މުސްލިމުންނަކީ އިގްތިސާދީގޮތުން ފުދުންތެރި ބަޔަކަށް ވާންޖެހޭ: ޚުޠުބާ

މުސްލިމުންނަކީ އިގްތިސާދީގޮތުން ފުދުންތެރި ބަޔަކަށް ވާންޖެހޭ: ޚުޠުބާ

Author
އަހުމަދު
12 ޑިސެމްބަރ 2025 01:13
0

އިސްލާމްދީނުގައި ދިރިއުޅުމަށްޓަކާ މަސައްކަތްކުރުމަށް އަންގަވާފައިވާ ކަމަށާއި، މުސްލިމުންނަކީ އިގްތިސާދީގޮތުން ފުދުންތެރި ބަޔަކަށް ވާންޖެހޭ ކަމުގައި މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"މަސައްކަތްތެރި އުފެއްދުންތެރި ބަޔަކަށް ވާށެވެ!" މި މައުޟޫއަށް ޚާއްސަކުރެވުނު މިއަދުގެ ޚުޠުބާގައި ވިދާޅުވީ މުސްލިމުންނަކީ ފުދުންތެރި ބަޔަކަށް ވެވޭނީ އެމީހުންނަކީ މަސައްކަތް ދަންނަ މަސައްކަތް ކޮށްގެން ތަކެތި އުފައްދާ ބަޔަކަށް ވެވިގެން ކަމުގައެވެ.

الله ތަޢާލާވަނީ ދުނިޔޭގެ ބިމާއި އެބިމުގައި އުފެދޭ ގަސްގަހާ ގެއްސާއި، ކަނޑުގައި ދިރިއުޅޭ މަސްމަހާ މެއްސާއި، އެހެނިހެން ތަކެތި އިންސާނާއަށްޓަކާ ޚިދުމަތް ކުރައްވާފައެވެ.

މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ޚުޠުބާގައި އިތުރަށް ވިދާޅުވީ އިސްލާމީ ޝަރީޢަތުގައި، ވިޔަފާރިކުރުމާއި މުޢާމަލާތް ކުރުމާއި، ބިމުގައި ދަނޑުވެރިކަން ކުރުމާއި، ނޫނީ އެހެނިހެން މަސައްކަތްކޮށްގެން ރިޒުޤު ހޯދުމަކީ ހުއްދަކަމެއް ކަމުގައެވެ. އަދި ކޮންމެވެސް މަސައްކަތެއް ކޮށްގެން، ނުވަތަ ވިޔަފާރީގެ ޒަރީޢާއިން ރިޒުޤު ހޯދުމަށް މާތް ﷲ ވަނީ އަންގަވާފައިވާކަން ފާހަގަކުރަައްވާ ޚިޠުބާގައި ވިދާޅުވީ، މި ބިމުގައި މީސްތަކުން ދިރިއުޅުމުގެ ކަންކަން ހަމަޖެއްސެވުމަށް މާތް ﷲ ވަނީ މަގުފަހިކޮށްދެއްވާފައިވާ ކަމުގައެވެ.

ޚިޠުބާގައި ވިދާޅުވީ އިސްލާމީ ނަޒަރުން ބަލާއިރު، މުޖުތަމަޢުގައި ދިރިއުޅެމުން ދިރިއުޅުމުގެ ޚަރަދުތައް ހޯދޭނެ ފަދަ ޤާބިލުކަން ހުރެމެ، ގޭގައި ކަންނެތް ވެފައި އިނުމީ ރަނގަޅު ގޮތެއް ނޫން ކަމުގައެވެ. އެގޮތުން ހީވާގިކަމާއެކު މަސައްކަތްކޮށް ޙަލާލު ގޮތުގައި ރޯދިބަތް ހޯދައި ދިރިއުޅުން ކުރިއެރުވުމަށް މާތް ނަބިއްޔާ ﷺ ވަނީ އިރުޝާދު ދެއްވާފައިވާކަމަށްވެސް ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.