“ދީނުގެމަގު” އަލުން ވުޖޫދަށް!

“ދީނުގެމަގު” އަލުން ވުޖޫދަށް!

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ކުރިން ހުކުރު ދުވަހު ހުކުރަށް ގޮސް ގެއަށް އަނައިރު “ދީނުގެމަގު” ނުލިބިއްޖެ ނަމަ ހިތްހަމަވެސް ނުޖެހެއެވެ. މިސްކިތުގައި ބަހާ މިފަދަ ކޮންމެ އެއްޗެއްވެސް އޭރު ގެއަށް އަންނައިރު ގެންނަންޖެހެއެވެ. ކުޑައިރުގެ ޅަސިކުނޑިއާއެކު އޭރު ސްކޫލަށް ގޮސް ފޮނިކަނޑާލަންވެސް ހުކުރު ދުވަހު މިސްކިތުން “ދީނުގެމަގު” ހޯދަން ޖެހެއެވެ. މިގޮތަށް ގެއަށް ކޮންމެ ހަފްތާއަކު ގެންނަ ދީނުގެމަގު މަޖައްލާއިން ދީނީ ގިނަ މަޢުލޫމާތުތަކެއް އޭރު އުނގަންނައިދިނެވެ.

ބްލެކްއެންޑް ވައިޓްކޮށް ޕްރިންޓްކޮށްފައި އޮތަސް މި ކަރުދާހަކީ ގިނަ ބަޔަކަށް ދީނީ ސައްހަ މައުލޫމާތު އުނގަންނައިދިން އެއްޗެކެވެ. މި މަޖައްލާގައި ހިމެނޭ މަޢުލޫމާތުތައް ހިމަނައިގެން އޭރު ރޭޑިއޯ ޕްރޮގްރާމެއްވެސް ދިވެހިރާއްޖޭގެ އަޑުން ގެނެސްދެއެވެ.

1987 އިން ފެށިގެން އޭރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޮންމެ ހަފްތާއަކު އެއްފަހަރު ނެރެމުންއައި މި މަޖައްލާ ލިބުން ހުއްޓުނީ 2008 ވަނަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމްގެ ވެރިކަން ބަދަލުވުމާ ގުޅިގެންނެވެ. އެއަށް ފަހު ރާއްޖޭގައި ދީނީ ކަންކަން ކުރިއަރުވައި ދީނީ އެކިއެކި ކަންކަމުގައި ގޮތްނިންމުމަށް މިނިސްޓްރީއެއް ފުރަތަމަ ފަހަރަށް ވުޖޫދަށްއައެވެ. އެއާއި އެކު ރައީސް އޮފީހުން ނެރެމުންއައި ދީނުގެ މަގު ހުއްޓުމަކަށް އައީއެވެ.

ނަމަވެސް އަނެއްކާވެސް މިވަނީ ހަމަ ސީދާ ދީނުގެމަގުގެ ނަމުގައި ހަފްތާ މަޖައްލާއެއް ވުޖޫދު ކުރެވިފައެވެ. ހޯމް މިނިސްޓްރީގެ ދަފްތަރުގައި މަޖައްލާ ރަޖިސްޓްރީ ކުރީ 2019 ވަނަ އަހަރު ޖުލައި މަހުގެ 23ވަނަ ދުވަހުއެވެ. މަޖައްލާ ޝާއިޢުކުރަން މިކަމަށް އިސްނެގި ޓީމުން ފުރަތަމަ ކަނޑައެޅި ތާރީޚަކީ 3 ޖަނަވަރީ 2020އެވެ. އެހެނަސް ދުނިޔޭގެ މަޝްރަޙަށް އައި ލޮޅުމުގެ އަސަރު މި މަސައްކަތައް ވެސް ކުރިއެވެ. ނަމަވެސް އާ ހިތްވަރަކާއިއެކު މިއަދު މަޖައްލާ އަލުން ވުޖޫދަށް މިވަނީ ގެނެވިފައެވެ. އެހެންކަމުން މި މަޖައްލާ އާންމުނަށް ގެނެސްދޭ ޓީމުން ދެކޭގޮތުންނަމަށް މިއަދު “ދީނުގެމަގު” މިވަނީ އައު ދަތުރަކަށް މިސްރާބު ޖަހާފައެވެ.

“ދީނުގެމަގު” މިއީ އިސްލާމްދީނުގެ ޢިލްމު ދިވެހި ފަސްގަނޑުގައި ފެތުރުމުގެ މަތިވެރި މާތް މަޤްޞަދުގައި ޝާއިޢުކުރެވޭ ހަފްތާ މަޖައްލާއެކެވެ. މީގައި ހިމެނޭނީ އިސްލާމްދީނުގެ އާންމު މައުލޫމާތުތަކާއި، ފިލާވަޅުތައް ކަމަށް މަޖައްލާގެ ޓީމުން ބުނެއެވެ. ހަފްތާއަކު އެއް ފަހަރު، ދިވެހިރާއްޖޭގެ ރައްޔިތުންނަށް، ދީނީގޮތުން އައު ދަރުހަކާއި، އިރުޝާދެއް ފޯރުކޮށްދިނުމަށް މި މަޖައްލާ ފަރުމާ ކުރެވިފައިވަނީ މުހިއްމު މައުޟޫޢުތަކަށް ކުރު މަޒުމޫނުތަކެއް ހިމަނައިގެން ކަމަށް ޓީމުން ބުނެއެވެ.

ފުރަތަމަ ނެރުނު ދީނުގެމަގު މަޖައްލާ އަކީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމްގެ އިސްނެންގެވުމުގެ މަތިން ފައްޓަވާފައިވާ އިސްލާމީ ދަޢުވަތުގެ އަލިގަދަ ދަންމަރެކެވެ. ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދަށްފަހު ބަހަމުންގެންދިޔަ “ދީނުގެމަގު” ދިވެހިރާއްޖޭގެ ކޮންމެ ގެއަކަށް ކަހަލަ ގޮތަކަށް އޭރު ވަނީ ފޯރާފައެވެ.

އިސްލާމްދީނުގެ ޞައްޙަ މައުލޫމާތު މީސްތަކުންގެ މެދުގައި ފަތުރަން މަސައްކަތް ކުރުން އެއީ ހުރިހާ ޒަމާނަކަށް ނުހަނު ބޭނުން ޖެހިފައިވާ ކަމެކެވެ. ވަކީން ޚާއްޞަގޮތެއްގައި ދިވެހި މުޖްތަމަޢަށް އިސްލާމްދީނުގެ ޞައްޙަ މައުލޫމާތު ރަނގަޅު ދަލީލާއެކު އެނގުމުގެ މުހިއްމުކަން މިއަދު ވަކިން ކުޑައެއްނޫނެވެ.

މިރާއްޖޭގެ ހީވާގި ޢިލްމުވެރިން މިހާރުވެސް އިސްލާމްދީނުގެ ޞައްޙަ މައުލޫމާތާއި ދީނުގެ ދަޢުވަތު ފަތުރުއްވަން ނުހަނު ބުރަކަމާއެކު މަސައްކަތްޕުޅުތަކެއް ކުރައްވައެވެ. އެކަމަށް އެންމެ އެކަށީގެންވާ ގޮތްގޮތުގައެވެ. “ދީނުގެމަގު” މަޖައްލާއަކީ ވެސް އެ ސިލްސިލާއަށް އިތުރު ކޮށްލެވޭ ކުޑަ ބޮޅެއް ކަމަށް މަޖައްލާގެ ޓީމުން ބުނެއެވެ.

މާލޭ ސަރަޙައްދާއި، އަތޮޅުތެރޭގެ ރަށްރަށުގެ އިތުރުން، ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ވެސް މި މަޖައްލާ މުޅިން ހިލޭ ބެހުމަށް މަޖައްލާގެ ޓީމުން ވަނީ ނިންމާފައެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު ރަށްރަށަށް މަޖައްލާ މަޖައްލާ ފޮނުވުމަށް “ދީނުގެމަގު” ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published.