ނ. ހޮޅުދޫން އަނިޔާގެ ނިޝާންތަކާއެކު ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި ޕޮލިހުން އެއްކިބާކޮށް ޚާއްސަ ކޮމިޝަނެއް ޤާއިމްކުރުމަށް އޭނާގެ ޢާއިލާއިން ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކޮށްފިއެވެ.
ޒަކިއްޔާގެ އުޚުތު ޝަޒިއްޔާ ހުށަހެޅި އިލްތިމާސްގައި، ޕޮލިހުން މި މައްސަލަ ތަޙުޤީޤުކުރުމުގައި އިހުމާލުވެފައިވާކަމަށާއި، އެފަރާތުން މަރުގެ ހަޤީޤަތް ފޮރުވަން މަސައްކަތްކުރާކަމަށް ތުހުމަތުކޮށްފައިވެއެވެ. މީގެއިތުރުން، ޕޮލިހުން ވާރޗުއަލް އޮޓޮޕްސީއެއް ހެދިކަމަށް ބުނެ ޢާއިލާއަށާއި އާންމުންނަށް އޮޅުވާލާފައިވާކަމަށް ތުހުމަތުކޮށްފައިވެއެވެ.
އިލްތިމާސްގައި ފާހަގަކޮށްފައިވާ ގޮތުގައި، ގޭތެރޭގެ އަނިޔާގެ ހެކިބަސް ލިބިފައިވީނަމަވެސް، މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތާ ސުވާލުކޮށްފައިނުވާކަމަށާއި، އެފަރާތުގެ ފޯނުވެސް ބަލާފައިނުވާކަމަށް ބުނެއެވެ.
ޒަކިއްޔާގެ ހަށިގަނޑު 10 ސެޕްޓެންބަރު 2024 ގައި ފެނުނީއްސުރެ، ރަށުގައި އެކި ފަހަރުމަތިން އިހުތިޖާޖުތައް ކުރެވި، ޑިސެންބަރުގައި ހޯމް މިނިސްޓަރާއި ފުލުހުންގެ ވެރިން ރަށަށް ޒިޔާރަތްކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ