ރޫހާނީ ލީޑަރު، ކޯވިޑް19 ވެކްސިންތަކާ ގުޅޭގޮތުން ކުރެއްވި ޓުވީޓު ޓުވިޓަރއިން ޑިލީޓް ކޮށްފި

އެމެރިކާ އަދި ޔޫކޭގެ ވެކްސިންތަކާ ބެހޭގޮތުން އިރާންގެ ރޫހާނީ ލީޑަރު ކުރެއްވި ޓުވީޓު ޓުވިޓަރއިން ޑިލީޓް ކޮށްފި

އެމެރިކާ އަދި ޔޫކޭގެ ވެކްސިންތަކާ ބެހޭގޮތުން އިރާންގެ ރޫހާނީ ލީޑަރު ކުރެއްވި ޓުވީޓު ޓުވިޓަރއިން ޑިލީޓް ކޮށްފި

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚާމަނާއި، އެމެރިކާ އަދި އިގިރޭސިވިލާތުން އުފައްދާފައިވާ ކޯވިޑް19 ވެކްސިނަކީ، މީހުންނަށް ކޯވިޑް19 ޖެއްސުމަށް ހަދާފައިވާ ވެކްސިންތަކެއްކަމަށް ވެދާނެކަމަށް ތުހުމަތުކޮށް ކޮށްފައިވާ ޓުވީޓު ޓުވިޓައިން ހުކުރުވަހު ޑިލީޓް ކޮށްފިއެވެ.

ޚާމަނާއީވަނީ، އެމެރިކާ އަދި އިގިރޭސިވިލާތުން އުފައްދާފައިވާ، ކޯވިޑް19ވެކްސިން، ހުޅަގުގެ އެދެގައުމަށް އިތުބާރު ނުކުރާކަމަށް ވިދާޅުވެ، އިރާނަށް އެތެރެކުރުން މަނާކޮށްފައެވެ.

“އެމެރިކާ އަދި އިގިރޭސިވިލާތުން ވެކްސިން އެތެރެކުރުމަކީ މަނާކަމެއް. އެމީހުން އެހެން ގައުމުތަކަށް ބަލިޖައްސަން އުޅެފާނެ ގަބޫލު ނުކުރަންވީ އެއްވެސް ސަބަބެއް ނެތް.. ފްރެންޗް ވެކްސިނަކީވެސް އިތުބާރުކުރެވޭ ވެކްސިނެއް ނޫން،” އިރާނުގެ ގައުމީ ޓީވިން ބްރޯޑްކާސްޓްކޮށް އަދި އޭނާގެ ރަސްމީ ސޯޝަލް މީޑީއާ އެކައުންޓުން ޓުވީޓުކޮށްފައިވާ ސްޓޭޓްމަންޓެއްގައި ޚާމަނާއީ ވިދާޅުވެފައި ވެއެވެ.

ޓުވިޓަރއިން ވަނީ ޚާމަނާއީގެ އިގިރޭސި އަދި އަރިބަހުން ޓުވީޓުކުރާ ހޭންޑްލްއިންވެސް، އެމެރިކާ އަދި އިގިރޭސިވިލާތުގެ ކޯވިޑް19 ވެކްސިނާ ގުޅޭގޮތުން ކޮށްފައިވާ މިޓުވީޓް ޑިލީޓް ކޮށްފައެވެ. ޓުވިޓަރއިން ބުނެފައިވަނީ، މިޓުވީޓުތަކަކީ އެކުންފުނީގެ ގައިޑްލައިންތަކާ ޚިލާފަށް ކޮށްފައިވާ ޓުވީޓުތަކެއް ކަމަށެވެ. އެހެންނަމަވެސް މި ޓުވީޓުތައް، ޚާމަނާއިގެ ޕާޝިއަން އެކައުންޓުން އަދިވެސް ޑީލީޓު ކޮށްފައެއް ނުވެއެވެ.

ޚާމަނާއިގެ މި ވާހަކަފުޅަށްފަހު، ކުޑަވަގުތު ކޮޅެއްގެ ތެރޭގައި، ރެޑް ކްރެސެންޓް ސޮސައިޓީންވަނީ، އެމެރިކާގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ފާރާތަކުން އިރާނަށް ހަދިޔާކޮށްފައިވާ ފައިޒަރ/ބައޯއެންޓެކްގެ ކޯވިޑް19 ވެކްސިންގެ 150،000 ޑޯޒު އެގައުމަށް ސަޕްލައިކުރުން ކެންސަލް ކޮށްފައެވެ.

“ރެޑް ކްރެސެންޓް ސޮސައިޓީން ރޫހާނީ ލީޑަރުގެ ބަސްފުޅާ އެއްގޮތަށް އަމަލު ކުރާނެ. ސަބަބަކީ އީރާނާ ގުޅުންހުރި ކޮންމެ ކަމަކަށްވެސް، ކޯވިޑް19ގެ ވެސިނާ ބެހޭގޮތުން ކަމަށްވިޔަސް، އެ ބޭފުޅާގެ ބަހަކީ އެއަށް ރިއާޔަތްކުރަން ޖެހޭނެކަމަކަށް ވާނެތީވެ،” ރެޑްކްރެސެންޓް ސޮސައިޓީގެ ތަރުޖަމާން މުހައްމަދު ހަސަން ގޮސިޔާން ބުނެފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

ގޮސިޔާން މައުލޫމާތު ދީފައިވާ ގޮތުގައި ހުޅަގުގެ ގައުމުތަކުގެ ވެކްސިންތައް ބޭނުންކުރުމުގެ ބަދަލުގައި، އިރާނުން އެތެރެ ކޮށްފައިވަނީ، ރަޝިޔާ، ޗައިނާ އަދި އިންޑިއާފަދަ ގައުމުތަކުން އުފައްދާފައިވާ ކޯވިޑް19 ވެކްސިންތަކެވެ.

އެމެރިކާ އަދި އިގިރޭސިވިލާތުން އުފައްދާފައިވާ ކޯވިޑް19 ވެކްސިން އިރާނަށް އެތެރެކުރުން ރޫހާނީ ލީޑަރު މަނާކުރުމާއި ގުޅިގެން، ސޯޝަލް މީޑިއާގައި އެތައްބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި، މިބާވަތުގެ ކަންކަމުގައި އެންމެ ފަހުބަސް ބުނުމުގެ އިލްމު ރޫހާނީ ލީޑަރުގެ ކިބައިގައި ނުހުންނާނެ ކަމުގައެވެ.

އިރާނުގެ ހެލްތު މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި، އިރާނުގައި މިހާތަނަށް 1.2 މިލިއަން މީހުން ކޯވިޑް ވެކްސިންށް ޕޮޒިޓިވްވެ،55،000 މީހުންވަނީ މިބަލީގައި އެގައުމުގައި މަރުވެ ގޮސްފައެވެ.

އިރާނުގެ ރޫހާނީ ލީޑަރުގެ ޓުވީޓު ޓުވިޓަރއިން ޑިލީޓް ކޮށްފައިވާއިރު، ޓުވިޓަރއިން ވަނީ އެކުންފުނީގެ ގައިޑްލައިންތަކާ ޚިލާފަށް ޓުވީޓް ކޮށްފައިވާކަމަށް ތުހުމަތުކޮށް، އެމެރިކާގެ ރައީސްގެ އަމިއްލަފުޅު ޓުވިޓަރ އެކައުންޓް ދާއިމަށް ސަސްޕެންޑް ކޮށްފައެވެ.

ޓުވިޓަރއިން ޓްރަމްޕްގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ، އެމެރިކާގެ މަޖިލިސް ކުރާގެ ކެޕިޓަލް ހިލްއަށް އޭނާގެ ސަޕޯޓަރުން ހަމަލާދިނީ ޓުވިޓަރގެ ޕްލެޓްފޯމް މެދުވެރިކޮށް ޓްރަމްޕް އެކަމަށް ހިތްވަރު ދީގެން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.