ކީރިތު ޤުރުއާންއާއި ރަސޫލާގެ ސުންނަތަށް ފުރަގަސް ދީފި މީހަކީ ދުނިޔެއާއި އާޚިރަތުގައި ގެއްލެނި ވެގެންވާ މީހެއްކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"ތަޤްވާވެރިންނަކީ، މާތްﷲ ހަނދުމަކުރާ މީހުން" މިމައުޟޫއަށް ޚާއްސަކުރެވުނު މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ މާތްﷲ ހަނދުމަކުރުމާއި، ނަމާދު ޤާއިމް ކުރުމާއި، ހެޔޮ އަމަލުތަކަށް ހުރަސްއަޅާ ކަންތައްތަކަކީ، ހަވާނަފްސުގެ އެދުންތަކާއި، މުކަރާތްތަކާއި ފާހިޝް އަމަލުތައް ކަމުގައެވެ.
ޒިނޭ ކުރުމާއި، އެއްޖިންސުން ގުޅުން ހިންގުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ޖުވާކުޅުންފަދަ ފާޙިޝް އަމަކުތަކެވެ. މިއަމަލުތަކަކީ ޝައިޠާނާ އިންސާނާ މަގުފުރައްދާ ނަރަކައިގެ އަހުލުވެރިއަކަށް ހެދުމަށްޓަކާ ނުހަނު ޒީނަތްތެރިކޮށް، އޭނާއާ ކުރިމަތިކުރުވާ ކަންތައްތަކެވެ.
މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.
މިއަދުގެ ޚުޠުބާގައި އިތުރަށް ވިދާޅުވީ ބިރުވެރިކަން ބޮޑުވެގެންވާ ޤިޔާމަތްދުވަސް އޮތީ ދާދި ކައިރީގައި ކަމުގައެވެ. އަދި އެއީ ﷲގެ ހަޒުރަތަށް މީސްތަކުން ހާޒިރު ކުރެވޭނެދުވަސްކަން ބަޔާން ކުރައްވަމުން ޚުޠުބާގައި ވިދާޅުވީ އެއީ ހިސާބު ބައްލަވާ ދުވަސް ކަމުގައެވެ. އަދި އެދުވަހަކީ ސުވަރުގެވަންތަ ވެރީން ސުވަރުގެއަށް، ނަރަކަވަންތަވެރީން ނަރަކައަށް ވަންނަ ދުވަސްކަން ބަޔާން ކުރައްވަމުން ޚުޠުބާގައި ވިދާޅުވީ ދުނިޔެވީ ދިރިއުޅުމުގައި މެދުވެރިވެދާނެ ނުރައްކާތަކުން ރައްކާތެރިކަން ހޯދުމަށްޓަކާ ކުރެވޭން އޮތް ކޮންމެ ކަމެއް މީސްތަކުން ކުރާ ކަމަށާއި، ބައެއް އިންސާނުން އަދާވާތްތެރީންގެ ހަމަލާތަކާއި މަދު އެތިފަހަރުތަކުން ސަލާމަތްވާން ގަދަފަދަ ބިޔަ ކިއްލާތައް ހަދައިގެން ދިރިއުޅޭ ކަމުގައިވެސް ޚުޠުބާގައި ވިދާޅުވިއެވެ.
ރައްކަތެރިކަން ލިބޭނެކަމަށް އުއްމީދު ކޮށްގެންނެވެ. މިވަަރަށް ގާޑުކޮށް ރައްކާތެރިކޮށްފައިވާ ތަންތާގައި ދިރިއުޅޭ ކަމުގައި ވިޔަސް، ޖުފުޓިތަކުގައި ދިރިއުޅޭ މީހުންކަމުގައިވިޔަސް، މަރު އައިސް އެބައި މީހުންނާއި ބައްދަލުކުރާ ހިނދު، ހެދޭނެ ހަމަ އެއްގޮތެއްވެސް ނޯންނާނެއެވެ. ޖެހޭނީ ދުނިޔެ ދޫކޮށް، އާޚިރަތަށް ދަތުރު ކުރާށެނެ!
މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.