ޕާކިސްތާނުގައި ހިނގި ފެންބޮޑުވުމުގެ ހާދިސާގައި ގިނަބަޔަކު މަރުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ޕާކިސްތާނުގައި ހިނގި ފެންބޮޑުވުމުގެ ހާދިސާގައި ގިނަބަޔަކު މަރުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

Author
އައިޝަތު އަޙްމަދު
17 އޮގަސްޓް 2025 10:46
0

ޕާކިސްތާނަށް ބޯކޮށް ވާރެވެހި ހިނގި ފެންބޮޑުވުމުގެ ހާދިސާގައި ގިނަ ޢަދަދެއްގެ މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން އެކަމާ ހިތާމަފާޅުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު ތަޢުޒިޔާ ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު މީހުންނަށް ޙަމްދަރުދީ ފާޅުކުރައްވައި، އެ ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް، ދިވެހިސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އެ މަނިކުފާނު ތަޢުޒިޔާ ވިދާޅުވިއެވެ.

ޕާކިސްތާނަށް ކުރިމަތިވެފައިވާ މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހިރާއްޖެ ވަނީ އެ ޤައުމުގެ ސަރުކާރާއި، އުޚުވަތްތެރި ރައްޔިތުންނާ އެކުގައިކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.