ހުވާ ކުރުުގެ ރަސްމިއްޔާތަށް މމުޅި އެމެރިކާވަނީ ތައްޔާރީ ހާލަތަކަށް ގެނެވިފަ

ހުވާކުރުމުގެ ރަސްމިއްޔާތަށް މުޅި އެމެރިކާ ތައްޔާރީ ހާލަތުގައި

ހުވާކުރުމުގެ ރަސްމިއްޔާތަށް މުޅި އެމެރިކާ ތައްޔާރީ ހާލަތުގައި

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

އަންނަ ހަފްތާ ބަންދުގައި ބޭއްވުމަށް ހަމަޖެހިފައިވާ، އެމެރިކާގެ އިންތިޚާބީ ރައީސް ޖޯބައިޑްން ހުވާ ކުރުމުގެ ރަސްމިއްޔާތަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާގެ 50 ސްޓޭޓެއްގައި ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަ ކޮށްފިއެވެ.

ޖޯބައިޑްން ހުވާކުރުމުގެ ރަސްމިއްޔާތާ ދިމާކޮށް މުޅި އެމެރިކާގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި މިވަނީ، އެދުވަހާ ދިމާކޮށް، އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރާ ފަރާތްތަކުން ހަތިޔާރު އެޅިމީހުންގެ މުޒާހިރާތައް އެމެރިކާގެ އެކިހިސާބުތަކުގައި ކުރިޔަށް ގެންދާނެ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބުމާއި ގުޅިގެންނެވެ.

އެމެރިކާގެ ޖާސޫސީ އިދާރާ އެފްބީއައިއިން އިންޒާރު ދީފައިވާ ގޮތުގައި، ޓްރަމްޕަށް ތާޢީދުކުރާ ފަރާތްތަކުންވަނީ، އެމެރިކާގެ 50 ސްޓޭޓުން ހަތިޔާރުއެޅި މީހުންގެނެސް، ވޮޝިންގޓަން ޑީސީގައި ހުންނަ ގާނޫނުހަދާ މަޖިލސްކުރާގެ ކެޕިޓަލް ހިލްގައި މުޒާހިރާކުރުމަށް ނިންމާފައެވެ.

ވޮޝިންޓަން ޑިސީގައި ހުންނަ ނޭޝަނަލް މޯލް ސަރަހައްދު މިހާރުވެސް ވަނީ މުޅިން ބަންދު ކޮށްފައެވެ. އަދި އެމެރިކާގެ އެކި ސަރަހައްދުތަކުން، ނޭޝަނަލް ގާޑުންގެ ޓްރޫޕްތައް މިހާރުވަނީ، ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓާކާ ގާނޫނު ހަދާ މަޖިލިސް ހުންނަ ސަރަހައްދު ކަމުގައިވާ ވޮޝިންގޓަން ޑީސީއަށް ޖަމާކޮށްފައެވެ.

އެމެރިކާގެ ޕޮލިހުންގެ ފަރާތުން މައުލުމާތު ދީފައިވާ ގޮތުގައި، އެގައުމުގެ ސްޓޭޓެއް ކަމުގައިވާ، ވާޖީނިއަރގެ މީހަކު މިހާރުވަނީ، ހިފާ ގެންގުޅޭވައްތަރުގެ ދެ ބަޑިއާ އަދި ރަޖިސްޓްރީ ކޮށްފައިނުވާ ގޮވާތަކެތިތަކެއް ހިފައިގެން، ކެޕިޓަލް ހިލްގައި ގައިމްކޮށްފައިވާ ޗެކްޕޮއިންޓެއް ހުރަސްކޮށް ދަތުރުކުރަން އުޅެނިކޮށް، ފާއިތުވެދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ހައްޔަރު ކޮށްފައެވެ.

އިންތިޚާބީ ރައީސް ޖޯބައިޑްންގެ އިންތިގާލީ ޓީމުން މިހާރުވަނީ،ފެތުރެމުންދާ ކޯވިޑް19ގެ ސަބަބުން، ބައިޑްންގެ ހުވާކުރުމުގެ ރަސްމިއްޔާތަށް އެމެރިކާގެ ވޮޝިންޓަންގ ޑީސީއަށް ޖަމާ ނުވުމަށް އެގައުމުގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ. އަދި ސިއްޙީއިދާރާތަކުން ވަނީ، މި ރަސްމިއްޔާތު، ގޭގައި ތިބެގެން ބެލުމަށްވެސް އިލްތިމާސް ކޮށްފައެވެ.

އެމެރިކާގެ ސިވިލް ހަރަކާތްތަކާ ގުޅުންހުރި، ހަތިޔާރުއެޅި ބައެއް ފަރާތްތަކުން ތުހުމަތު ކުރާގޮތުގައި، ބައިޑްން ހުވާކުރާ ރަސްމިއްޔާތާ ދިމާކޮށް އާދަޔާ ޚިލާފަށް ސަލަމަތީ ފިޔަވަޅުތައް އިތުރުކޮށްފައިވާ ވުމަކީ، އެރަސްމިއްޔާތާ ދިމާކޮށް ހަމަލާތަކެއް ދިނުމަށް ރާވާކަމުގެ ތުހުމަތުގައި އެޖަމާއަތްތަކުގެ މެމްބަރުން ހައްޔަރުކުރުމަށް ޖަހަމުންދާ ޕޮލިސް މަޅިފަތިތަކެކެވެ. އެހެންކަމުން، ހުވާކުރުމުގެ ރަސްމިއްޔާތާ ދިމާކޮށް ވޮޝިންޓަންގ ޑީސީއަށް  ދަތުރު ނުކުރުމަށް އެ ޖަމާޢަތްތަކުގެ މެމްބަރުންނަށް ޖަމާއަތްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.

ބައިޑްން ހުވާކުރުމުގެ ރަސްމިއްޔާތާ ދިމާކޮށް އެމެރިކާގައި ހަމަނުޖެހުން އުފައްދާނެކަމަށް ބެލެވިފައި މިވަނީ، މިމަހުގެ 7 ވަނަ ދުވަހު ޓްރަމްޕަށް ތާއީދުކުރާ ފަރާތްތަކުން، އެމެރިކާގެ ކެޕިޓަލް ހިލް ސަރަހައްދުގައި މުޒާހިރާކޮށް، ގާނޫނު ހަދާ މަޖިލިސްތެރެއަށް ވަދެގަނެ، އެތަނަށް ގެއްލުން ދީފައިވަނިކޮށެވެ. އަދި މިހަމަލާތަކުގައި ޓްރަމްޕްގެ ބައިވެރިވުން އޮތްކަމަށް ތުހުމަޔުކޮށް، އެމެރިކާގެ ހައުސް އޮފް ރެޕްރެސެންޓޭޓިވްސްއިން ވަނީ ދެވަނަ ފަހަރަށް ޓްރަމްޕްގެ މައްޗަށް އިތުބަރު ނެތްކަމަށް ނިންމާ، އިމްޕީޗް ކޮށްފައެވެ.

ނަތީޖާއެއްގެ ގޮތުން، އެމެރިކާގެ ތާރީޚުގައި ދެފަހަރަށް އިމްޕީޗް ކުރެވުނު ހަމައެކަނި ރައީސްކަމުގައި ޓްރަމްޕް ވެގެން ގޮސްފައިވާއިރު، ޓްރަމްޕް ވަނީ، ޖޯ ބައިޑްން ހުވާކުރާ ރަސްމިއްޔާތަށް ވަޑައި ނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.