އާދަޔާ ޚިލާފަށް ކޯވިޑްގެ ހާލަތު ގޯސްވެ، ޖަޕާންގެ ބޮޑުވަޒީރު މިއަދުވަނީ އެގައުމުގައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފަ

ޖަޕާނުގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކޮށްފި

ޖަޕާނުގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކޮށްފި

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ޖަޕާނުގައި ކޯވިޑް19ގެ ހާލަތު ގޯސްވެ، ވެރިރަށް ޓޯކިޔޯ އާއި އަދި ކައިރި 3 ސަރަހައްދެއް ހިމެނޭގޮތުން، ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިޑޭ ސުގާ، ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އެގައުމުގައި އިއުލާން ކޮށްފިއެވެ.

ޖަޕާނުގެ ބޮޑުވަޒީރު، ޔޮޝިހިޑޭ ސުގާ އެގައުމުގައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނީ، ވެރިރަށް ޓޯކިޔޯގެ އިތުރުން، އިތުރު 3 ޕްރީފެލްޗަރ (ސިޓީ)އެއްގައެވެ. އެއީ ސައިޓާމާ އަދި ޝިބާގެ އިތުރުން ކަނަގާވާ ޕްރީފެކްޗަރގައެވެ. މިސިޓީ ތަކުގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކޮށްފައިވަނީ، އެއް މަސްދުވަހުގެ ނިޔަލަށް، ފެބްރުއަރީ 7 ވަނަ ދުވަހާ ހަމައަށެވެ.

މިއީ 2020 ވަނަ އަހަރު ކުރީކޮޅު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޯވިޑް19 ފެތުރެން ފެށިފަހުން ޖަޕާނުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި 2ވަނަ ފަހަރެވެ.

މިގޮތުން، ފާއިތުވެދިޔަ އަހަރުގެ މޭމަހުގައިވެސް ޖަޕާނުގައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު، މިފަހަރުގެ ފިޔަވަޅުތައް މިއައީ، އާންމު ދިރިއުޅުމުގައި، ކުރުންމަނާ ތަފާތު ގިނަ ފަޔަވަޅުތަކަކާއި އެކީގައެވެ. މިގޮތުން ބޮޑުވަޒީރު ސުގާވަނީ، އޮފީސްތަކުގައި މަސައްކަތް ކުރާ އާބާދީގެ ނިސްބަތް %70 އިން ދަށް ކުރުމަށްޓަކާ، އޮފީސް މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ހިތްވަރު ދިނުމަށް ޖަޕާންގެ ކުންފުނިތަކަށް އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން ބަލި ބޮޑަށް ފެތުރެމުންދާ ސަރަހައްދުތަކުގައި، ކޮންމެހެން ބޭނުމެއް ޖެހިއްޖެ ހާލަތެއްގައި މެނުވީ، ބޭރަށް ނިކުމެ ނޫޅުމަށްވެސް ކަމާބެހޭ މުވައްސަސާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.

މިފަހަރު ޖަޕާނުގައި އިއުލާން ކުރެވުނު ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން އެންމެބޮޑު އަސަރެއް ކުރާނެކަމަށް ބެލެވެނީ އެގައުމުގެ ހޮސްޕިޓަލިޓީ އިންޑަސްޓަރީއަށެވެ. ސަބަބަކީ، ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން، ކެފޭ ރެސްޓޯރަންޓްތައް ބަންދު ކުރަންޖެހޭ ގަޑިއަކީ ރޭގަޑު 8 ޖަހާއިރުކަމަށް ހަމަޖައްސާފައިވުމާ، އަދި މީގެއިތުރުން ކުއްލިނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ ސަރަހައްދުތަކުގައި ކުރިޔަށްދާ ހުރިހާ ކުޅިވަރު ހަރަކާތަތަކެއްވެސް މަދުކުރުމާއެކު، ކުޅިބަލަންދެވޭ މީހުންގެ އަދަދުވެސް ވަރަށް ބޮޑުތަނުން މަދުކުރުމަށް ރަސްމީ އިދާރާތަކުން ނިންމާފައި ވާތީއެވެ.

ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައަވަމުން، ބޮޑުވަޒީރު ސުގާ ވިދާޅުވެފައިވަނީ، ސަރުކާރުން މިއެޅުއްވި ފިޔަވަޅުތަކަށް ފުރިހަމަޔަށް ބޯލަބާ ކެފޭ ރެސްޓޯރަންޓްތަކަށް، ކޮންމެ ރެސްޓޯރަންޓަކަށްވެސް އެގައުމުގެ ސަރުކާރުން 1.8 މިލިއަން (17،000 ޑޮލަރު) ޔެންއާއި ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އެހެންނަމަވެސް، މިފަހަރު އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސްކޫލްތައް ހުޅުވާފައި ބެހެއްޓުމުގެ ފުރުސަތު ޖަޕާންގެ ސަރުކާރުން ވަނީ ދީފައެވެ.

“މިހާތަނަށް ފާހަގަ ކުރެވިފައިވާ ގޮތުގައި، ސްކޫލްތަކުން މުޖުތަމަޢުގެ ތެރެއަށް ވައިރަސް ފެތިރެގެން ގޮސްފައިވަނީ ވަރަށް މަދުން. އެހެންކަމުން، ގައުމުގެ މުސްތަގުބަލް ކަމުގައިވާ، ކިޔަވާކުދިންނަށް ލިބިފައި އޮންނަ ތައުލީމު އުގެނުމުގެ ފުރުސަތު ބަންދުކުރަން އަހަރުމެން ބޭނުމެއް ނުވޭ،” ސުގާ ވިދާޅުވިއެވެ.

ބޮޑުވަޒީރު ސުގާ ވިދާޅުވީ، ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވިގެން ދިޔަ ކަމުގައިވިނަމަވެސް، އެގައުމުގައި ޖުލައިމަހު ބޭއްވުމަށް ހަމަޖެހިފައިވާ، އޮލިމްޕިކް ގޭމްއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

“އަހަރެންގެ އަޒުމަކީ، އަޅަންޖެހޭ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް ފުރިހަމަޔަށް އަޅައިގެން ތާވަލާ އެއްގޮތަށް އޮލިމްޕިކް ގޭމްސް ކުރިޔަށް ގެންދިއުން،” ސުގާ ވިދާޅުވިއެވެ.

ފަހަކަށް އައިސް ޖަޕާނުގައި ދަނީ އާދަޔާ ޚިލާފު ބާރުމިނުގައި ކޯވިޑް19 ފެތުރެމުންނެވެ. މިގޮތުން މިހަފްތާގެ ބުދަ ދުވަހު އެކަނިވެސް، އެގައުމުގައި 5،953 މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. މިއީ މިހާތަނަށް އެއްދުވަހަކުން އެންމެ ގިނަ އަދަދަކަށް ޖަޕާނުގައި ކޯވިޑަށް މީހުން ޕޮޒިޓިވް ވެގެންދިޔަ ދުވަހަށް ވާއިރު، މިއީ މިއަދު 5،000 އިން މައްޗަށް އަރައިގެންދިޔަ ފުރަތަމަ ފަހަރުވެސް މެއެވެ.

ޖަޕާނުގައި މިހާތަނަށް 259،105 މީހުން ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު، 3،804 މީހުންވަނީ މިބަލީގައި މަރުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.