ކޭޕާކް ފްލެޓް މައްސަލައިގެ ހުކުމް ކުރުން މާދަމާ، މަންޑޭ ވީތަނެއް ނޭނގޭ!

ކޭޕާކް ފްލެޓް މައްސަލައިގެ ހުކުމް ކުރުން މާދަމާ، މަންޑޭ ވީތަނެއް ނޭނގޭ!

Author
އަހުމަދު
26 ޑިސެމްބަރ 2025 11:02
0

ކޭޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި މީހުންގެ އަތުން ފައިސާ ހޯދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހަސަން މަމްދޫހު (މަންޑޭ) އެ މައްސަލައިގައި ހުކުމް އިއްވުމަށް ތާވަލުކުރި ދުވަހު ކޯޓަށް ހާޒިރު ކުރެވޭނެކަމުގެ ޔަގީންކަން ނެތިއްޖެއެވެ. މިމައްސަލާގައި ހުކުމް އިއްވުން މާދަމާއަށް ތާވަލުކޮށްފައިވާއިރު، އޭނާ އެންމެ ފަހުގެ ޝަރިއަތުގެ އަޑުއެހުމަށްވެސް ހާޒިރެއް ނުވެއެވެ. މިކަމުގެ ސަބަބުން އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފައިވާއިރު، އޭނާ ހޯދުމަށް މިހާތަނަށް ފުލުހުންނަށް ކާމިޔާބެއް ނުލިބެއެވެ.

މި މައްސަލައިގައި ކުރިން ބަންދުގައި ހުރި މަންޑޭ ދޫކޮށްލީ ޝަރީއަތަށް އެއްބާރުލުން ދިނުން ޝަރުތުކޮށްގެންނެވެ. އޭރު ގާޒީ ވިދާޅުވީ އެއްބާރުލުން ނުދޭނަމަ އަނބުރާ ބަންދުކުރަން އަމުރުކުރައްވާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.