މުސްލިމުން ބައިބައިވެ، ބާރުނެތި ދުޝްމަނުންގެ ކުރިމަތީގައި ނިކަމެތިވުމުގެ ސަބަބަކީ އިސްލާމީ ތައުލީމާ ދުރުވެ އިސްލާމީ ޝަރީއަތާ ބީރައްޓެހިވުން ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"ރަގަޅު މުޖުތަމަޢެއް ބިނާކުރުން" މިމައުޟޫއަށް ޚާއްސަކުރެވުނު ޚުޠުބާގައި ވިދާޅުވީ އުއްމަތުގެ އިއްޒަތާއި ގަދަރު އަނބުރާ ލިބޭނީ ﷲގެ މަގަށް މީސްތަކުން އެނބުރުމުން ކަމުގައެވެ.
މުސްލިމް އަޚުންނޭވެ! މިހާރަކަށް އައިސް އަހަރެމެންގެ ޒުވާނުންގެ ތެރޭގައި އިސްލާމްދީނާ ދުރު ސަގާފަތްތައް ފެތުރުމަށް އެތެރެއާއި ބޭރުން މަސައްކަތް ކުރެއެވެ. ކުރިއެރުމާއި ތަރައްގީ ކަމުގައި ބުނެ، އައުރަ ނިވައި ނުވާގޮތަށް ދެޖިންސުގެ ޒުވާނުން ހެދުން އެޅުން އާންމުވަމުން އެބަ ދެއެވެ. ފިރިހެނުން އަންހެނުން ގޮތަށް އަންހެނުން ފިރިހެނުން ގޮތަށް ހެދުން އެޅުން އާންމުވަމުން އެބަ ދެއެވެ. ފިރިހެނުން ކަންފަތް ތޮރުފުމާއި ދެ ޖިންސުގެ ޒުވާނުން ޓެޓޫ ޖެހުމާއި، ފިރިހެނުން އަންހެނުންނާއި އެއްގޮތްވާ ގޮތަށް އިސްތަށިގަނޑު ދިގުކުރުންފަދަ ކަންކަން އާދައިގެ ކަންކަން ކަމުގައި ހަދަމުން ދެއެވެ. މި ކަންކަމަކީ ލަޢުނަތް ލެއްވިގެންވާ ޙަރާމް ކަންކަމެވެ.
މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.
މިއަދުގެ ޚުޠުބާގައި ވިދާޅުވީ މުޖުތަމަޢުގައި ފެތުރެމުންދާ މިފަދަ ދީނާ ދުރު ކަންކަމާ މެދު ހޭލުންތެރިވާން ޖެހޭނެ ކަމުގައެވެ. އަދި ދީނީ ތަޢުލީމަށް އިތުރު މުހިންމު ކަމެއް ދޭން ޖެހިފައިވާކަން ފާހަގަ ކުރައްވަމުން ޚުޠުބާގައި ވިދާޅުވީ ދީނާއި ބީރައްޓެހި ސަގާފަތްތަކުން ދުރުހެލިވެ، އިސްލާމީ ޝިއާރުތަކާއި ސަގާފަތް ދިރުވާ އާލާކުރާން ޖެހިފައިވާ ކަމުގައެވެ.
ކޮމެންޓު ފޮނުވާ