މާލޭ އުސްފަސްގަނޑުގައި ތަރައްގީކުރި ސްކޭޓް ޕާކް ރައީސް ހުޅުއްވައިދެއްވައިފި

މާލޭ އުސްފަސްގަނޑުގައި ތަރައްގީކުރި ސްކޭޓް ޕާކް ރައީސް ހުޅުއްވައިދެއްވައިފި

Author
އަހުމަދު
02 އޭޕްރިލް 2026 07:44
0

ޒުވާނުންނާއި ކުޑަކުދިންނަށް އަމާޒުކޮށްގެން މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ތަރައްގީކުރި "ސްކޭޓް ޕާކް އެރީނާ" މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

މި ހިތްގައިމު ޕާކު ހުޅުއްވައިދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. މި ރަސްމިއްޔާތުގެ ތެރެއިން، ޕާކު ހުޅުވުމާއެކު ތަފާތު ތިން އުމުރުފުރައެއްގެ ކުދިން ވަނީ އެ ތަނުގައި ސްކޭޓްކުރުމުގެ ފުރިހަމަ ހުނަރުތައް އާންމުންނަށް ދައްކާލާފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ބިންގާ އެޅި މި ސްކޭޓިން އެރީނާއަކީ މި ކުޅިވަރަށް ޝައުގުވެރިވާ ފަރާތްތަކަށް ވަރަށް ފުރިހަމަ ވަސީލަތްތަކަކާއެކު ހަދާފައިވާ ތަނެކެވެ. ސަރުކާރުން މައުލޫމާތު ދޭގޮތުގައި، މި ތަން ފަރުމާކޮށްފައިވަނީ ސްކޭޓްބޯޑު ދުއްވާ ފަރާތްތަކަށް ހާއްސަ ޕާކެއްގެ އިތުރުން، ސްޕީޑް ސްކޭޓިންއަށް ހާއްސަ ޓްރެކެއްވެސް ހިމެނޭ ގޮތަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.