިއާގެ އިދިކޮޅު ލީޑަރު ނަވާލްނީ އެބުރި ގައުމަށް ވަޑައިގަތުމުގެ މަގުމަތީގައި ފްލައިޓް ތެރޭގައި

ރަޝިޔާގެ އިދިކޮޅު ލީޑަރު ނަވާލްނީ ގައުމަށް އެބުރި ވަޑައިގަތުމާއެކު ހައްޔަރު ކޮށްފި

ރަޝިޔާގެ އިދިކޮޅު ލީޑަރު ނަވާލްނީ ގައުމަށް އެބުރި ވަޑައިގަތުމާއެކު ހައްޔަރު ކޮށްފި

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

މީގެ 5 މަސްކުރިން ވިހަދީނުމުގެ ސަބަބުން މަރާ ހަގުރާމަ ކުރަންޖެހުނު، ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީ އެބުރި ރަޝިއާއަށް ވަޑައިގަތުމާއެކު، އެގައުމުގެ ސަރުކާރުން އޭނާ ހައްޔަރު ކޮށްފިއެވެ.

ނަވާލްނީގެ ތަރުޖަމާން ކިރާ ޔަރްމީޝް ޓުވީޓް ކޮށްފައިވާ ގޮތުގައި އޭނާ އެއަރޕޯޓަށް ފޭބުމާއެކު، އެއްވެސް ތަފްސީލެއް ދިނުމެއްނެތި ފުލުހުންވަނީ އޭނާ ހައްޔަރު ކޮށްފައި ކަމަށެވެ. އަދީ އޭނާ ވިދާޅުވިގޮތުގައި، ނަވާލްނީއާއެކު އެއް ފްލައިޓެއްގައި ދަތުރުކުރި އޭނާ ގާނޫނީ ވަކީލަށް ނަވާލްނީއާއެކު ދިއުމުގެ ފުރުސަތެއްވެސް ދީފައި ނުވާކަމަށެވެ.

ވިހަ ދިނުމުގެ ސަބަބުން ފަރުވާ ހޯދުމަށް ޖަރުމަނުވިލާތުގައި 5 މަސްދުވަހު ހުންނެވުމަށްފަހު ނަވާލްނީ އެބުރި ގައުމަށް ވަޑައިގަތް މަންޒަރު ވަގުތުން ދުރަށް ދައްކަމުންދިޔަ ރަޝިޔާގެ ޓީވީ ޗެނަލެއްކަމުގައިވާ ޓީވީ ރެއިންއިން ދުރަށް ދައްކަމުންދިޔަ މަޒަރުތަކުން ފެނިފައިވާ ގޮތުގައި، ކަޅު ކުލައިގެ ހެދުމެއްގައި ހުންނެވި ނަވާލްނީ ކުޑަވަގުތުކޮޅަކަށް، މާސްކް އަޅައިގެން ހުރި ރަޝިއާގެ ފުލުސް އޮފިސަރަކާ ވާހަކަ ދައްކަން ހުންނެވި މަންޒަރު ފެނިފައިވެއެވެ. އަދި އޭގެ ކުޑަ ވަގުތުކޮޅަކަށްފަހު، ގާތުގައި ހުންނެވި އޭނާގެ އަބިކަބަލުންނާ ބައްދާލުމަށްފަހު ނަވާލްނީ ވަނީ ފުލުހުންނާ އެކީ ހައްޔަރަށް ގޮސްފައެވެ.

ނަވާލްނީގެ ދެމަފިރިކަބަލުން އެބުރި ރަޝީއާއަށް މިވަޑައިގަތީ، ކޮންބަޔަކުކަން ނޭގޭ ބަޔަކު އޭނާއަށް ވިހަ ދިނުމުގެ ސަބަބުން، ފަރުވާ ހޯދުމަށް 5 މަސްދުވަހު ޖަރުމަނުވިލާތުގައި ހުންނެވުމަށް ފަހުގައެވެ. ޖަރުމަނުގައި ހުންނެވި 5 މަސްދުވަހު އޭނާ ފަރުވާ ހޯއްދެވީ، ނޮވިޗޮކް ނަމަކަށް ކިޔާ ވިހައް މާއްދާއެއް ހަށިގަޑުގެ ތެރެއަށް ދިއުމުގެސަބުން ލިބުނު ގެއްލުންތަކަށެވެ.

ފްލައިޓް ޑާޓާ ރެކޯޑްތައް ދައްކާގޮތުން، ނަވާލްނީ ދަތުރުކުރަމުން ދިޔަ ފްލައިޓް ރަޝިއާގެ ޝެރެމެޓްޔެވޯ އެއަރޕޯޓުގައި ޖައްސާފައިވަނީ، ރަޝީއާގެ ގަޑިން ރޭގަޑު 8:00ގައެވެ. ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، މިފްލައިޓް ލޭންޑްކޮށްފައިވަނީ، ލޭންޑް ކުރުމަށް ޝެޑިއުލް ކުރެވިފައި އެއަރޕޯޓު ނޫން އެހެން އެއަރޕޯޓެއްގައެވެ. ނަތީޖާއެއްގެ ގޮތުން، ނަވާލީ ދަތުރުކުރަމުންދިޔަ ފްލައިޓް ލޭންޑް ކުރުމަށް ހަމަޖެހިފައިއޮތް އެއަރޕޯޓް ކައިރިއަށް އެއްވެފައިތިބި ގިނަ އަދަދެއްގެ ނޫސްވެރިނަށްވަނީ، މި ފްލައިޓް ލޭންޑްކުރި މަންޒަރާއި އަދި ނަވާލްނީއަށް ވީގޮތެއް ވަގުތުން ރިޕޯޓު ކުރުމުގެ ފުރުސަތު ގެއްލިފައެވެ. އެހެންނަމަވެސް، ފްލައިޓުން ފައިބައިވަޑައިގަތުމުގެ ކުރިން އޭނާވަނީ، ދަތުރުކުރަމުން ދިޔަ ފްލައިޓުގައި ތިބި ބައެއް މީޑިއާތަކަށް ލައިވްކޮށް އިންޓަރވިވް ދީފައެވެ.

އަބިކަބަލުންނާއެކު ނަވާލްނީ ފްލައިޓް ތެރޭގައި

“މިއީ ފާއިތުވެދިޔަ 5 މަސްދުވަހުގެ ތެރޭގައި އައި އެއްމެ ރަގަޅު ދުވަސް،” ރަޝިއާގެ ފުލުހުންގެ ބެލުމުގެ ދަށަށް ދިއުމުގެކުރިން، އެއަރޕޯޓަށް ހާޒިރުވެތިބި ބައެއް މީޑިއާތަކަށް އިންޓަވިވް ދެމުން ނަވާލްނީ ބުނެފައި ވެއެވެ.

“ހުރިހާ އެންމެންވެސް އަހަރެންގާތު ސުވާލު ކުރަމުންދަނީ އަހަރެން ބިރުގަނޭތޯ، އަހަރެން ބިރެއް ނުގަނޭ،” އިތުރަށް ނަވާލްނީ ވިދާޅުވެފައި ވެއެވެ. “ބޯޑަރ ކޮންޓްރޯލްގެ ބެލުމުގެ ދަށަށް ދާން އަހަރެން އެއްވެސް ޖެހިލުމެއް ނުވޭ. އަހަރެން މިނިވަން ވެގެން ވަރަށް އަވަހަށް އެބުރި ގެއަށް ދާނަން. ސަބަބަކީ، އަހަރެން އެއްވެސް ކުށެއް ކޮށްފައި ނުވާނެތީ. ކުރެވޭ ހުރިހާ ތުހުމަތަކީވެސް، އަހަރެންނާ ދެކޮޅަށް އުފައްދާފައިވާ ތުހުމަތުތަކެއް.”

ރަޝިއާއިން ފާއިތުވި ޑިސެމްބަރުމަހު ވަނީ، އެގައުމުގެ ސަރުކާރުން ހޯދަން ބޭނުންވާ މީހުންގެ ލިސްޓުގައި ނަވާލްނީގެ ނަން ހިމަނާފައެވެ. މިލިސްޓުގައި އޭނާގެ ނަން ހިމަނާފައިވަނީ، މީގެ އެތައް އަހަރެއްކުރިން، ކޮރަޕްޝަންގެ ތުހުމަތުގައި، އޭނާގެ މައްޗަށް ކޮށްފައިވާ ޖަލުހުކުމެއް ތަންފީޒުކުރުން ފަސްކުރުމުގެ ގޮތުން އޭނާއާއެކު ރަޝިއާގެ މުވައްސަސާތަކުން އެއްބަސްވެފައިވާ ކަންތައްތަކާ އޭނާ ޚިލާފްވެފައިވާ ކަމަށް ބުނެއެވެ.

ނަވާލްނީ ދަތުރުކުރަމުންދިޔް ފްލައިޓް އެއަރޕޯޓުގައި ޖެއްސުމަށްފަހު، ރަޝިޔާގެ ފެޑެރަލް ޕެނިޓެންޝަރީ ސާވިސްއިން އާންމު ކޮށްފައިވާ ބަޔާނެގައިވަނީ، ނަވާލްނީ އެ ސާވިސްގެ ބެލުމުގެ ދަށަށް ގެންދެވިފައިވާކަމަށް ބުނެފައެވެ. އަދި ބަޔާނުގައި ބުނެފައިވަނީ، މިމަހުގެފަހުކޮޅު ނަވާލްނީ ކޯޓަށް ހާޒިރު ކުރެވެންދެން، އެ ސާވިސްގެ ބެލުމުގައި ދަށުގައި އޭނާ ބަހައްޓާނެ ކަމަށެވެ.

2020 ވަނަ އަހަރުގެ އޮގަސްޓުމަހު، މިލިޓަރީ ގްރޭޑްގެ ވިހަ ކެމިކަލެއް ކަމުގައިވާ ނޮވިކޮކް ބޭނުންކޮށްގެން ނަވާލްނީއަށް ވިހަދިނުމުގެ ސަބަބުން އޭނާއަށް މަރާ ހަގުރާމަ ކުރަންޖެހުނެވެ. މި ވިހަ މާއްދާގެ ބޭނުންކޮށްގެން އޭނާއަށް ވިހަދީފައިވަނީ، ސާބިއާއަށް ކުރި ދަތުރަކަށްފަހު އެބުރި ރަޝިއާއަށް ވަޑައިގަތް މަގުމަތީގައެވެ.

ސީއެންއެންއާ އަދި ބެލިންކެޓް ނަމަކަށް ކިޔާ ގްރޫޕެއް ގުޅިގެން ހިންގި ތަހުގީގަކުންވަނީ، ނަވާލްނީ ސާބިއާއަށް ކުރި ދަތުރުގައި، ރަޝިއަން ސެކިއުރިޓީ ސާވިސް (އެފްއެސްބީ)ގެ ޓީމަކުން އޭނާއަށް ވިހަ ދިނުމަށް އެދަތުރުގައި ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީ ހޯދާފައެވެ. ވިހަވެ ނަވާލްނީ ބަލިވެފައިވަނީ، މިދަތުރުގައި ސާބިއާއިން ރަޝިއާގެ މޮސްކޯއަށް ދިއުމަށް ކުރި ދަތުރުގައި ފްލައިޓް މަތީގައެވެ.

ޖަރުމަނުގައި ހުންނަވައިގެން، ވިހައިގެ އަސަރު ހަށިގަޑުން ފިލަންދެން ފަރުވާ ހޯދުމަށްފަހު، އެބުރި ރަޝިއާއަށް ވަޑައިގަތުމަށް ފުރާވަޑައިގަތުމުގެ ކުރިން އަމިއްލަ އިންސްޓަރގްރާމް އެކައުންޓުގައި ޝާއިއުކުރި ޕޯސްޓެއްގައި ނަވާލްނީ ވަނީ އޭނާގެ ފަރުވާއަށް ވެދެއްވި އެހީތެރިކަމަށް ޖަރުމަނުވިލާތަށް ޝުކުރު އަދާކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.