ރ. އުނގޫފާރު ކުނިކޮށީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި

ރ. އުނގޫފާރު ކުނިކޮށީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި

Author
ޙަސަން މުޙައްމަދު
10 އޭޕްރިލް 2026 03:44
0

ރ. އުނގޫފާރު ކުނިކޮށީގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާއެއްގައި ރޯވި އަލިފާންގަނޑު ފުލުހުންގެ މަސައްކަތުން ކޮންޓްރޯލްކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހެނދުނު 09:57 ހާއިރުއެވެ. ރިޕޯޓު ލިބުމާއެކު ފުލުހުން ވަނީ އެ ސަރަޙައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ފަށާފައެވެ. އަދި މިހާރު އެއްކޮށް އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައިނުވާކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ކުނިކޮށީގައި މި އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން މިހާރު ދަނީ ތަޙުޤީޤުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.