އެންމެ ނުބައި މީހަކީ އެމީހެއްގެ ގައުމު ޚަރާބުކޮށް، އަމާންކަމާއި ސަލާމަތްކަން ނަގާލާ، މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރާ މީހާ ކަމުގައި މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"ތިޔަބައި މީހުންނީ ލޯބިވާ އަޚުންތަކެއް ކަމުގައި ވާށެވެ.!" މިމައުޟޫއަށް ޚާއްސަކުރެވުނު މިއަދުގެ ޚުޠުބާގައި ވިދާޅުވީ ދެބަސްވުމާއި ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް، ގައުމުގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެ ކަމުގައެވެ. އަދި ހަރުކަށިކަމާއި ނަފްރަތުން މީސްތަކުން ދީނާ ދުރުކުރުވާ މީހުންނާއި، މީސްތަކުންނާ ހުތުރު ބަހުން މުޚާޠަބުކޮށް އަނިޔާވެރިވާ މީހުންނާއި، މީސްތަކުންގެ ހިތްތަކުގައި ނަފްރަތުގެ އޮށްތައް އިންދައި، އެބައިމީހުންގެ ބަދަހި ސަފުތައް ވިއްސިވިހާލިކޮށްލާ މީހުންނާއި، ތަންދުރު ނުދަނެތިބެ، ފަތުވާ ދިނުމަށް އަވަސްވެގަންނަ މީހުންނާއި، އަނިޔާވެރިކަމާއި ފާޖިރުކަމުގެ ސަބަބުން ސީދާމަގު ގެއްލިފައިވާ ބަޔަކަށްވެސް ގައުމު އެއްގަލަކަށް ނޭރުވޭނެ ކަމުގައެވެ.
ފަހެ ފުރެދުމާއި، ފަސާދައާއި، އިލްޙާދަށް ގޮވައިލައި، މުސްލިމުން ބައިބައިކޮށް ދެކޮޅުވެރިކަން އުފައްދާ މީހުންނާމެދު ތިޔަބައިމީހުން ބިރުވެތިވާށެވެ! ތިޔަބައި މީހުން ޙިކުމަތްތެރިކަމާ މެދުމިނުގައި ހިފަހައްޓާށެވެ!
މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.
މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ އެކަކު އަނެކަކަށް ރަޙުމްކޮށް އޯގާވެރިވެ އުޅުމަށް ވަސިއްޔަތް ކުރުމަކީ މާތްﷲއާއި ކުއްތަންކޮށްދޭ މަތިވެރި ޢަމަލެއް ކަމުގައެވެ.
މިއަދުގެ ޚުޠުބާގައި ވިދާޅުވީ އިންސާނާ ނޭވާހޮޅިޔަށް އެޅިއްޖައުމަށްދާންދެން ތައުބާގެ ދޮރު ހުޅުވިފައިވާ ކަމުގައެވެ. އަދި ނިކަމެތިކަމާއެކު އެކަލާނގެ ދީލަތިވަންތަކަމަށް އެދި ދެ އަތް އުފުލާލުކަށް މިއަދުގެ ޚުޠުބާގައި ގޮވާލާފައި ވެއެވެ.