ޖުވާ ކުޅެގެން ހޯދާ ފައިސާ އަމިއްލަ ނަފްސަށާއި އަނބި ދަރިންނަށް ހޭދަ ކޮށްގެން ނުވާނެ: ޚުޠުބާ

ޖުވާ ކުޅެގެން ހޯދާ ފައިސާ އަމިއްލަ ނަފްސަށާއި އަނބި ދަރިންނަށް ހޭދަ ކޮށްގެން ނުވާނެ: ޚުޠުބާ

Author
ހުސައިން
11 ޖުލައި 2025 01:10
0

ޖުވާ ކުޅެގެން ހޯދާ ފައިސާ އަމިއްލަ ނަފްސަށާއި އަނބި ދަރިންނަށް ހޭދަ ކޮށްގެން ނުވާނެ ކަމަށާއި، ހަރާމް ގޮތުގައި ހޯދާ އެއްޗެއް ކައިގެން ހަށިގަޑުގައި އުފެދޭ މަހާއި ލެޔަށް ޙައްޤުކަން ބޮޑީ ނަރަކަ ކަމުގައި މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"ޖުވާއާއި އޭގެ އާމްދަނީ ޙަރާމެވެ." މި މައުޟޫއަށް ޚާއްސަ ކުރެވުނު މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ ޖުވާ ކުޅެގެންނާއި ދީނުގައި ޙަރާމްކުރައްވާފައިވާ އެއްވެސް ވަސީލަތަކުން ހޯދާ ފައިސާ ތިމާގެ އަމިއްލަ ނަފްސަށާއި އަނބިދަރީންނަށް ހޭދަކުރުމުން އެއްކިބާވާން ޖެހޭނެ ކަމުގައެވެ. އަދި އެފައިސާ ދީފައި ގަންނަ ތަކެތި ކެއުމާއި، އެ ފަދަ ފައިސާއިން ހޯދާ ފޭރާން ލުމާއި، ގެދޮރު އެޅުމާއި، ދަރީންގެ ތަޢުލީމާއި ސިއްޙަތަށް ޚަރަދު ކުރުމަކީ އޭގެ ސަބަބުން އެމީހަކު ސުވަރުގެއިން މަޙުރޫމްވެ، ނަރަކަވަންތަވެރި ވެދާނޭ ކަމެއްކަން މާތް ނަބިއްޔާ ހަދީސްތަކުން އެގެން އޮތްކަމުގައިވެސް ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

މުސްލިމް އަޚުންނޭވެ! ޖުވާ ކުޅުމަކީ ދުނިޔެވީ ގޮތުންވެސް ގެއްލުންހުރި ކަމެކެވެ. ފައިސާ ބަހައްޓައިގެން ކުޅޭ ކުޅިވަރުތަކުގައި ބަލިވާ މީހާ އެކަމަށް ކުރި ހުރިހައި ޚަރަދެއް ދޭން ޖެހެއެވެ. އެންމެ ފަހުން ބަލިވީ މީހާ ދަރަނިވެރިވެ ބަނގުރޫޓު ވެއެވެ.

މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ޚުޠުބާގައި އިތުރަށް ވިދާޅުވީ އިސްލާމް ދީނުގައި އަމުރު ކުރަނީ ރަނގަޅު ހެއު ތަކެތި ކެއުމަށާއި އެޔޮ އަމަލުތައް ކުރުމަށް ކަމުގައެވެ. އަދި ޖުވާ ކުޅުމަކީ މިއަދު މުޅި ދުނިޔޭގައިވެސް ފެތުރިފައިވާ ވަބާއެއްކަމަށް ބަޔާން ކުރައްވަމުން ޚުޠުބާގައި ވިދާޅުވީ މީގެ ސަބަބުން ބައެއް މީހުންގެ އެކައުންޓު ހުސްވެ ނުއަގުގައި އޮޑި ދޯނިފަހަރާއި ގެދޮރުވެސް ވިއްކާލަން ޖެހިފައިހުރިކަމަށެވެ.

ޚުތުބާގައި ވިދާޅުވީ މި ވަބާއިން މިންޖުވުމަށް މައިންބަފައިންނާއި މުދައްރިސުންނާއި ގާނޫނުހަދާ މުވައްސަސާތަކާއި ގާނޫނު ތަންފީޒުކުރާ މުވައްސަސާތަކުގެ ދައުރު ވަރަށް މުހިންމު ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.