ކުރީ ސަރުކާރުގެ ފެލްޓް ލިސްޓު: 391 ދެމަފިރިން، ގޯއްޗާއި ފްލެޓްވެސް އޮތް 302މީހުން އަދި ބިންވެރިޔާ ސްކީމުން ގޯތި ލިބޭ 305 މީހަކު ހިމެނޭ

ކުރީ ސަރުކާރުގެ ފެލްޓް ލިސްޓު: 391 ދެމަފިރިން، ގޯއްޗާއި ފްލެޓްވެސް އޮތް 302މީހުން އަދި ބިންވެރިޔާ ސްކީމުން ގޯތި ލިބޭ 305 މީހަކު ހިމެނޭ

Author
ހުސައިން
29 މެއި 2025 06:01
0

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި ހިމެނޭ ބައެއް މީހުންނަކީ ފްލެޓް ލިބުމުގެ ޝަރުޠު ފުރިހަމަ ނުވާ ފަރާތްތައް ކަމަށް ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

މިނިސްޓްރީން ބުނީ ކުރީ ސަރުކާރުން އެކުލަވާލި ލިސްޓުގައި 391 ދެމަފިރިން ހިމެނޭ ކަމަށާއި، މިހާރުވެސް ގޯއްޗާއި ފްލެޓް ލިބިފައިވާ 302 މީހަކު އެ ލިސްޓުގައި ހިމެނޭ ކަމަށެވެ. މީގެ އިތުރުން ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބިފައިވާ 305 މީހަކު ވެސް ގެދޮރުވެރިޔާ ލިސްޓުގައި ނަން ހިމަނާފައިވާ ކަމަށް މިނިސްޓަރު ޑރ. މުއްތަލިބު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

މި ސަރުކާރުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ އައު ލިސްޓެއް ނުނެރުއްވާ ކުރީ ސަރުކާރުން ނެރުނު ލިސްޓަކީ ފައިނަލް ލިސްޓް ކަމަށް ކަނޑައަޅާފައިވާ އިރު، އެ ލިސްޓުގައި އޮޅުވާލައިގެން ނަން ހިމަނާފައިވާ މީހުން ތިބި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ސިޔާސަތަކީ ކޮންމެ އާއިލާއަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށް ވިދާޅުވި މިނިސްޓަރު ވިދާޅުވީ ދެމަފިރީންނަށް ފްލެޓް ލިބިފައިވާނަމަ އޭގެ ތެރެއިން އެކަކު ފްލެޓް ދޫކޮށްލަން ޖެހޭނެ ކަމަށެވެ. އަދި މިހާރުވެސް ގޯއްޗާއި ފްލެޓް ލިބިފައިވާ މީހަކަށް އަލުން ފްލެޓް ދިނުމަކީ އިންސާފެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.