ރިޝްވަތުގެ އަމަލުގައި އުޅޭ އެންމެންގެ މައްޗަށް މާތް ﷲގެ ލަޢުނަތް ޙައްގުވެގެންވޭ: ޚުޠުބާ

ރިޝްވަތުގެ އަމަލުގައި އުޅޭ އެންމެންގެ މައްޗަށް މާތް ﷲގެ ލަޢުނަތް ޙައްގުވެގެންވޭ: ޚުޠުބާ

ގުޅުންހުރި

ރިޝްވަތަކީ މާތް ﷲ ހަރާމް ކުރައްވާފައިވާ ނުބައިކަންބޮޑު އަމަލެއްކަމަަށާއި، އެކަމުގައި އުޅޭ އެންމެންގެ މައްޗަށް މާތް ﷲގެ ލަޢުނަތް ޙައްގުވެގެންވާ ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"ރިޝްވަތުގެ ނުބައިކަން" މިމައުޟޫއަށް ޚާއްސަ ކުރެވުނު މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ އެހެންކަމުން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވަނީ މިކަމުން ދުރުހެލިވެ، އެހެން މީސްތަކުންވެސް މިކަމުން ދުރުހެލިކުރުވަން މަސައްކަތް ކުރުން ކަމުގައެވެ.

ލޮބުވެތި މުސްލިމުންނޭވެ! ރިޝްވަތުގެ ސަބަބުން ތިމާމެންނަށް ވަގުތީ ހައްލެއް ނުވަތަ ވަގުތީ އުފަލެއް ލިބުނު ނަމަވެސް ރިޝްވަތު ދޭ މީހުންނާއި، ރިޝްވަތު ހިފާ މީހުންނާއި، ރިޝްވަތު ދިނުމުގައި މެދުވެރިއަކަށް ވާމީހުން، ތިމާމެންނަށް ފަހުން ލިބޭނެ ގެއްލުމާއި ހަލާކު މާ ބޮޑުވާނެކަން ވިސްނާލަން ޖެހެއެވެ. ތިމާމެންގެ އިތުރަށް ތިމާމެންގެ އަނބި ދަރިން ނަރަކަޔަށް އެއްލައިލަނީ ތިމާމެންގެ އަމިއްލަ އަތްތަކުންނެވެ. ހަރާމް ތަކެތި އަނބިދަރީންނަށް ކާން ދިނުމަކީ ތިމާމެންގެ ދަރީން ބަސްނޭހުމާއި ވިޔާނުދާ އަމަލުތައް ކުރުމަށާއި، ބޮޑެތި ޖަރީމާތައް ހިންގުމަށް މަގުފަހިވާނެ ކަމެކެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ޚުޠުބާގައި އިތުރަށް ވިދާޅުވީ އަނބިދަރީން ދެކެ ހަގީގީ ލޯބިވާ އެއްވެސް މީހަކު އެފަދަ ކަމެއް ނުކުރާނެ ކަމަށާއި އެއީ ތިމާ އެބަޔަކުދެކެ އެންމެ ލޯބިވާ، ތިމާއަށް އެންމެ ހެޔޮއެދޭ މީހުން ކަމުގައެވެ. އަދި ކޮންމެ މީހެއްގެވެސް ޒިންމާއެއްކަމުގައި ވާންޖެހޭނީ ތިމާގެ އަމިއްލަ ނަފްސަށާއި ތިމާގެ ބާރުފޯރާ އެންމެން އަދި ތިމާގެ ބަސްއަހާ އެންމެން މި ނުބައި ވަބާއިން ރައްކާތެރިކުރުން ކަމުގައިވެސް މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ