މި މައުޞޫއުގައި ވަނީ ދުނިޔޭގެ ޙަޔާތަކީ ވަގުތީ ކަމެއް ކަމަށާއި ކޮންމެ އިންސާނަކު ވެސް މަރުގެ ރަހަ ދެކޭނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"މާތް الله ގެ ޙަޟުރަތުގައި ކޮއްޅަށް ތިބޭ ދުވަސް" މިމައުޟޫއަށް ގެނެސްދިން މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ ދުނިޔޭގެ އިމްތިޙާނަށް ވުރެ ބޮޑު އިމްތިޙާނެއް އާޚިރަތް ދުވަހު ކުރިމަތީގައި އޮންނަ ކަމަށާއި އެ އިމްތިޙާނުގައި ދެވަނަ ފުރުޞަތެއް ނުލިބޭނެ ކަމަށެވެ. ފިރިހެނުންނާއި އަންހެނުން، މުއްސަނދީންނާއި ފަޤީރުން، ވެރީންނާއި ރައްޔިތުން ހުރިހާ އެންމެން ވެސް ކުރިމަތިލާން ޖެހޭ އިމްތިޙާނަކަށް ވުމުން އެ ދުވަހަށް ތައްޔާރުވުމަށް ޚުތުބާގައި ނަޞޭޙަތްތެރިވިއެވެ.
އެ ދުވަހު ބައްޕައަކުން ދަރިއަކަށް، އަންހެނަކުން ފިރިއަކަށް، ރަޙްމަތްތެރިއަކުން ރަޙްމަތްތެރިއަކަށް ވެސް އެހީއެއް ނުވެވޭނެ ކަމަށާއި ކޮންމެ މީހަކު ވެސް އުޅޭނީ އެ މީހެއްގެ ނަފުސަށް ސަލާމަތް ނުވެވިގެން ކަމަށް ޚުތުބާގައި ވިދާޅުވިއެވެ.
ޚުޠުބާގައި އިތުރަށް ވިދާޅުވީ މަޙުޝަރުގެ ދުވަހު ފަންސާސް ހާސް އަހަރުގެ ދިގު މުއްދަތެއްގައި މައިދާނުގައި ތިބޭން ޖެހޭނެ ކަމަށާއި އެ ދުވަހުގެ ހުއްޓިހުރުން ލުއިފަސޭހަ ކުރުމާއި ނުކުރުން އޮތީ ހަމައެކަނި ދުނިޔެއިން ތަޤުވާވެރިކަމާއެކު ހޭދަކުރާ ދިރިއުޅުމުގެ މައްޗަށް ކަމަށްކަމަށެވެ.
ޚުޠުބާގައި ވިދާޅުވީ ގިޔާމަތްދުވަހާމެދު އިންޒާރު ކުރައްވާފައިވަނީ އެއިން އަހަރުމެން އިބުރަށް ހާސިލްކޮށް އެދުވަހަށް ތައްޔާރުވުމަށްޓަކާ ކަމުގައެވެ.
ކޮމެންޓު ފޮނުވާ