މައިމުޅަވާ ދަރިންނަށް ވެސް ބަންޑާރަ ގޯތި ވާރުތަވާ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

މައިމުޅަވާ ދަރިންނަށް ވެސް ބަންޑާރަ ގޯތި ވާރުތަވާ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

Author
އައިޝަތު އަޙްމަދު
17 ފެބްރުއަރީ 2026 01:54
0

މައިމުޅަވުމުގެ ސަބަބުން ބަންޑާރަ ގޯތިން މަހުރޫމުވާ ދަރިންނަށް ވެސް، ތަރިކައިގެ އުސޫލުން ގޯތި ލިބޭނެ ގޮތް ހެދުމަށްޓަކައި ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައެވެ. މި އިސްލާހު ހުށަހެޅުއްވި މައިގަނޑު ސަބަބަކީ، މައިމުޅަވުމުގެ ސަބަބުން ގޯތިން ނުލިބޭ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމެވެ. މިހާރު އަމަލުކުރަމުންދާ އުސޫލުގެ ސަބަބުން އާއިލާތަކުގެ މެދުގައި އަރާރުން އުފެދި، ބޭއިންސާފު ހާލަތްތައް މެދުވެރިވަމުންދާކަން ފާހަގަކޮށް، އެކަމަށް ގާނޫނީ ހައްލެއް ހޯދައިދިނުމަކީ މި ބިލުގެ މަގުސަދެކެވެ.

ހުށަހަޅާފައިވާ ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ބަންޑާރަ ގޯއްޗެއް ލިބިފައިވާ މީހަކު މަރުވުމުން، އެ ބިމާއި އިމާރާތް އަދި ނުއުފުލޭ މުދާ ހަމައެކަނި ވާރުތަވެރިންނަށް ބެހުމުގެ ބަދަލުގައި، ބިމުގެ ތަނަވަސްކަން ލިބިފައިނުވާ މައިމުޅަވާ ދަރިންނަށް ވެސް އޭގެ ހައްގު ލިބިދޭން ޖެހޭނެއެވެ.

މިހާރު އަމަލުކުރަމުންދާ ބިމާބެހޭ ގާނޫނު އޮންނަ ގޮތުން، މައިމުޅަވާ މީހުންނަށް ތަރިކައިގެ އުސޫލުން ބަންޑާރަ ގޯތި ލިބޭނެ ގޮތެއް ނޯވެއެވެ. ގާނޫނު މިހާރު ބައްޓަންކޮށްފައި ވަނީ ގޯތީގެ ވެރިފަރާތް މަރުވުމުން، ޝަރުއީ ހަމަތަކުގެ މަތިން ތަރިކަ ލިބޭ ފަރާތްތަކުގެ މެދުގައި އެކަނި ގޯތި ބައިކުރެވޭ ގޮތަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.