މީރާގެ ކޮމިޝަނަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މީރާގެ ކޮމިޝަނަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Author
އަހުމަދު
11 ޖޫން 2026 05:04
0

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އެންމެ އިސް މަގާމު ކަމަށްވާ، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

މި މަގާމު ހުސްވެފައިވަނީ، ކުރިން އެ މަގާމު ފުރުއްވަމުން ގެންދެވި ޙަސަން ޒަރީރު، މި މަހުގެ 8 ވަނަ ދުވަހު ފިނޭންސް މިނިސްޓަރުކަމުގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ. އެހެންކަމުން މީރާ ހިންގުމާ ހަވާލުވާނެ އާ ބޭފުޅަކު ހޯދުމަށް ރައީސް އޮފީހުން މިވަނީ އިއުލާނުކޮށްފައެވެ.

މި މަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 28 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ. މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި އޭގެ އިތުރުން އެ އޮފީހުގެ ރަސްމީ ވެބްސައިޓުންވެސް ފޯމު ޑައުންލޯޑް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.