މ. މުލީ ހުކުރު މިސްކިތުގައި ހުކުރު ވަގުތު އަލިފާނުގެ ހާދިސާއެއް ހިނގައިފި

މ. މުލީ ހުކުރު މިސްކިތުގައި ހުކުރު ވަގުތު އަލިފާނުގެ ހާދިސާއެއް ހިނގައިފި

Author
އަހުމަދު
24 އޭޕްރިލް 2026 07:38
0

މިއަދު ހުކުރު ނަމާދުގެ ހުތުބާ ކިޔަމުން ދަނިކޮށް މ. މުލީ ހުކުރު މިސްކިތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އެ މިސްކިތުގެ ކަރަންޓު ބޯޑެއްގައި ރޯވެގެންނެވެ. ސޯޝަލް މީޑިއާގައި މިހާރު އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، މިސްކިތުގައި އެވަގުތު ތިބި އާންމުން ވަނީ ވަރަށް އަވަހަށް ހަރަކާތްތެރިވެ، ފަސޭހަކަމާއެކު އަލިފާންގަނޑު ނިއްވާލާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، ވަގުތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވުމުގެ ސަބަބުން މިސްކިތަށްވެސް ބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ކަރަންޓު ބޯޑުގައި އަލިފާން ރޯވާން މެދުވެރިވި ސީދާ ސަބަބެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.