ބިގް ކުންފުނިން ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ 1 މިލިއަން ރުފިޔާ ދެއްކުމަށް ކޯޓުން އަމުރު ކޮށްފި

ބިގް ކުންފުނިން ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ 1 މިލިއަން ރުފިޔާ ދެއްކުމަށް ކޯޓުން އަމުރު ކޮށްފި

ގުޅުންހުރި

ބިޒްނަސް އިމޭޖް ގްރޫޕް ޕްރައިވެޓް ލިމިޓެޑް (ބިގް) އިން ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ 1,023,561.04 ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން އަމުރުކޮށްފއެވެ. މި ފައިސާ ދެއްކުމަށް ކޯޓުން ދީފައިވަނީ ފަސް މަސްދުވަހުގެ މުއްދަތެކެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މި މައްސަލަ ކޯޓަށް ހުށަހެޅީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. ބިގް ކުންފުނިން ޓެކްސް ނުދައްކައިގެން މީރާއިން ކޯޓުގައި ހުށަހެޅި މި މައްސަލައިގައި، ޝަރީއަތުގެ މަރުހަލާގައި ބިގް ކުންފުނިން ވަނީ އެ އަދަދަކީ ދައްކަންޖެހޭ ފައިސާއެއް ކަމަށް އިއުތިރާފުވެފައެވެ.

ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުން، މި އަހަރުގެ ޖުލައި 3 ވަނަ ދުވަހުން ފެށިގެން ފަސް މަސްދުވަހުގެ ތެރޭގައި ބިގް ކުންފުނިން މި ފައިސާ ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރަންވާނެއެވެ. މީރާއިން ކޯޓުގައި އެދިފައިވަނީ، ބިގް ކުންފުނިން ޓެކްސް ނެގޭ މުއްދަތުގައި ދައްކަންޖެހުނު ޖީއެސްޓީ ފައިސާ ކަމުގައި ކަނޑައަޅައި، އެ ފައިސާ ދެއްކުމަށް އަމުރުކޮށްދިނުމަށެވެ.

ޓެކްސް ނުދައްކާ ފަރާތްތަކާމެދު މީރާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި، ޓެކްސް ބަޔާން ހުށަހެޅުމަށް ނޯޓިސް ފޮނުވުމާއި، އިޖާބަ ނުދޭ ފަރާތްތަކުގެ މައްސަލަ ޝަރުއީ ކޯޓުތަކަށް ހުށަހެޅުން ހިމެނެއެވެ. 2023 ވަނަ އަހަރު ޓެކްސް ބަޔާން ހުށަހެޅުމަށް 52,158 ފަރާތަކަށް ނޯޓިސް ފޮނުވި ނަމަވެސް، އޭގެތެރެއިން އިޖާބަދިނީ 4,311 ފަރާތަކުން އެކަންޏެވެ.

އެ އަހަރު ޝަރުއީ މަރުހަލާގައި މީރާއާ އެއްކޮޅަށް ނިމުނު މައްސަލަތަކުގެ އަދަދަކީ 55 އެވެ. މީރާއިން ދަނީ ދައުލަތަށް ލިބެންޖެހޭ ޓެކްސް ފައިސާ ހޯދުމަށް ގާނޫނީ ފިޔަވަޅުތައް އަޅަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ