އިސްލާމީ ގައުމުތަކަށް ރައީސް ރަމަޟާން މަހުގެ ތަހުނިޔާ ފޮނުއްވައިފި

އިސްލާމީ ގައުމުތަކަށް ރައީސް ރަމަޟާން މަހުގެ ތަހުނިޔާ ފޮނުއްވައިފި

Author
ޙަސަން މުޙައްމަދު
18 ފެބްރުއަރީ 2026 06:43
0

ހިޖުރައިން 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ މުނާސަބަތުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނާއި ބައިނަލްއަޤުވާމީ އިސްލާމީ ޖަމާޢަތްތަކަށް ރައީސުލްޖުމްހޫރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިސްލާމީ ޤައުމުތަކުގެ ލީޑަރުންނަށް ވަކިވަކިން ފޮނުއްވި މެސެޖުތަކުގައި، ރައީސުލްޖުމްހޫރިޔާ ވަނީ މި މައްސަރަކީ އިސްލާމީ އުންމަތުގެ ގުޅުންތައް ބަދަހިވެގެންދާނެ މައްސަރެއް ކަމުގައި ވާނޭކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި އިސްލާމީ އުންމަތް ގުޅިގެން ކުރާ މަސައްކަތުން މުސްލިމުންގެ އަޑުއުފުލައި، އުންމަތުގެ ކުރިއެރުމާއި ފުދުންތެރިކަމުގެ އުދަރެސް ތަނަވަސްކުރެވިދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިޔާގެ މެސެޖުގައި ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނާއިންސާފާއި ކެކުޅުންތައް ތަހައްމަލުކުރަމުންދާ މުސްލިމު އަޚުންނާއި އުޚުތުންނަށް ހެޔޮ ދުޢާ ދަންނަވާފައެވެ. މިގޮތުން އެފަރާތްތަކަށް އަމާންކަން މިންވަރުކުރެއްވުމަށާއި، އެ ވޭނުން ސަލާމަތްކުރައްވައި، އަޚުންނާއި އުޚުތުންގެ ޢަޒުމު ވަރުގަދަކުރެއްވުމަށް އެދިވަޑައިގެން އެމަނިކުފާނު ވަނީ ދުޢާ ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.